Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮފެސަރ އުގައިލް

ޕްރޮފެސަރ އުގައިލްގެ ތަފާތު ޓްވީޓެއް!

ޓްވީޓް ކުރެއްވި މާނައެއް ނޭނގޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 23 މެއި 2017 | އަންގާރަ 13:35
ޕްރޮފެސަރު އުގައިލް ކުރައްވާފައިވާ ދިރާސާއެއް ދައްކާލަނީ

ޕްރޮފެސަރު އުގައިލް ކުރައްވާފައިވާ ދިރާސާއެއް ދައްކާލަނީ

ހުދުމުހުތާރު ވެރިން ވެއްޓޭނެ ކަމަށް ވިދާޅުވެ، ޕްރޮފެސަރު އުގައިލް ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.

ތައުލީމީ ގޮތުން ރާއްޖޭގައި ހުންނެވި އެންމެ ޤާބިލު އެއް ފަރާތް ކަމަށްވާ ޕްރޮފެސަރ އުގައިލް ކުރައްވާ މި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

މި ޓިވީޓްގައި ޕްރޮފެސަރު އުގައިލް ވިދާޅުވެފައި ވަނީ "ހުދުމުހުތާރުވެރިން ބަލިވާނެ. އެމީހުން އަބަދުވެސް ބަލިވާނެ. އަބަދު ވެސް ކާމިޔާބު ހޯދާނީ ރައްޔިތުންގެ ބާރު،" ކަމަށެވެ.

ޕްރޮފެސަރު އުގައިލް މި ޓްވީޓް ކުރައްވާފައި ވަނީ ކޮން މާނައެއްގައިކަން ނޭގުނަސް، މިފަދަ ސިޔާސީ މާނައެއް ނެގޭފަދަ ޓްވީޓްތައް މީގެ ކުރިން އުގައިލް ނުކުރައްވާކަން ފާހަގަކުރެއެވެ.

އާންމު ގޮތެއްގައި އުގައިލް ޓްވީޓް ކުރައްވަނީ އޭނާ ކުރައްވާފައިވާ ދިރާސާތަކާ ގުޅޭގޮތުން ނުވަތަ އިލްމީ ކަމެއްގެ މައްޗަށް ބިނާކޮށެވެ.

ހުދުމުޚުތާރުވެރިން ބަލިވާނެކަމަށާއި އެފަދަ ވެރިންގެ ވެރިކަން ވެއްޓި ރައްޔިތުންގެ ކޮޅު އަބަދުވެސް ގަދަވާނެކަމަށް އުގައިލް ވިދާޅުވެފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ އޮތް ތިންބާރު ވަކިވެފައިވާ ނިޒާމް "ފުނޑުފުނޑު" ކޮށްލައިފި ކަމަށް ސިޔާސީ ފަރާތްތަކުން ވިދާޅުވަމުން ދަނިކޮށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމުގައި ޚުދުމުހުތާރުކަން އެކުލެވި، ކޮރަޕްޝަނާއި ފަސާދަ އިތުރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސިއްހީ ގޮތުންނާއި އެނޫން ވެސް އެތައް ބައިވަރު ރޮނގަކުން ތަފާތު ދިރާސާތައް ކުރައްވާ އެ މައުލޫމާތުތައް ރައްޔިތުންނަށް ހިއްސާ ކުރައްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް ވަނީ ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައްކުރާ މަރުކަޒެއް ޅ. ވައްވަރުގައި ހިންގަވާފައެވެ. އިނގިރޭސި ވިލާތް، އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިންނާއި ޕްރޮފެސަރުން އެތައް ދިރާސާއެއް ކޮށްފައިވާ ޅ. ވައްފަރު މިމަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ކުއްލި ގޮތަކަށް ހަވާލުކުރަން އަންގާފައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

14 މެއި 2017
ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު
18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
23 މާރިޗު 2017

ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!

23 މާރިޗު 2017
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު