Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚިޔާލު ތަފާތުވުންނެތި

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

ރައްޔިތުންނަށް ޓަކައި ވައުދުވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 14 މެއި 2017 | އާދީއްތަ 23:32
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު، އެމްޑީޕީ ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު، އެމްޑީޕީ ޖަލްސާއެއްގައި ވާހަކަދައްކަވަނީ

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީ އެއް ނުލިބޭނޭކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ މައި ޖަގަހައިގައި ބޭއްވި، ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ، ރާއްޖެއަށް ވާދަވެރި ސިޔާސީ މާހައުލު ގެނައީ، މިހާރުގެ ފެހި ގާނޫނު އަސާސީގެ ތެރެއިންކަމަށާއި، ރައްޔިތުންނަށް ވައުދުތައް ވަނީ އެ ވާދަވެރިކަމުގެ ތެރެއިންކަމަށެވެ.

Advertisement - newsAdvertisement

"ވާދަވެރިކަމާއިއެކު މޮޅު ވައުދުތައް ވެވޭނީއެހެންވެ. ރައްޔިތުން ގަބޫލް ކުރާ ހަމަތަކެއް ވެސް އެބަހުރޭ" އަލީ ނިޒާރު ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ ވެރިން ވެރިކަމަށް ވަޑައިގަންނަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށްވުރެ މޮޅު ވައުދުތައް ވެ ވަޑައިގެންނަވަމުން ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން އެ ވައުދުތައް ފުއްދައި ނުދެވޭނަމަ ރައްޔިތުންނަށް އެވާހަކަ ދައްކަން މަޖުބޫރުވާނެކަމަށް ނިޒާރު ވިދާޅުވިއެވެ. ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި ނުދީ، 2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނުލިބޭނެކަން އެއީ ކަށަވަރުކަމެއްކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު މިގައުމުގެ 80 އިންސައްތަ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފިކަމަށެވެ.

"ރައީސް ޔާމީންގެ މެނިފެސްޓޯގައި ލިޔެ މީގެ ތިން އަހަރު ކުރިން ވީ ވައުދުތައް އަދިވެސް ވަނީ ނުފުއްދައިދީ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ކަނޑު މަސްކައިގެން ދިވެހިން ދިރިއުޅުނަސް އެކަންކަމެއް އަދި ހަނދާނެއް ނުނެތޭކަމަށާއި، މަސްވެރިންނަށް ދޭން ބުނި 10000 ރުފިޔާ އަދި ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ މަތިން ހަނދާނެއް ނުނެތޭނެކަމަށެވެ. އަދި އެ ވައުދުތައް ނުފުއްދާއިދޭހައި ހިދު އެވާހަކަ ދައްކަމުންދާނެކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އެކަންކަން ފުއްދައި ނުދީ ތިބެ މިސަރުކާރުން އަދިވެސް ދަނީ، ރައްޔިތުންނަށް އިތުރު އުދަނގޫތައް ޖައްސަމުންކަމަށެވެ.

ސުލްހަވެރި ކަމާއެކު އެއްވެ އުޅުމަކީ ޑިމޮކްރެސީއައެއްގައި ފެންނާނެ އެންމެ ރީތި ސިފަކަމަށްވާއިރު، ވެރިއަކު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ ހައްގު އޮންނަންވާނެކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު ފެނިގެން ދަނީ ރައްޔިތަކު އަނގަ ހުޅުވާލާއިރަށް ލައްކައިން މިލިއަނުން ޖޫރީމަނާކުރާތަންކަމަށާއި، ގާނޫނުނުން ރައްޔިތުންނަށް ދީފައިވާ ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީނަށް ހަނދާންކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ރައީސް ޔާމީނަކީވެސް އިދިކޮޅުގައި ހުންނެވި އިރު، އެކަންކަން ޕްރެކްޓިސް ކުރެއްވި ބޭފުޅެކަމަށެވެ. އެހެންކަމުން އެ ފުރުސަތު ރައްޔިތުންނަށް މިއަދު ނުދޭން ވީ އެއްވެސް ސަބަބެއްނެތްކަމަށް ނިޒާރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު