Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ބައެއް މީހުން އުޅުނީ ކެމެރާއަށް އަރާފާނެތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2018 | ހޮނިހިރު 15:06
ޕީޕީއެމުން ބޭއްވި އެއްވުން

ޕީޕީއެމުން ބޭއްވި އެއްވުން

މުސްކުޅިން ބުނާތީއަޑުއަހަމެވެ. ނުކުންނާނީ ދިޔަހުރި އެއްޗެއް ފެލައިގެންނެވެ. އެކަން އެންމެ ރަނގަޅަށް ބުނެދޭން ޖަހާ އުޅޭ އެއް މިސާލަކީ ބަޔަކު މީހުން ގިތެލެއްގައި އޮބިއެޅި ކަމުގެ ވާހަކައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ދެއިރުކާ ބޭހެއް ހެން ކޮންމެ ދެގަޑިން ދެގަޑިން ކަހަލަ ގޮތަކަށް ފެންނަނީ ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއް ބާއްވާތަނެވެ. ދަންފަޅި ބަހައިގެން ވަޒީރުންނާ އަތުޖެހެންހުރި މެންބަރުން ލައިގެން ރައީސް ޔާމީނަށް ތާއީދު އޮތްކަން ދައްކަން އުޅޭ ތަނެވެ. ގަޑި ދެގަޑިއިރަށް ދިގުދެމިގެންދާ މި ޕްރެސްކޮންފަރެންސް ތަކާއި ޓީވީ ޝޯވްތަކުގައި ވާހަކަ ދައްކާ މީހުންގެ މައިގަނޑު ވާހަކައަކީ ހަމަ އެއް ވާހަކައެވެ. އެންމެންވެސް ކިޔަނީ ހަމަ އެކައްޗެކެވެ. ރައީސް ޔާމީންގެ ތާއީދު ބޮޑު ވާހަކައެވެ. އެމަނިކުފާނުގެ ގަޓު ހުރި ވާހަކައެވެ. ސުޕްރީމް ކޯޓު ހުކުމުގައި ސަރުކާރާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނެތް ވާހަކައެވެ. ސަރުކާރު ގަދަފަދަ ވާހަކައެވެ. މިހުރިހާ ވާހަކަތަކާ އެކު އެންމެންވެސް ކޮންމެ ދެ ޖުމްލައެއްގެ ދޭތެރެއިން ބުނެ އުޅޭ ވާހަކައެއް ވެސް އޮވެއެވެ. ތިމަން މިހުރީ ސާބިތުކަމާއެކުގައި ރައީސް ޔާމީނާއެކުގައި ކަމަށެވެ. ޒުވާން ކުދިން އެބުނާ ގަޓާއެކު އެހެން ބުނާއިރު، ބައެއް އަނހެން ކުދިން ތުއިވެލާފައި ފަރި ގޮތަކަށެވެ. ބައެއް މީހުން ބުނަން ޖެހޭތީ ބުނާ އެއޗެއްކަން އެނގޭ ފަދަ ގޮތަކަށް ބުނާއިރު އަނެއް ބަޔަކު ހަމަ ރަނގަޅަށް ދޫވެސް އޮޅެމުންނެވެ. އެކަމަކު އެހެން ބުނާއިރު ވެސް ފެންނަ އެހެން މަންޒަރެއް އޮވެއެވެ. މޫނުމަތީގައި ޗާލާކީ ކަމެއް ނެތުމެވެ. ހިތްވަރެއް ހިތްހަމަ ޖެހުމެއް ނެތެވެ. ކިތައްމެ ވަރަކަށް ދައްކަން އުޅުނަސް މާޔޫސްކަން ނޫނީ އެހެން އެއްޗެއް ފެންނާކަށް ނުހުރެއެވެ.

ބައެއް ފަހަރަށް ފެންނަ މަންޒަރުން ސިފަ ވަނީ އެހެން ބުނަން ޖެހޭތީ ވެސް ކަންބޮޑުވެގެން އުޅޭފަދަ މަންޒަރެވެ. ހަމަ ކޮންމެހެން ވެސް މިހެން ބުނަން ޖެހޭނެޔޭ ބުނާ ކަހަލަ ގޮތަކަށެވެ. މިކަން އެންމެ ރަނަގަޅަށް ސާބިތުވީ ރައީސް ޔާމީނަށް ތާއީދު އޮތްކަން ދައްކަން އެއްވުން މަނާ ސަރަހައްދެއްގައި ބޭއްވި އެއްވުމުންނެވެ. މާކުރިއްސުރެ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ގެންގޮސްގެން ބޭއްވި ހަރަކާތުންނެވެ.

ޤައުމީ ދިދަ ދީފައި ބޮލުގައި ފިޔާތޮށި އައްސުވައިގެން ނެރުނު މީހުންގެ އަދަދު ފެންނަ ފެނުމަށް މަދެއް ނޫނެވެ. މަގުމެދަށް އެއްވެތިބިއިރު ފެންނަނީ ހަމަ ބައިހެޔޮކޮށެވެ. ރައީސް ޔާމީން ވާހަކަ ދައްކަވަމުން ދިޔައިރު ކޮންމެ އެއްޗެއް ވިދާޅުވިއަސް ބާރަށް ހަޅޭ ލަވާ ކުދިން ކޮޅެއް އުޅުނެވެ. ބައެއް ފަހަރަށް އެއީ ޕްރޮގްރާމް ކޮށްފައިވާ އެއްޗެއްހެން ހީވާ ވަރަށް މަންޒަރު ފެނިގެން ދެއެވެ. ބައެއް މީހުން ހަމަ ރަނގަޅަށް ވެސް އަތްޖަހާއިރު އަނެއް ބަޔަކު ފެނުނީ ޖަހަން ޖެހިގެން އަތްޖަހާ ފަދަ ގޮތަކަށެވެ. ދެން ތިބި މީހުން ކުޑައިކޮށް އަތްޖަހާން އުޅޭ ފަދަ ގޮތަކަށް އުޅޭތަން ފެންނައިރު ބައެއް މީހުން ފެންނަނީ ހަރަކާތެއް ނެތިފައި ތިބޭ ފަދަ ގޮތަކަށެވެ. އެތާ ހުންނަން ޖެހިގެން ފޫހިވެފައިވާ ފަދަ ގޮތަކަށެވެ. ބައެއް މީހުން ކެމެރާއަށް އަރާފާނެތީ ގަންނަނީކީ ވެސް އަމަށަކު ބިރެއް ނޫނެވެ. އެމީހުންގެ އެ ހަރަކާތުން ފާހަގަވަނީ ތިމަން ނުދައްކާށޭ، މިތަނަށް އައިކަން އެހެން ބަޔަކަށް އެނގޭކަށް މަށަކު ބޭނުމެއް ނޫނޭ ބުނާކަހަލަ ގޮތެކެވެ. ނޫން ނަމަ އަމުދުން މަ މިތަނަށް މިއައީ ތާއީދު ކުރާތީ ނޫން ކަމަށެވެ. އެމީހުންގެ ހަޤީގީ މަންޒަރު ފެނުނީ އެއެއްވުން ނިމުނީމާ ގެއަށްދާން ހިނގައިގެން މަގުމަތީގައެވެ. ބައެއް މީހުން ހަމަ ވަގުތުން ބޮލުގައި އޮތް ފޮތިކޮޅު މޮހާލައި އަވަސް އަވަހަށް އަތްދަބަހަށް ވައްޓާލިއެވެ. އަނެއް ބަޔަކު ޖިންސު ޖީބަށް ލީއިރު ހުރި ދިމާލަށް ފޮތިކޮޅު އެއްލާލި މީހުން ވެސް އުޅުނެވެ. އެމީހުން އެވަރުން ނިންމާލީކީ ވެސް ނޫނެވެ. ގެއަށް ދިޔަ މަގުމަތީގައި ދިޔައީ ފާޅުގައި ކުސަ ދަމަމުންނެވެ. ވަޒީފާގައި ގެންގުޅުނަސް މިވަރު ކުރާކަށް ނުޖެހޭނެޔޭ ބުނެ ތުން އަނބުރަމުންނެވެ. ދެން ވަޒީފާ ގެއްލުނަސް ނާންނާނަމޭ ބުނާ މީހުން ވެސް އޭގެ ތެރެއިން ހިސާބަކަށް ފެނުނެވެ. އެމްޕީއެލް އާއި ކަސްޓަމް ކައިރީ ސަރަހައްދުގައި ޖަލްސާ ބޭއްވި އިރު އެ ދެ ތަން ހުސްކޮށްފައި މުވައްޒަފުންނަށް ދާންޖެހުނީ ޕީޕީއެމް ޖަގަހަ ކައިރި އަށެވެ.

ކޮންމެއަކަސް އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒު ނުކުރާން ދައްކާ ކޮންމެ ބަހަނާއަކުން ފެންނަނީ އިތުރަށް ބަލިކަށިވާ ތަނެވެ. ތާއީދު އޮތްކަން ދައްކާން ކުރާ ކޮންމެ ކަމަކުން އިތުރަށް ފެންނަނީ ފަޟީޙަތްވާ ތަނެވެ. ގާތުގައި ތިބި މީހުންގެ ތާއީދު އިތުރަށް ގެއްލި މުޅި ސަރުކާރު ސައިޒްވަމުންދާތަނެވެ. އެރޭނޭ ގޮޅި ހުސްވެ ބޮޑުތަނުން ގޮތް ހުސްވަމުންދާތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު