Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލް-ބަގްދާދީ

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

ބަގްދާދީ އަކީ އައިއެސްގެ ލީޑަރު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 16 ޖޫން 2017 | ހުކުރު 10:12
 އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް-ބަގްދާދީ

އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް-ބަގްދާދީ

އޭނާޔަކީ ހަނގުރާމަ ވެރި ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރެވެ. ހަމަ ދޭތެރެއަކުން އިވޭ އަޑުން ހައިރާންވެ އަންތަރީސްވެއެވެ. މި ބުނީ އޭނާ މަރުވެއްޖެ ކަމަށް ރިޕޯޓު ކުރާ ވާހަކައެވެ. އެކަމަކު އޭނާ މަރުވި ކަމަކަށް ނުބެލެވެއެވެ. މި ދުނިޔޭގައި މަރުވާނީ އެއް ފަަހަރެވެ. އެކަމަކު އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ނުވަތަ ޒަޚަމްވެއްޖެ ކަމަށް ދުނިޔޭގެ މަޝްހޫރު އަދި ނުފޫޒު ގަދަ މީޑިއާތަކުން ރިޕޯޓު ކުރެެއެވެ. ކޮންމެ އަކަސް އެންމެ ފަހުން އޭނާ މަރުވެއްޖެ ކަމަށް ރިޕޯޓުކޮށްފައި ވަނީ ސީރިޔާގެ ދައުލަތުގެ ޓީވީ އިންނެެވެ. އެއީ މި ޖޫން މަހު ދިހަ ވަނަ ދުވަހުއެވެ. ކަންކަން ނިއުޅެމުން ދާ ގޮތަށް ބަލާއިރު ބަގްދާދީގެ މަރަކީ ކިހާ ސައްހަ މައުލޫމާތެއް ކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ދަތިވެފައެވެ.

ކޮންމެ އަކަސް މިއަހަރުގެ ޖޫން ދިހަ ވަނަ ދުވަހު ބަގްދާދީ މަރުވި މަރުވުމާއި ގުޅޭގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ބުނެފައި ވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ބަގްދާދީ މަރާލެވިފައިވާ ކަމަށް ބުނުމަކީ ޕްރޮޕަގަންޑާ ފަތުރަންވެސް ކޮށްފާނެ ކަމެއް ކަމަށެވެ. އެންމެފަހުން ބަގްދާދީ މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ވަނީ ސީރިޔާގެ ރައްގާގައެވެ.

އޮކްޓޯބަރު 2011 ގައި އެމެރިކާ އިން ބުނެފައި ވަނީ ބަގްދާދީ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް ނުވަތަ އޭނާ މަރާލުމަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 10 މިލިއަން ޑޮލަރު ހުށަހަޅާ ކަމަށެވެ. މިއަދަދު އޮކްޓޯބަރު 2016 ގައި އިތުރު ކުރިއެވެ. އެގޮތުން 25 މިލިއަން ޑޮލަރަށް އިތުރު ކުރިއެވެ.

2016ގެ ޖޫން 16 ވީ ހުކުރު ދުވަހު އަޑުއިވެގެން މިއުޅެނީ އަނެއްކާވެސް ބަގްދާދީގެ ބޮޑު ވާހަކައެކެވެ. ރަޝިޔާ އިން 2016، މެއި 28 ގައި ދިން ހަމަލާއެއްގައި ފަހަރުަގައި ބަގްދާދީ މަރުވެފައިވާ ވާހަކައެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނީ އެގައުމުން ސީރިޔާގައި އައިއެސް އާ ދެކޮޅަށް ދިން ވައިގެ ހަމަލާތަކެއްގައި ބަގްދާދީ މަރުވިތޯ މިހާރު ތަހްގީގު ކުރަން ފަށާފައވާ ކަމަށެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނީ 2016، މެއި 28 ގައި އެގައުމުން ދިން ހަމަލާގައި ބަގްދާދީގެ އިތުރުން އިތުރު 330 ހަނގުރާމަވެރިޔަކު މަރުވެފައި ވުން އެކަށީގެންވާ ކަަމަށެވެ.

ބަގްްދާދީ މަރުވި ކަމުގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން އިވުނު ނަމަވެސް، މިއީ ރަޝިޔާ އިން ދިން ހަމަލާއެއްގައި ބަގްދާދީ މަރުވެފައިވާ ކަމަަށް އެގައުމުން ބުނި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނީ ސީރިޔާގެ ރައްގާ އަށް މެއި 28 ގައި ދިން ހަމަލާ ގައި އައިއެސްގެ ހަނގުރާމަވެރިން ތިބީ ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުމުގައި 300 ހަނގުރާމަވެރިން ތިބި ކަމަށާއި އަދި 30 އައިއެސް ކޮމާންޑަރުން ވެސް ތިބި ކަމަށެެވެ. ރަޝިޔާ އިން ބުނާ ބުނުމާއި ގުޅިގެން އެމެެރިކާ އާއި ގުޅިފައިވާ ކޯލިޝަން އިން ބުނެފައި ވަނީ ބަގްދާދީ މަރުވެފައިވާ ކަން އެ ކޯލިޝަނަަށް ކަށަވަރުކޮށް ނުދެވޭނެ ކަމަަށެވެ. ސީރިޔާ ސަރުކާރުން ރަޝިޔާ އިން ބުނާ ބުނުމާއި ގުޅިގެން އަދި އެއްޗެއް ނުބުނެއެވެ.

ބަގްދާދީ އުޅޭތަން ނޭގޭތާ ދުވަސްގަނޑެއް ވެފައިވާ އިރު އޮކްޓޯބަރު 2016 ގައި މޫސަލް އައިއެސް އަތުން މިނިވަން ކުރުމަށް އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން މަސައްކަތް ފެށިއިރު އޭނާ ހުރީ މޫސަލްގައި ކަމަށް ބެލެވުނެވެ. މާޗް މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެފައި ވަނީ ގާތްގަޑަކަށް ބަގްދާދީގެ ހުރިހާ ނައިބުން މިހާރު މަރާލެވިފައިވާ ކަމަށެެވެެ.

ގުޅިފައިވާ ކޯލިޝަނުގެ ޓޭންކަރެއް އިރާގުގެ މޫސަލް އަށް މިސްރާބު ޖަހަނީ

ބަގްދާދީ އުފަންވެފައި ވަނީ އުތުރު އިރާގުގައި 1971 ގައެވެ. އެމެރިކާ އިން 2003 ގައި އިރާގު ހިފި އިރު އޭނާ އަކީ މިސްކިތެއްގެ އިމާމެކެވެ. އޮކްޓޯބަރު 2011 ގައި އެމެރިކާ އިން ވަނީ ރަސްމީގޮތުން، ބަގްދާދީ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައެވެ. ކޮންމެ އަކަސް ބަގްދާދީ އާ ބެހޭ ގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް ކަން ހަގީގަތުގައި ވެސް ދައްޗެވެ. އޭނާ އެތައް ފަަހަރު "މަރުވެއްޖެއެވެ"

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު