Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އައިސޮލޭޝަން ފެސިލިޓީން ދޫކުރާ މީހުންނާމެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފި

6 އެޕްރީލު 2020 | ހޯމަ 20:59

މުޖުތަމައުއަށް ދޫކުރަނީ ނުރައްކަލެއްނެތްކަން ޔަގީން ކުރުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2020 | ހޯމަ 20:59
ޑރ. ނަޒްލާ ރަފީޤް

ޑރ. ނަޒްލާ ރަފީޤް

އައިސޮލޭޝަން ފެސިލިޓީގައި ތިބޭ މީހުންގެ ތެރެއިން މުޖުތަމަޢަށް ދޫކުރާ މީހުންނާ މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ޕޮޒިޓިވްވެގެން ނުވަތަ އަލާމާތެއް ފެނިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް، ފަރުވާ ދިނުމަށްފަހު ރަނގަޅުވެގެން އިތުރަށް ވެސް އެންމެ މަދުވެގެން ދެޓެސްޓެއް ކުރާނެ ކަމަށެވެ. އަދި އެދެޓެސްޓުގެ ނަތީޖާ ނެގެޓިވްވުމާއެކު، އަލާމަތްތައް ފެނުނުތާ 14 ދުވަސް ފަހުން ދޫކޮށްލަނީ އެއްވެސް އަލާމާތެއް ނުފެންނަކަން ޔަޤީންވުމާއެކު ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އައިސޮލޭޝަންގައި ތިބި ބައެއް މީހުން ރަށަށް ދިއުމުން ނުވަތަ މާލެއަށް އައުމުން ބާކީކޮށް އެކަހެރިކުރާ މަޢުލޫމާތު ލިބޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ފަހަރު ޓެކްސީތަކަށް ނޭރުވުމާއި، ނޫނީ މަސައްކަތަށް ނުކުތުމުން ނުވަތަ ރައްޓެހިންނާއެކު އުޅޭ އުޅުމުގަވެސް އެހެން މީހުން އެކަމާ މައްސަލަ ޖައްސާ ކަންބޮޑުވުންފާޅުކުރާ ކަމަށެވެ.

އެހެންކަމުން އެފަރާތްތައް އެކަހެރިކޮށް ބާކީ ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ހޯމް އައިސޮލޭޝަންގައި ތިބޭ މީހުން ވެސް ދޫކުރަނީ ދެފަހަރެއްގެ މަތިން ކޮވިޑް-19އަށް ޓެސްޓުކުރުމަށްފަހު، ނަތީޖާ ނެގެޓިވްވިޔަސް، އަދި އަލާމާތެއް ނުފެނުނަސް ދޫކޮށްލަނީ 14 ދުވަސްފަހުން ކަމަށެވެ. އަދި މިއީ ޢާންމު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19އިން ސަލާމަތްވުމަށް ޢަމަލުކުރުމަށް ޞިއްޙީ އިދާރާއިން ނެރިފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢާންމުން ޢަމަލުކުރަންޖެހޭ ކަމަށެވެ. އަދި ވަކި ބަޔަކު ގޭގައި މަޑުކޮށް، އަތްދޮވެ އުޞޫލާ އެއްގޮތަށް ޢަމަލުނުކުރި ނަމަވެސް ބަޔަކު މީހުން ޢަމަލުކުރާ ގޮތުގެ ސަބަބުން ބަލި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަރައިގަނެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި، މިކަމުން އަރައިގަނެވޭނީ އެންމެން އެއުޞޫލަށް ބޯލަނބައިގެން ކަމަށެވެ. ގިނަގިނައިން އަތްދޮވުމާއި، ރޯގާ ޖެހިއްޖެނަމަ ބޭރަށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަދި އަބަދުވެސް ސާފުތާހިރުކަން އިސްކުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 މެއި 2017

ޕްރޮފެސަރ އުގައިލްގެ ތަފާތު ޓްވީޓެއް!

23 މެއި 2017
ޕްރޮފެސަރ އުގައިލްގެ ތަފާތު ޓްވީޓެއް!
14 މެއި 2017

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

14 މެއި 2017
ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު
18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް