Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސް ތަފާސް ހިސާބު

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

މިއަހަރު ޖޫންމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖުލައި 2017 | ހޯމަ 03:10
ކަސްޓަމްސްގެ ބަނދަރު ސަރަހައްދު

ކަސްޓަމްސްގެ ބަނދަރު ސަރަހައްދު

ފާއިތުވި ޖޫންމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 7 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖޫންމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި ސިންގަޕޫރުން 15 އިންސައްތަ ، އިންޑިއާއިން 11އިންސައްތަ އަދި 6 އިންސައްތަ ސްރީލަންކާއިން ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ހުސްވި ޖޫންމަހު 11އިންސައްތަ އިތުރުވެފައެވެ.

މިއަހަރު ޖޫންމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖޫންމަހު ލިބިފައިވަނީ 189 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުންދައްކައެވެ.

ފާއިތުވި ޖޫންމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު ވަނީ 118 އިންސައްތަ މައްޗަށް ގޮސްފައިއެވެ.

2016 ވަނަ އަހަރުގެ ޖޫންމަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ޖޫންމަހު މި ޢަދަދު ވަނީ 446 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށްވާއިރު، ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖޫންމަހު އެކްސްޕޯޓްކުރި މުދަލުގެ 67 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

08 ސެޕްޓެމްބަރު 2017
އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ
22 އޯގަސްޓު 2017

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ

22 އޯގަސްޓު 2017
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެ
03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު