Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިތްވަރު

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

"ހިތްވަރު ދޫ ނުކުރާތި" މިއީ ވަރަށް ގިނަ މީހުން ބުނެ އުޅޭ ބަހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2018 | އަންގާރަ 18:03
ޖޭކޭ ރޯލިންގ

ޖޭކޭ ރޯލިންގ

"ހިތްވަރު ދޫ ނުކުރާތި" މިއީ މުސްތަގްބަލް ބިނާކުރުމަށް މަސައްކަތް ކުރާއިރު ވަރަށް ގިނަ މީހުން ބުނެ އުޅޭ ބަހެކެވެ. މިއީ އެ މީހަކަށް ހިތްވަރު ދިނުމުގެ ގޮތުން ނުވަތަ އެ ދާއިރާއަކުން ކުރިއަށް ދިޔުމަށްޓަކައި ވެސް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ބުނެ އުޅޭ ބަހެކެވެ.

އެ މީހަކު ކަމެއް ކުރަން އަޒުމު ކަނޑައަޅާ ހިސާބުން ނުވަތަ މަސައްކަތް ކުރާ ހިސާބުން އެކަމަކަށް ހިތްވަރުދީ ސާބަސް ދޭނެ ބަޔަކު ތިބުމަކީ އެ މީހަކަށް އެ ދާއިރާއަކުން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބި އުފާވާނެ ކަމެއްކަން ޔަޤީނެވެ. މީހެއްގެ މުސްތަގްބަލު ބިނާކުރާއިރު އެކި މީހުންގެ ފަރާތުން މިސާލުތައް ނަގައި އެމީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ކަންތައްތައް ދެނެގަންނަން ޖެހެއެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަދަ މިސާލުތައް އެބަހުއްޓެވެ. ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތައް ހުރަސްކޮށް ކާމިޔާބީގެ ހަރުފަތަކާ ހިސާބަށް ވާސިލުކޮށްފައިވާ މީހުން ވެސް އެބަތިއްބެވެ. އެގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ޝަހްސިއްޔަތުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އެބަދެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން ފަރާތަކީ:

. ޖޭކޭ ރޯލިންގ

ޖޭކޭ ރޯލިންގ ވަރިވުމަށް ފަހު ދިރިއުޅެމުން އައި ސަރުކާރުގެ އެހީގައެވެ. 1994 ވަނަ އަހަރު އޭނަގެ ދަރިފުޅަށް ކާންދޭން ބޭނުންވާ ސާމާނުތައް ހޯދުމަށްޓަކައިވެސް އެތަކެއް ދަތި އުނދަގޫތަކާއި އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އޭނާ ވާހަކަ ލިޔެ، ޗާޕްކުރާ މީހުންނަށް ފޮނުވުމަށްޓަކައި އޭރު އޭނާ އަތުގައި ކޮމްޕިއުޓަރެއްވެސް އަދި ފޮޓޯ ކޮޕީ ނަގަން ހަރަދު ކުރާނެ ފައިސާ އެއްވެސް ނެތެވެ. އޭރު އޭނާ ލިޔުނު ވާހަކަތައް ވަކި ވަކިން އަތުން ލިޔެ ޗާޕްކުރާ މީހުންނާއި ހަމައަށް ފޯރުކޮށްދިނެވެ. އޭނާ ލިޔުނު ވާހަކަތައް އެތަކެއް ފަހަރު މަތިން އެކި މީހުން ވަނީ ކަމުނުދާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އޭނާ ވަނީ ހެރީ ޕޮޓަރގެ ގިނަ ވާހަކަތަކެއް ލިޔެފައެވެ. ހެރީޕޮޓަރގެ ގިނަ ފިލްމުތަކެއް ވެސް ވަނީ ނެރެފައެވެ. އަދި އާންމުގެ މެދުގައި ހެރީޕޮޓަރ ވަނީ ވަރަށް މަޝްހޫރު ވެފައެވެ. އޭނާ އަކީ މިހާރު ދުނިޔޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ.

. ސްޓީވަން ކިންގް

ސްޓީވަން އެންމެ ފުރަތަމަ ލިޔުމުގެ ދާއިރާ އަށް ނިކުންނަ މަސައްކަތް ކުރިއިރު އޭނާ ވަނީ މާލީ ގޮތުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އޭނާ އާއި އޭނާގެ އަންހެނުން ފަގީރު ކަމުން އެމީހުންގެ ކައިވެންޏަށް ހެދުން ވެސް ހޯދަން ޖެހުނީ މީހެއްގެ އަތުންނެވެ. އޭނާ ލިޔުނު ވާހަކަތައް އާންމުންނާއި ހަމައަށް އައުމުގެ ކުރިން ވަނީ 60 ފަހަރު ރިޖެކްޓުވެފައެވެ. އެހެން ނަމަވެސް އޭނާ ހިތްވަރެއް ދޫނުކުރިއެވެ. ކޮންމެ ދުވަހަކުވެސް އާ އަޒުމަކާއި އެކީ އޭނާގެ ވާހަކަތައް އާންމުންނާއި ހަމައަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށް ލިޔަމުން ދިޔައެވެ. އެހެން އުޅެނިކޮށް އޭނާގެ ވާހަކަތައް މީހުންނާއި ހަމައަށް ފޯރުކޮށްދެވިގެން ދިޔައެވެ. އޭނާ ލިޔުނު އެކި ވާހަކަތަކުގެ 350 މިލިއަން ކޮޕީ ވަނީ މިހާތަނަށް ވިކިފައެވެ. އޭނާ އަކީ ބިރުވެރި ވާހަކަތަކާއި ފެންޓަސީ ވާހަކަތައް ވެސް ލިޔާ މަޝްހޫރު ލިޔުންތެރިއެކެވެ.

. ޖިމް ކެރީ

ޖިމް ކެރީ އަށް އުމުރުން 14 އަހަރުގައި އޭނާގެ ބައްޕަގެ ވަޒީފާ ގެއްލި އެމީހުން ދިރިއުޅުން ވޭތު ކުރަމުންދިޔައީ ދަތި ހާލުގައެވެ. އޭނާ ސުކޫލުގައި އުޅެމުން ކުދި ކުދި މަސައްކަތް ކޮށްގެން އާއިލާ އަށް އެހީވުމަށްޓަކައި އާމްދަނީ ހޯދިއެވެ. އުމުރުން 15 އަހަރުގައި ޖިމް ކެރީ އޭނާ މަންމަ ފަހާފައިވާ ހެދުމެއް ލައިގެން ކޮމެޑީ ޝޯއެއްގައި ބައިވެރިވިއެވެ. ކޮމެޑީގެ ދާއިރާއިން ކުރިއަށް ދިޔުމަށްޓަކައި އޭނާ ކިޔެވުން ދޫކޮށް ލޮސް އެންޖަލިސްއަށް ދިރިއުޅުން ބަދަލުކުރިއެވެ. އެތާނގައި މަސައްކަތް ކުރަމުން ގޮސް އޭނާ މަޝްހޫރު ވެގެންދިޔައީ އާންމުންނާއި ހަމައަށް ނިކުތް "މާސްކް" ފިލްމުގެ ސަބަބުންނެވެ. އޭނާ އަށް ވަނީ އެކްޓިންގްގެ ދާއިރާއިން އެކި އެވޯޑުތައް ހާސިލު ކޮށްފައެވެ.

މަތީގައި ބަޔާންކުރެވުނު މީހުންނަކީ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެ ހުރަސްތައް ކަޑަތުކޮށް ކާމިޔާބީ އާއި ހަމައަށް ވާސިލުވެފައިވާ ފަރާތްތަކެވެ. މި މީހުންގެ ވާހަކަތަކުން ވެސް އެނގޭ ކަމަކީ އަޒުމާއި ހިތްވަރެއް ހުރި ކަމުގައިވާނަމަ އެމީހެއްގެ މަންޒިލް ހާސިލުކުރުމުގެ މަގު އެބައޮތް ކަމެވެ. 2018 ވަނަ އަހަރު މި މީހުންގެ ކިބައިން ހިތްވަރު ލިބިގަނެ ކޮންމެ މީހަކު ވެސް އެމީހެއްގެ މުސްތަގްބަލް ބިނާކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު