Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އާއި ޔޫއޭއީ

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

ދެގައުމުގެ ވިޔަފާރީގެ ގުޅުން 12 ޕަސެންޓް އިތުރުވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 ނޮވެމްބަރު 2017 | ބުދަ 16:54
މިނިސްޓަރ ސައީދު ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރާ ބައްދަލުކުރައްވަނީ

މިނިސްޓަރ ސައީދު ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރާ ބައްދަލުކުރައްވަނީ

ދިވެހި ރާއްޖެ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްއާ ދެމެދު މިފާއިތުވެ ދިޔަ ފަސް އަހަރު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް 129.2 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ދެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ޔޫއޭއީގެ އަލް ބަވާބާ ބިސްނަސް އޮންލައިންގައި ޝާއިއުކޮށްފައިވާ ގޮތުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރ ސުލްތާން ބިން ސައީދު އަލް މަންސޫރީއާ ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ކުރިއަރަމުން އަންނަ ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ތެލުގެ ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ކުރިއަރަމުން އަންނަކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޔޫއޭއީ އާއި ރާއްޖޭއާ ދެމެދު ކުރި ވިޔަފާރި 12 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާ ކުރުމާ ގުޅޭ ގޮތުން ވެސ ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް އެ ނޫހުގައި ވެއެވެ. އެގޮތުން އޭވިއޭޝިއަންގެ ދާއިރާ އާއި ފަތުރުވެރިކަމާއި އިޔާދަކުރުވަނިވި ހަކަތާއިގެ ދާއިރާއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު މަންސޫރީ ވަނީ ރާއްޖެއަށް އެކްސްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޔޫއޭއީ-މޯލްޑިވްސް ބިސްނަސް ފޯރަމް އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެކަމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ސައިދު ވިދާޅުވީ ރާއްޖެއިން އޭވިއޭޝަން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރިއަލް އެސްޓޭޓް ދާއިރާ ފުޅާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި އިގްތިސާދީ ޒޯންތަކެއް ކަނޑައަޅައި، އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު