Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން މަރުވާ މީހުންގެ ރޭޓު ދަށީ ކީއްވެ؟

ޖަރުމަނުވިލާތުގެ ސަރުކާރުން ދުރާލާ ފިޔަވަޅުތައް އަޅަން ފެށި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2020 | ހޯމަ 09:34
ބަރލިންގައި ފޭސް މާސްކު އަޅައިގެން އުޅުން ވަނީ އާންމުވެފައި

ބަރލިންގައި ފޭސް މާސްކު އަޅައިގެން އުޅުން ވަނީ އާންމުވެފައި

މިލިއަނަކަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފިއެވެ. ދުރާލާ އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑުތައް ތަންފީޒުކޮށްފިއެވެ. ހޮސްޕިޓާތައް ތައްޔާރީ ހާލަތައް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ. ޕޮޒިޓިވްވެވެފައިވާ މީހުންގެ ތެރެއިން ހާލު ދެރަ މީހުން ގޭގައި ތިބި ނަމަވެސް، ބަރާބަރަށް ހާލަތު މޮނީޓަރކޮށް، ބޭނުންވާ ފަރުވާތައް ދަނީ ދެމުންނެވެ. ހާލަތު ގޯސް ވާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަނެ ދުރާލާ ތައްޔާރުވެގެން އަންނަނީ ވެންޓިލޭޓަރު ގުޅަމުންނެވެ.

މިއީ ހައްތަހާވެސް، ކޮވިޑް-19 އާ ދެކޮޅަށް ޖަރުމަންވިލާތުން ކުރާ ހަނގުރާމައިގައި ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުތަކެވެ. ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، އެ ގައުމުން މަރުވީ މީހުންގެ އަދަދަކީ 1،584 ގައެވެ. މިއީ މިހާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވީ ގައުމުތަކުގެ ތެރެއިންމޯޓަލިޓީ ރޭޓް(ވައިރަސް ޖެހޭ މީހުންގެ ނިސްބަތުން މަރުވާ މީހުންގެ އަދަދު) އެންމެ ދަށް ގައުމެވެ.

ވައިރަސްއަށް ޕޮޒިޓިވްވީ މީހުން ގިނަ އެހެން ގައުމުތަކުން މަރުވީ މީހުންގެ އަދަދުތަކާ އަޅާކިޔާއިރު، ޖަރުމަންވިލާތުގެ މޯޓަލިޓީ ރޭޓް އުޅެނީ މާ ބޮޑަށް ވެސް ދަށުގައެއެވެ. އެ ގައުމުގެ މޯޓަލިޓީ ރޭޓް 1.4 އިންސައްތައިގައި ހުރިއިރު، އިޓަލީގެ މޯޓަލިޓީ ރޭޓަކީ 12 އިންސައްތައެވެ. އަވައްޓެރި ސްޕެއިން، ފަރަންސޭސްވިލާތް އަދި އިނގިރޭސިވިލާތުގައި އުޅެނީ 10 އިންސައްތައިގައެވެ. އެމެރިކާގައި މޯޓަލިޓީ ރޭޓް ހުރީ 2.5 އިންސައްތައިގައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ގައުމުތަކާ އަޅާ ކިޔާއިރު ވެސް، އެ ގައުމުގެ އަދަދުތައް ދަށެވެ. އެގޮތުން ޗައިނާގެ މޯޓާލިޓީ ރޭޓަކީ 4 އިންސައްތައެވެ. އަދި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގައި ގައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާ، ދެކުނު ކޮރެއާއަށް ވުރެ ވެސް ޖަރުމަނުގެ ރޭޓް ދަށެވެ. ދެކުނު ކޮރެއާގެ މޯޓާލިޓީ ރޭޓަކީ 1.7 އިންސައްތައެވެ.

ޖަރުމަންވިލާތުން ވައިރަސްއަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އެވަރެޖް އުމުރަކީ 49 އެކެވެ. މިއީ ފަރަންސޭސްވިލާތާއި އިޓަލީވިލާތުގެ އެވަރެޖާ އަޅާ ކިޔާއިރު، ވަރަށް ދަށް އަދަދެކެވެ. އިޓަލީވިލާތުގެ ވައިރަސް ޖެހުނު މީހުންގެ އެވަރެޖް އުމުރަކީ 62 އެވެ. އަދި ފަރަންސޭސްވިލާތުގެ އެވަރޭޖަކީ 62.5 އެވެ.

މި ވައިރަސްއާ ގުޅިގެން ސައިންސްވެރިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން، ވައިރަހުގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންކަމުން، ވައިރަސް ޖެހިފައިވާ މީހުންގެ އެވަރެޖް އުމުރު ދަށްވުމަކީ ޖަރުމަނުން މަރުވާ މީހުންގެ އަދަދު ދަށްވުމުގެ ސަބަބެކެވެ.

ނަމަވެސް، ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ވައިރަސް ޖެހޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވާ މީހުން ގިނަވުން އެކަށީގެންވެއެވެ. އަދި ވައިރަސް ޖެހޭ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަވެއްޖެ ނަމަ، މޯޓާލިޓީ ރޭޓް މައްޗަށް ދާނެ ކަމަށް އެޕިޑޮމޮލޮޖިސްޓުންނާ ހަވާލާދީނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވެއެވެ.

ވައިރަހުގެ ނުރައްކާތެރިކަން ޖަރުމަނުގެ އައްސޭރިއާ ހަމައަށް އައުމާއެކު އެ ގައުމުގެ ސަރުކާރުން އަވަަސް ވެގަތީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ހޯދުމާއި، ޕްރައިވެޓް ލެބޯޓަރީތަކުން ހިލޭ ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިއެވެ.

މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން އެ ގައުމުން މި ވައިރަސް ހުރިތޯ ބެލުމަށް ޓެސްޓްކުރެވިފައިވާއިރު، އާބާދީގެ ކޮންމެ މިލިއަން މީހުންގެ ތެރެއިން 2000 މީހަކު ވަނީ މިހާތަނަށް ޓެސްޓުކޮށްފައެވެ. އަދި ދެތިން ގަޑި އިރުގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓްތައް އެ ގައުމުން ވަނީ ތައާރަފުކޮށްފައެވެ.

އޭގެއިތުރުން، ޖަރުމަންވިލާތުން އަންނަނީ ކޮންމެ ހަފުތާއަކު 350،000 ހަދަމުންނެވެ. އަދި ފަރުވާދިނުމާއި ބަލި ދެނެގަތުމުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ. މިވަރުން ފުއްދާނުލާ މި އަދަދުތައް އިތުރު ކުރުމަށް އެ ގައުމުގެ ސަރުކާރާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

ޖަރުމަންވިލާތުން ޓެސްޓް ކުރުމަށް ގެންގުޅޭ މިންގަނޑުތައް އެހެން ގައުމުތަކާ ތަފާތުވުމަކީ ވެސް އެ ގައުމުގެ ކާމިޔާބީގެ ފަހަތުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ނިންމުމެކެވެ. ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނާ ކްލޯސް ކޮންޓެކްޓް ވެފައިވާ މީހެއްގެ ފުށުން އަލާމާތްތައް ނުފެނުނު ނަމަވެސް، އެ ގައުމުން ޓެސްޓު ކުރެއެވެ.

އެހެން ބައެއް ގައުމުތަކުގައި ކްލޯސް ކޮންޓެކްޓްވާ މީހުންގެ ޓެސްޓު ކުރަނީ، ވައިރަހުގެ އަލާމާތްތައް ފެންނަ ނަމައެވެ. ބަލީގެ އަލާމާތްތައް ނުފެނުނު ނަމަވެސް، މި ފަރާތްތައް ޓެސްޓު ކުރަން ޖަރުމަނުން ނިންމުމަކީ، ދުރާލާ ބަލީ ހުރި ފަރާތްތައް ދެނެގަނެ، ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށް ބުނެ، މި ބަލި ދިރާސާކުރާ މާހިރުން ވަނީ ޖަރުމަނުގެ މި ނިންމުމަށް ތައުރީފުކޮށްފައެވެ.

ޖަރުމަނުވިލާތުގެ ސިއްހީ ނިޒާމަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާ ނުކިޔޭ، އެއަށް ވުރެ މާ ފުރިހަމަ ނިޒާމެކެވެ. އޭގެ ތެރޭގައި ފުރަތަމަ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތައް ވެސް ހިމެނެއެވެ. މިސާލަކަށް އެ ގައުމުގެ އާބާދީގެ ކޮންމެ މީހަކަށް ހުންނަ ހޮސްޕިޓާ އެނދުގެ ރޭޝިއޯއަކީ މިކަމުގެ ލާމަސީލު މިސާލެކެވެ.

ހެލްތްސިސްޓަމްޓްރެކަރއިން އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު، ޖަރުމަނުގެ އާބާދީގެ ކޮންމެ 1000 މީހަކަށް 8.1 ހޮސްޕިޓާ އެނދާއި، 6.1 އައިސީޔޫ އެނދު ހުރެއެވެ. އެމެރިކާގެ އާބާދީގެ ކޮންމެ 1000 މީހަކަށް ހުރީ 2.8 ހޮސްޕިޓާ އެނދާއި 2.4 އައިސީޔޫ އެނދެވެ. އަދި އިޓަލީވިލާތުގެ އާބާދީގެ ކޮންމެ 1000 މީހަކަށް ހުރީ 3.2 ހޮސްޕިޓާ އެނދާއި 2.6 އައިސީޔޫ އެނދެވެ.

ހޮސްޕިޓާ އެނދުތައް އިތުރުކުރަން ވެސް ޖަރުމަންވިލާތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުން އަންނަނީ އިޓަލީވިލާތާއި، ފަރަންސޭސްވިލާތާއި ސްޕެއިންގެ ބަލި މީހުންނަށް ވެސް ފަރުވާދެމުންނެވެ.

ސޯޝަލް ޑިސްޓެންސިންގ (އިޖްތިމާއި ގައިދުރުކުރުން) އެންމެ ފުރަތަމަ ތަންފީޒުކުރަން ފެށި ގައުމުތަކުގެ ތެރޭގައި ޖަރުމަންވިލާތް ހިމެނެއެވެ. އަދި ސަރުކާރުން މި ނިންމުމަށް އެ ގައުމުގެ އާބާދީގެ ބޮޑު އިންސައްތައަކުން އަންނަނީ ބޯލަނބަމުންނެވެ.

ވައިރަސް ފެތުރެމުން ދިޔަ ވަރަކަށް، އިތުރަށް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރި ނަމަވެސް އެ ގައުމުގެ ރައްޔިތުން ވަނީ އެކަންކަން ބަލައިގަނެފައެވެ. ރައްޔިިތުންގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ސަރުކާރުގެ ނިންމުންތައް ބަލައިގަތެވެ. ގައުމުތަކުގެ ލީޑަރުންގެ މަގުބޫލުކަން ގެއްލެމުންދާ ދަނޑިވަޅެއްގައި، ޗާންސެލަރ އެންޖެލާ މަރކެލް ގެ އެޕްރޫވަލް ރޭޓިންގް އަންނަނީ އިތުރުވަމުންނެވެ.

ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރަކީ، ވައިރަސް ފެތުރުނަ ނުދީ، "ކަރވް" ކުޑަކުރަން އެ ގައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ހާލަތާ ބައްދަލު، ހާލަތަށް އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލުކުރާ ކަމަށް ޕޯލްތަކުން ދައްކައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެއް ގޮތަކަށް ވެސް ޖަރުމަންވިލާތުން ނެތިގެން ނުދެއެވެ. ނަމަވެސް، އެހެން ގައުމުތަކާ، ހާއްސަކޮށް ވިލާތުގެ ގައުމުތަކާއި އެމެރިކާއާ އަޅާ ކިޔާއިރު އެ ގައުމުން ހޯދާފައިވަނީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެކެވެ. އަދި މި ހާލަތުގައި ވެސް އެ ގައުމުން އަންނަނީ އެ އިއްތިހާދަކަށް އެ ގައުމު ނިސްބަތްވާ ވިލާތުގެ އިއްތިހާދުގެ ބައިވެރިންނަށް ވެސް ހުއްޓުމެއް ނެތި އެހީ ފޯރުކޮށްދެމުންނެވެ.

ކޮންމެއަކަސް، މި ވައިރަހުން ދުނިޔެ ދަސްކޮށްފައިވާ އެއް ފިލާވަޅަކީ، އަދަދުތަކަކީ ނިދާ ހޭލާއިރު ބަދަލުވެދާނެ އެއްޗެއް ކަމެވެ. އަދި ފިޔަވަޅު އެޅުމުގައި ފަސް ޖެހިއްޖެ ނަމަ، ގައުމަތަކަށް އަންދާޒާ ނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެވެ. ޖަރުމަނުން ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ދުރާލާ އެޅި ފިޔަވަޅުތަކާއި، ތަންފީޒުކުރުމުގައި ދެއްކި ހަރުދަނާކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

30 ޑިސެމްބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު