Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1438

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017 | ބުރާސްފަތި 02:21

ޚާއްސަ ފްލައިޓްތަކެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 އޯގަސްޓު 2017 | ބުރާސްފަތި 02:21
ޝައިޚް ޢަބްދުﷲ ބިން އަލީ ބިން ޢަބްދުﷲ ޤާސިމް އަލް ޘާނީ އާއި މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ދެމެދު ޖިއްދާގައި ކުރިއަށްދިޔަ ބައްދަލުމުގެ ތެރެއިން

ޝައިޚް ޢަބްދުﷲ ބިން އަލީ ބިން ޢަބްދުﷲ ޤާސިމް އަލް ޘާނީ އާއި މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ދެމެދު ޖިއްދާގައި ކުރިއަށްދިޔަ ބައްދަލުމުގެ ތެރެއިން

އިލެކްޓްރޯނިކް ހުއްދައާއި ނުލައި، އެއްގަމު މަގުން، ޤަތަރުގެ ހައްޖުވެރިން ސައުދީއަށް ވަނުމަށް ހުއްދަ ދިނުމަށާއި، އެކަމަށް މަގުފަހި ކުރުމަށް ޤަތަރު-ސައުދީ އެއްގަމު ބޯޑަރު ހުޅުވާލުމަށް ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަމުރުކުރައްވައިފިއެވެ.

ސައުދީ ރަސްގެފާނު މިފަދައިން ނިންމެވީ ޤަތަރުގެ ކުރީގެ އަމީރު، ޝައިޚް ޢަބްދުﷲ ބިން އަލީ ބިން ޢަބްދުﷲ ޤާސިމް އަލް ޘާނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އާއި ބައްދަލުކުރައްވައި، ކުރިއަށްގެންދެވި މަޝްވަރާތަކާއި ގުޅިގެންނެވެ.

ސައުދީ ރަސްގެފާނުގެ ޚާއްސަ ޤަރާރަކުން ނިންމަވާފައިވާ ނިންމެވުމުގައިވަނީ، ސަލްވާ ބޯޑަރު ހުޅުވާލުމަށާއި، ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ބޭނުންވާ ޤަތަރުގެ ހުރިހާ ރައްޔިތުންނަށް، އިލެކްޓްރޯނިކް ހުއްދައާއި ނުލައި، އެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.

މީގެ އިތުރުން ދައްމާމްގައި ހުންނަ ކިންގް ފަހަދް އިންޓަރނޭޝަނަލް އެއާޕޯޓާއި، އަލް އަހްސާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތިބި ޤަތަރުގެ ހައްޖުވެރިން، އެއްވެސް އަގަކާއި ނުލައި، މައްކާއަށް ގެންދިއުމަށްވެސް ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ. އަދި ހައްޖަށް ދާން ބޭނުންވެފައި، ޤަތަރުގައި ތިބި ފަރާތްތައް ހައްޖަށް ގެންދިއުމަށް ދޯހާ އާއި ޖިއްދާއާއި ދެމެދު ސީދާ ފްލައިޓަތަކެއް އުދުހުމަށް ސައުދީ އަރަބިއަން އެއާލައިންސްއަށްވެސް އަންގަވާފައިވެއެވެ.

ސައުދީން ކުއްލިއަކަށް ޤަތަރުގެ ރައްޔިތުންގެ ހައްޖުގެ ކަންކަން ހަމަޖައްސައިދޭން ނިންމިއިރު، ގަލްފުގައި އުފެދިފައިވާ މައްސަލައާއި ގުޅިގެން، ޤަތަރު ރައްޔިތުންނަށް ހައްޖަށް ދިއުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
26 އެޕްރީލު 2017

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް