Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

މުޖުތަމަޢުގައި ގިނަ މައްސަލަތަކެއް އެބަހުރި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 09:39
މުޖުތަމަޢުގެ ތެރޭގައި އެތައް މައްސަލައެއް ހުރިއިރު ހަޤީޤަތުގައި ޒިންމާވާން ޖެހެނީ ރައްޔިތުން

މުޖުތަމަޢުގެ ތެރޭގައި އެތައް މައްސަލައެއް ހުރިއިރު ހަޤީޤަތުގައި ޒިންމާވާން ޖެހެނީ ރައްޔިތުން

ދިވެހި މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ވާހަކަ ފަށައިފިއްޔާ ހުސްނުވާނެކަން އެއީ ސިއްރެއް ނޫނެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މައްސަލައެވެ. ހައްލުނުވާ ކަންކަމުގެ ވާހަކައެވެ. ތައުލީމީ ދާއިރާއެއް، އިޖުތިމާއީ ދާއިރާއެއް، ސިއްހީ ދާއިރާއެއް، ސިޔާސީ ދާއިރާއެއް އިސްތިސްނާ ކުރުމެއް ނެތެވެ. ހައްތަހާ ވެސް ފެއިލްވެފައިވާ ކަންކަމެވެ. ކޮންމެ ދާއިރާއެއްގެ ނަން ގަނެވުނަސް ސަރުކާރުން ކަނޑަނީ ފޮންޏެވެ. ރައްޔިތުން ކުރަނީ ޝަކުވާއެވެ.

މި ކަންކަން މި ހިސާބަށް ދިއުމުގެ ފަހަތުގައި އޮތީ ދެ މައްސަލައެވެ. އިޚުލާސްތެރިކަން ނެތުމާއި، ވަރިހަމަވުމެވެ. ސަރުކާރުތަކުގެ އިޚުލާސްތެރިކަމެއް ނެތުމެވެ. އަޅުގަނޑާއި ތިޔަބޭފުޅާ ވެސް ހިމެނޭ ގޮތަށް، ވަރިހަމަވުމެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހި ޖުމްހޫރިއްޔާގައި މިހާތަނަށް އުފެދިފައިވާ ކޮންމެ ސަރުކާރެއްގެ ފަރާތުން ވެސް އިޙުލާސްތެރިކަން ނެތުމުގެ މައްސަލަ ވަނީ ފެނިފައެވެ. އެއީ އަދި ސަރުކާރުގެ ވެރިޔާގެ ފަރާތުން ނަމަވެސް، ނުވަތަ ސަރުކާރުގެ މަތީފަޑިގައި ތިބި ބޭފުޅުންގެ ފަރާތުން ނަމަހީ ވެސް މެއެވެ. އެއަކު ރައީސް އަމީނެއް، ރައީސް ނާސިރެއް، ރައީސް މައުމޫނެއް، ރައީސް ނަޝީދެއް، ރައީސް ވަހީދެއް، ރައީސް ޔާމީނެއް ތަފާތުކުރުމެއް ނެތެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކޮންމެވެސް ފެންވަރެއްގައި އިޚުލާސްތެރިކަމެއް ނެތްކަން ވަނީ ފެނިގެން ގޮސްފައެވެ.

މިއަދަށް ބަލާއިރު ވެސް ކަން އޮތީ މިހެންނެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ބޭއިންސާފާއި، ކޮރަޕްޝަނާއި، އަނިޔާ އާއި ތަފާތުކުރުން އޮންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހޮޅުއަށިތަކުގައި ވެސް އެ ވާހަކައެވެ. ސައިހޮޓާތަކުގައި ވެސް އެވާހަކައެވެ. ރައްޓެއްސަކާއި އެކު ފިނިބުރެއް ޖަހައިލަން ނުކުތަސް، ސައިކަލު މަތީގައި ވެސް އެވާހަކައެވެ. ސޯޝަލް މީޑިއާ ސްޓޭޓަސްތަކުގައި އަދި އަމުދުން އެ ވާހަކަ މާގިނައެވެ.

ކަން މިހެން ހުރިއިރު ހިތަށް އަރަނީ މި ސުވާލުތަކެވެ. މި ހުރިހާ ގޯހެއް މިހެން ވުމަށް މެދުވެރި ވަނީ ކީއްވެހެއްޔެވެ. އޭގެ ސަބަބަކީ ކޮބައިހެއްޔެވެ. އެކަމަށް ޒިންމާވާނީ ކާކުހެއްޔެވެ. އަޅުގަނޑަށް ވިސްނެނީ އެންމެ ޖަވާބެކެވެ. ރައްޔިތުންނަށް ކޮންމެ ކަމެއް ވަރިހަމަ ވުމެވެ. އަޅުގަނޑު ވެސް ހިމެނޭ ގޮތަށެވެ.

ވަރިހަމަ ވުމޭ މި ދަންނަވަނީ ދެ ގޮތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު، ތިމާއަށް ޖެހޭ އުނދަގުލަށް ހޭނި، ވާ ތުރާލުގެ ވާހަކަ ދައްކަން ހަނދާން ނެތެނީއެވެ. އަނެއްބަޔަކަށް ލިބޭ ފައިދާއެއް ލިބެނީ ބޭއިންސާފުން ކަމާއި، އެ އެއްޗެއް ޙައްޤުވާ އެހެން ބަޔަކު ތިބިކަން އެނގޭއިރު ވެސް އެކަން ވަރިހަމަވެ، ލިބުނު ފައިދާގެ ފޮނިމީރުކަން ލިބިގަނެ ތިބެވެނީއެވެ.

ހަނދާނަށް ގެންނަވާށެވެ. ކާޑަށް ސަރުކާރުން ދެމުންދާ ސަބްސިޑީގެ މިންވަރަށް ގެނައި ބަދަލާއެކު ކާޑުގެ އަގު ބޮޑުވެގެން ދިއުމުން ދެއްކިހާ ވާހަކަ ހަނދުމަ އެބަހުރިތޯއެވެ. އިރުއިރުކޮޅުން ހެޔޮފުޅުކަމުން ކަރަންޓާއި ފެނުގެ އަގަށް އެ އަންނަ ބަދަލާ ހެދި ރަތަށް އެރި ހަނދުމަ ވޭހެއްޔެވެ؟ މި ޤައުމުގައި ނޫސްވެރިއަކު ގެއްލުވާލައިގެން އުޅޭތީ ކަންބޮޑުވޭހެއްޔެވެ؟ ކުރީގެ ޑިފެންސް މިނިސްޓަރަކު ހައްޤަކާއި ނުލައި ޖަލުގައި އޮތްކަން އެނގޭ ހެއްޔެވެ؟ މި ޤައުމުގައި ނައިބުރައީސްކަން ކުރި މީހެއްގެ ފުރާނައަށް ސަރުކާރުން އަގުކިޔައި، އޭނާ މަރުގެ ތުންފަތްމަތީ، ޖަލު ގޮޅީގައި އޮތްކަން އެނގޭހެއްޔެވެ؟ ނުރައްކާތެރި ކުށްވެރިން މުޖުތަމައުތެރެއަށް ދޫކޮށްލަފައި ތިބިއިރު، ރައްޔިތުންގެ މަންދޫބަކު ޙުކުމަކާއި ނުލައި، މުއްދަތެއް ނެތް ގޮތަށް ޖަލަށް ލަފައިވާކަން ހަނދުމަ އެބަހުރިހެއްޔެވެ؟

ވިސްނަވާށެވެ! ޕޮއިންޓް އޮޅުވާލިކަމަށް ތުޙުމަތުކުރެވޭ ޑީލު ތެރެއިން ތިޔަ ލިބުނު ފްލެޓަށް ވަންނާން ކެރޭނެ ހެއްޔެވެ؟ ދަތިހާލުގައި އެ ދިރިއުޅޭ އެތައް ސޮފިއްޔާއެއް އެ އުޅޭ ހާލުގައި އުޅެން ތިބާއަށް ވަރިހަމަތޯއެވެ؟ ކުޑަކުޑަ ގޮޅީގައި އޮތް އެ ސޮފިއްޔާ އަށް ލިބެންޖޭ ފްލެޓްގައި ތިޔަ ބޭފުޅާ އަށް ހަމަނިދި ނިދާލެވޭނެ ހެއްޔެވެ؟ ސަރުކާރުގައި ތިބި ބޭފުޅުންގެ ނަޒާހަތްތެރިކަމަށް އަގު ހުށަހަޅައިގެން ލިބިފައި ހުރި ރަށްރަށުގައި ދަނޑު ހައްދައި ރިސޯޓު ހަދާއިރު ހިތަށް އެއްޗެއް ނާރާހެއްޔެވެ؟ އިހުލާސްތެރިކަމާ އެކު އެ ރަށްތަކަށް އަގު ހުށަހެޅި މީހުން އިނދަ ޖެހުނަސް ތިބާއަށް ވަރިހަމަތޯއެވެ؟ އެތައް އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ، އެތައް އެތައް ބަޔަކަށް ތިމާގެ ފަރާތުން އަނިޔާ ލިބޭއިރު އެ ކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެކަން ހަނދުމަވެ، ހިތަށް ބިރުވެރިކަން ނުވަދޭ ހެއްޔެވެ؟ އަޖަލާ މެދު ވެސް ހަމަ ވާނީ ވަރިހަމަތޯއެވެ؟

ދަންނަވަން މި އުޅުނީ މި ވާހަކައެވެ. އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުއަށް ދިމާވެފައިވާ މައްސަލަތަކުގެ މުގުލަކީ ހަމަ އަޅުގަނޑުމެންނެވެ. ހުރި މައްސަލަތައް މަތީން ހަނދާން ނެތުމެވެ. މިއަދު އަނގަޔާއި އަތާ ދިމާވާތީ މާދަމާއާ މެދު ވަރިހަމަވުމެވެ.

ޤައުމު އިސްލާހުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ބޭއިންސަފުން ވަމުންދާހާ ކަންކަން އިސްލާހުކުރަން އެދޭ ނަމަ، އެކަން ކުރެވޭނީ ރައްޔިތުންނަށެވެ. އަޅުގަނޑާއި ތިޔަބޭފުޅާ ވެސް ހިމެނޭ ގޮތަށެވެ. ހުރި މައްސަލަތަކުގެ ވާހަކަ ދައްކާންވީއެވެ. އަނެކާގެ ކަރަށް ފައިން އަރައިގެން ލިބޭ ފައިދާ ހޯދުން ހުއްޓާލަންވީއެވެ. ގެރި މަރުވާއިރު އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން ތިބެގެން ކަމަކުނުދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
3 އޮކްޓޯބަރާއި ގުޅިގެން ރައީސް މުއިއްޒު ދުއްވެވި ދެބޯގެރިއަކަށް މިފަހަރު ރައްޔިތުންނެއް ނުބެލި!

3 އޮކްޓޯބަރާއި ގުޅިގެން ރައީސް މުއިއްޒު ދުއްވެވި ދެބޯގެރިއަކަށް މިފަހަރު ރައްޔިތުންނެއް ނުބެލި!

04 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ޚިޔާނާތުން ދެބޯގެރި ދުއްވުން

އެމްއެމްޕީއާރުސީ ޚިޔާނާތުން ދެބޯގެރި ދުއްވުން

20 ޖެނުއަރީ 2025
"ފުށިދިއްގަރުފަޅުގެ ވާހަކަ" މި ސަރުކާރުގެ ދެބޯގެރި ދުއްވުން ނޫންބާ؟

"ފުށިދިއްގަރުފަޅުގެ ވާހަކަ" މި ސަރުކާރުގެ ދެބޯގެރި ދުއްވުން ނޫންބާ؟

30 ނޮވެމްބަރު 2023
ޗާގޯސް "ދެބޯގެރި" ޗޮކުން!

ޗާގޯސް "ދެބޯގެރި" ޗޮކުން!

28 އެޕްރީލު 2023

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު