Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިޔަށްގެންދާނެކަމުގެ ޔަޤީންކަން ޤަތަރު އެއަރވޭއިސްއިން ދީފި

މާރޗު 29 އިން، އެޕްރީލް 11އިގެ ނިޔަލަށް 1،800 ފްލައިޓެއް އޮޕަރޭޓް ކުރާނެ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 30 މާރިޗު 2020 | ހޯމަ 07:32
ޤަތަރު އެއަރވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކްބަރް އަލް-ބަކަރ

ޤަތަރު އެއަރވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކްބަރް އަލް-ބަކަރ

ކޮވިޑް-19 ގެ ދަތި އުނދަގޫ ތަޙައްމަލު ކުރަމުންދާ މި ދަނޑިވަޅުގައިވެސް، ޤަތަރު އެއަރވޭސްގެ އޮޕަރޭޝަން އެއްކޮށް ހުއްޓާނުލާނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

އެއެއަރަލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކްބަރް އަލް-ބަކަރ ވިދާޅުވީ، މިހިނގާ މާރޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން، އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 1،800 ފްލައިޓެއް އޮޕަރޭޓް ކުރުމަށް ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މީގެތެރެއިން ގިނަ ފްލައިޓުތައް ދަތުުރު ކުރާނީ 50 އިން ސައްތައިގެ "އޮކިއުޕެންސީ ރޭޓް" އެއްގައި ކަމަށެވެ.

އަލް-ބަކަރ ވިދާޅުވީ، އެއަރލައިނަށް މާލީ ގޮތުން ދަތި އުދަނގޫތަކާއި ކުރިމަތިވެފައިވާކަމަށާއި، ޢާންމު ޙާލަަތައް ރުޖޫޢަވުމަށް ޤަަތަރު ސަރުކާރުގެ މާލީއެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އަދި އުންމީދަކީ، އެއެއަރަލައިނުގެ އޮަޕެރޭޝަން މެދުކަނޑާނުލުން ކަމުގައެވެ. އޭނާ ވިދާޅުވީ ކުންފުނީގައި މިހާރު ފައިސާހުރީ ވަރަށް ކުރު މުއްދަތަކައް އޮޕަރޭޓް ކުރެވޭ މިންވަރަކަށް ކަމަށެވެ.

އަލް- ބަކަރގެ ވާހަކައިގައި، އެ އެއަރަލައިނުގެ އެއްވެސް މުވައްޒަފަކު މިހާތަނައް ވަޒީފާއިން ވަކިކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މުވައްޒަފުން އަމިއްލަ އިޚުތިޔާރުގައި، މުސާރަ ހިނގާ ގަޮތަށާއި ނުހިނގާގޮތައް ޗުއްޓީ ނަގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ މައި އެއަރަލައިންތަކުން މިހާރުވަނީ އޮޕަރޭޝަންތައް ހުއްޓާލާފައެވެ. ޤަތަރ އެއަރވޭސް ހިމެނެނީ އެއްކޮށް އޮޕަރޭޝަން ހުއްޓާނުލާ އެއަރލައިންތަކުގެ ތެރޭގައެވެ.ގިނަ އެއަރ ލައިންތަކުން އޮޕަރޭޝަންތައް ހުއްޓާލީ ކޮވިދް-19 އިން ރައްކާތެރިވުމަށް ބައެއް ޤައުމުތަކުން ބޯޑަރުތައް ބަންދުކުރުމާއި، އަދި ވައިގެ ޞަރަޙައްދުތައް ބަންދުކުރުމާއި ގުޅިގެންނެވެ. ޤައުމުތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އޭވިއޭޝަން ސިނާޢަތައް ވަނީ ބޮޑު ވިޔަފާރި ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

17 އޯގަސްޓު 2017
ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި
17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
07 އޯގަސްޓު 2017

ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން

07 އޯގަސްޓު 2017
ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު