Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެ!

ތެޔޮ ފީފާއެއްގެ އަގު މިހާރުވަނީ 50 ޑޮލަރަށް ވެއްޓިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 02:01
ތެޔޮ ފީފާއެއްގެ އަގު ވަނީ 50 ޑޮލަރަށް ވެއްޓިފައި

ތެޔޮ ފީފާއެއްގެ އަގު ވަނީ 50 ޑޮލަރަށް ވެއްޓިފައި

އިޢާދަކުރަނިވި ހަކަތަޔަށާއި އޮލްޓަނޭޓިވް ފިއުލްއަށް އޮންނަ ޑިމާންޑް ބޮޑުވެ، ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓެމުންދާ މިދަނޑިވަޅުގައި ލޯންގް ވިއު އިކޮނޮމިކްސްގެ ސީއީއޯ ކްރިސް ވެޓްލިންގް ބުނީ ތެލުގެ ބާޒާރަށް ދެން ބޮޑު ބަދަލެއް އަންނާނީ އަންނަ އަހަރު މެދުތެރޭ ސައޫދީ އަރަމްކޯ ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމުން ކަމަށެވެ. ތެލުގެ އަގު ވެއްޓި، ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ހުއްޓުމަކަށް ގެނައުމަށް ސައޫދީއިންވަނީ އެޤައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނި ސައޫދީ އަރަމްކޯގެ ހިއްސާ ވިއްކަން ފަށަން ނިންމާފައެވެ. ސައޫދީ އަރަމްކޯ ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމައި ގުޅޭގޮތުން ވެޓްލިންގް ބުނީ އެކަން އަވަސްކުރަން ޖެހޭކަމަށާއި، ކުރިއަށް އޮތް 6 ނޫނީ 8 އަހަރުތެރޭ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓޭނެކަމަށެވެ.

އޭނާ ބުނީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ބައެއް ޤައުމުތައް މަސައްކަތްކުރަމުން އަންނައިރު، އާއްމުންގެ މެދުގައިވެސް އިލެކްޓްރިކް ވެހިކަލްތަކުގެ ޑިމާންޑް ބޮޑުވެފައިވާކަމަށެވެ. ކަރަންޓު ބޭނުންކުރާ ވެހިކަލްތައް ގިނަވަމުން އަންނައިރު، ތެލުގެ 70 އިންސައްތަ ބޭނުންކުރަނީ ދަތުރުފަތުރުކުރުމަށެވެ. ދުނިޔޭގެ އިޤްތިޞާދުގެ މައިތަނބަކީ އަބަދު ތެލަށް ނުވާނެކަމަށާއި، ކައިރި މުސްތަޤްބަލެއްގައި އިއާދަކުރަނިވި ހަކަތަ ތެޔޮ ފަހަތަށް ޖައްސާލާނެކަމަށް ވެޓްލިންގް ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެގީ ތާރީޚެވެ. "މީގެ 120 އަހަރުކުރިން އަހަރެމެން ތެޔޮ ބޭނުންކުރިންތަ؟ ދުނިޔޭގެ އިޤްތިޞާދު އަބަދު ތެލަށް ބަރޯސާ ނުވާނެ"، އޭނާ ބުންޏެވެ.

ނިމިދިޔަ ހަފްތާގައި ދުނިޔޭގެ ތެލުގެ ބާޒާރަށް ބަލާއިރު، އިނގިރޭސިވިލާތުގައި ސާފުނުކުރާ ތެޔޮ ފީފާއެއް ހުރީ 57.39 ޑޮލަރުގައެވެ. އަދި އެމެރިކާގައި ހުރީ 51.50 ޑޮލަރުގައެވެ. ތެލުގެ އަގު މިވަރަށް ވެއްޓިފައިމިވަނީ 2014ވަނަ އަހަރުގެ ޖޫން މަހު ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރުގައި ހުއްޓައެވެ.

ޗައިނާއިން އޮތް ޑިމާންޑް ބޮޑުވަމުން ދިޔުމުގެ ސަބަބުން ތެލުގެ އަގު ބޮޑުތަނުން މައްޗަށްދާނެކަމަށް ބައެއް ފަރާތްތަކުން އުއްމީދުކުރިނަމަވެސް، ތަޖުރިބާކާރުން ބުނަނީ ޑިމާންޑަށްވުރެ ސަޕްލައި މިހާރުވެސް މަތިވަމުން އަންނަކަމަށާއި، ތެލުގެ އަގު މަތިވިޔަސް ވާނީ ކުޑަ ދުވަސްކޮޅަކަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު