Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފި

މިއީ ފާއިތުވި ތިން އަހަރު ތެޔޮ ފީފާއެއްގެ އަގު އުފުލިގެންދިޔަ ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 14:17
ތެޔޮ އުފައްދާ ކުންފުންޏެއްގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރި ވަނީ

ތެޔޮ އުފައްދާ ކުންފުންޏެއްގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރި ވަނީ

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރައިފިއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އައިރު ތެޔޮ ފީފާއެއްގެ އަގު އެންމެ މައްޗަށް އުފުލިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި ތެޔޮ ފީފާއަކުން 26 ސެންޓް ބޮޑުވުމާ ގުޅިގެން ފީފާއެއްގެ އަގު ވަނީ 70.37 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގައި ތެޔޮ ފީފާއަކުން 18 ސެންޓް ބޮޑުވުމާ ގުޅިގެން ފީފާއެއްގެ އަގު ވަނީ 64.89 ޑޮލަރަށް އަރާފައެވެ.

ތެޔޮ އުފައްދާ މިންވަރު އޮގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އަދި ރަޝިއާ އިން ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ދަށްކޮށްފައެވެ. އެކަމާ ގުޅިގެން ތެލުގެ ޑިމާންޑް މަތިވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ތެލުގެ އަގުވަނީ 15 ޕަސެންޓް މަތިވެފައެވެ.

މިގޮތަށް އޯޕެކް އާއި ރަޝިއާ އިން އަމަލުކުރީ ތެލުގެ އަގު މަތިކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ތެލުގެ އަގު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ތެލުގެ އަގުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

.

އިތުރަށް ކިޔާލަން

28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު