Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްޤަތަރުގެ މައްސަލަ

ޤަތަރު މައްސަލަތެރެއަށް ވަންނާކަށް ބޭނުމެއް ނޫން: އދ

މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށް، އދ ގެ ސަލާމަތީ މަޖިލީހުން ޤަތަރަށް އަންގައިފި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 ޖުލައި 2017 | އަންގާރަ 12:39
އދ ގެ ސަލާމަތީ މަޖިލީހުގެ ރައީސް، ޗައިނާގެ އެމްބެސެޑަރު، ލިއު ޖީޔީ

އދ ގެ ސަލާމަތީ މަޖިލީހުގެ ރައީސް، ޗައިނާގެ އެމްބެސެޑަރު، ލިއު ޖީޔީ

ގަލްފުގެ ޤައުމުތަކާއި ޤަތަރާއި ދެމެދު އޮތް މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށް، އދ ގެ ސަލާމަތީ މަޖިލީހުން ޤަތަރަށް އަންގައިފިއެވެ.

އދ ގެ ސަލާމަތީ މަޖިލީހުން ޤަތަރަށް މިފަދައިން އަންގާފައިވަނީ ޤަތަރުގެ ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙުމާން އަލް ޡާނީ އެ މަޖިލީހާއި ބައްދަލުކުރައްވައި، ޤަތަރާއި ދެކޮޅަށް ޤަލްފުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ހައްލެއް ހޯދައިދިނުމަށް އެދުމުންނެވެ.

ޤަތަރުގެ އެދުމަށް ޖަވާބުދެއްވަމުން، އދ ގެ ސަލާމަތީ މަޖިލީހުގެ ރައީސް، ޗައިނާގެ އެމްބެސެޑަރު، ލިއު ޖީޔީ ވިދާޅުވީ، އެ މައްސަލަތައް ޙައްލުކުރެވޭނީ، މައްސަލައިގައި ހިމެނޭ ޤައުމުތައް އެކުގައި މަޝްވަރާކޮށް، އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި މި މައްސަލައިގައި އެ ނޫންގޮތެއް އޮތްކަމަށް ސަލާމަތީ މަޖިލީހަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް އެމްބެސެޑަރު ލިއު ޖީޔީ ވިދާޅުވީއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ގޮތަކުން ނަމަވެސް، ގަލްފުގެ ޤައުމުތަކުން މިހާރު އުފެދިފައިވާ މައްސަލަ ހައްލު ކޮށްފިނަމަ އެކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.

މީގެ އެއްމަސްދުވަސް ކުރިން، ޖޫން 5 ވަނަ ދުވަހު ސައުދީ އަރަބިއާ އާއި، އެ ޤައުމުގެ ނުފޫޒުގެ ދަށުގައިވާ ޤައުމުތަކަކުން ޤަތަރާއި ސިޔާސީ، އިޤުތިޞާދީ ގުޅުން ކަނޑާލައި، ޤަތަރައި ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަލު އަޅާފައެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް
06 ޖުލައި 2017

ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި

06 ޖުލައި 2017
ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި
28 ޖޫން 2017

ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު

28 ޖޫން 2017
ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ބަލައެއް ނުގަނެވޭ، އެއީ ހެއްކެއްގެ މައްޗަށް ބިނާވެފައި ޑިމާންޑްތަކެއް ނޫން: ގަތަރުގެ ޚާރިޖީ ވަޒީރު
26 ޖޫން 2017

ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ

26 ޖޫން 2017
ޤަތަރަށް ހުށަހަޅާފައިވާ ބައެއް ޝަރުތަކީ އަމަލުކުރެވޭނެ ޝަރުތުތަކެއް ނޫން: އެމެރިކާ
24 ޖޫން 2017

މައްސަލަ ހައްލުކުރަން ހުށަހެޅީ ހަމަނުޖެހޭ ޝަރުތުތަކެއް: ޤަތަރު

24 ޖޫން 2017
މައްސަލަ ހައްލުކުރަން ހުށަހެޅީ ހަމަނުޖެހޭ ޝަރުތުތަކެއް: ޤަތަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު