Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމައުމޫން

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 ޖެނުއަރީ 2017 | ހުކުރު 23:02
މަސްވެރިންތަކެއް، މަސްވެރިކަމުގައި. ރާއްޖެގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފަ: ފައިލް ފޮޓޯ

މަސްވެރިންތަކެއް، މަސްވެރިކަމުގައި. ރާއްޖެގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފަ: ފައިލް ފޮޓޯ

މަސް އެކްސްޕޯޓްކުރި މިންވަރު 50 އިންސައްތަ ދަށަށްވެ، މަސްވެރިކަމުން ލިބުނު އާމްދަނީވެސް ދަށަށްގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ އިޤްތިސާދީ ރިވިއުގައި ބުނެފައިވަނީ، މަސް ކުންފުނިތަކަށް މަސްކުރުވި އަދަދު 9 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މަސް އެކްޕޯޓްކުރި މިންވަރު 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށާއި، އެކްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ މިންވަރު 37 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނާގޮތުގައި މަސް އެކްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބކީ، ގަނޑުކުރި ކަޅުބިލަމަސް އަދި ފިނިކުރި ކަންނެލި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ.

މަސްވެރިކަން ދަށަށް ގޮސްފައިވާކަން ހާމަކޮށްފައިވާއިރު، ސަރުކަރުގެ މަސް ކުންފުނި ބަނގުރޫޓުވެގެން، ކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހިސާބުތަކުން މަސްވެރިކަން ދަށަށް ގޮސްފައިވާ ކަމަށް ދައްކާއިރު، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެން އަންނަ ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރިއަރަމުން އަންނަތީވެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭން ނުޖެހޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

05 ޖޫން 2017
ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު