Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސް ސާވިސް

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

އެކްސްޕޯޓު ކުރި މިންވަރު 12 ޕަސެންޓް އިތުރުވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 މާރިޗު 2017 | ހޯމަ 21:26
އެމްޕީއެލްގެ ކަސްޓަމްސް ކްލިއަރިން ސަރަހައްދު

އެމްޕީއެލްގެ ކަސްޓަމްސް ކްލިއަރިން ސަރަހައްދު

ފާއިތުވި ފެބްރުވަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ފެބްރުވަރީމަހާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީމަހު ދިވެހިރާއްޖެއަށް 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ފެބްރުވަރީމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާއިން އިމްޕޯޓްކޮށްފައިވާއިރު، 16 އިންސައްތަ އެކުވެރި އަރަބި އިމާރާތް އަދި 12 އިންސައްތަ އިންޑިޔާއާއި ސިންގަޕޫރުންވަނީ އެތެރެކޮށްފައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅާބަލާއިރު ހުސްވި ފެބްރުވަރީ މަހު 94 އިންސައްތަ އިތުރުވެފައެވެ.

މިދިޔަ ފެބްރުވަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 333 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބިފައިވަނީ 171 މިލިއަން ރުފިޔާއެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު މިދިޔަމަހު އިތުރުވެފައިވަނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާޙާގުޅިގެން މިދިޔަ ފެބުރުއަރީ މަހު ގިނަ އަދަދަކަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމާ ގުޅިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ފާއިތުވި ފެބްރުއަރީމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވަނީ 12 އިންސައްތަ މަތިވެފައެވެ.

2016 ވަނަ އަހަރުގެ ފެބްރުވަރީ މަހު 334 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ފެބްރުއަރީމަހު މި ޢަދަދު ވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށްވެސް މިހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު