Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ މައްސަލަ

މައްސަލަ ހައްލުކުރަން ހުށަހެޅީ ހަމަނުޖެހޭ ޝަރުތުތަކެއް: ޤަތަރު

ހުށަހެޅުންތައް ލިބުނީ ކުވެއިތު މެދުވެރިކޮށް ޖޫން 22 ވަނަ ދުވަހު: ޤަތަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 24 ޖޫން 2017 | ހޮނިހިރު 06:16
ޤަތަރު ރައްޔިތަކު އެޤައުމުގެ ދިދަ ހިފައިގެން - ސައުދީން އިސްވެ އޮވެ، ރަމަޟާން މަހު ވަނީ ޤަތަރަށް ދަތިކުރުމުގެ ގިނަ ފިޔަވަލުތަކެއް އަޅާފަ

ޤަތަރު ރައްޔިތަކު އެޤައުމުގެ ދިދަ ހިފައިގެން - ސައުދީން އިސްވެ އޮވެ، ރަމަޟާން މަހު ވަނީ ޤަތަރަށް ދަތިކުރުމުގެ ގިނަ ފިޔަވަލުތަކެއް އަޅާފަ

ސައުދީ އަރަބިއާ އިސްވެއޮވެ، ޤަތަރު އެކަހެރިކޮށް، ޤަތަރަށް އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައްސަލަ ހައްލުކުރުމަށް ކުވެއިތު މެދުވެރިކޮށް، ޤަތަރަށް ހުށަހަޅާފައިވަނީ ހަމަނުޖެހޭ 13 ޝަރުތު ކަމަށް ޤަތަރުން ބުނެފިއެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހުގެރޭ ފަތިހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤަތަރު ހިޞާރުކޮށްގެން އުޅޭ ޤައުމުތަކާއި މިޞްރުގެ ފަރާތުން ޖޫން 22 ވަނަ ދުވަހު ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހުށަހެޅުންތަކަށް އެކަށޭނަ ރައްދެއް ދިނުމަށް، ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ.

ހުށަހެޅުންތައް ދިރާސާ ކުރަމުންދާ ކަމަށް ޤަތަރުން ރަސްމީކޮށް ބުނެފައިވާއިރު، އެ ހުށަހެޅުންތަކަކީ ހަމަނުޖެހޭ ހުށަހެޅުންތަކެއް ކަމަށް ވިދާޅުވެ، ޤަތަރުގެ ފޮރިން މިނިސްޓަރ މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް ޡާނީ ވަނީ އެ ހުށަހެޅުންތައް ބަދަލު ކުރުމަށް ގޮވާލައްވާފައެވެ.

މި ހުށަހެޅުންތައް ޤަތަރާއި ހަވާލުކުރުމާއި ގުޅިގެން، ހުކުރު ދުވަހު މީޑިއާގައި ވާހަކަދައްކަވަމުން، އެކުވެރި އަރަބި އިމާރާތުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަންވަރު ގަރްގާޝް ވިދާޅުވީ، ކަނޑާލާފައިވާ ގުޅުންތައް އަލުން ޤާއިމް ކުރުމަށް ޤަތަރުން އެދޭނަމަ، އެ ޝަރުތުތަކަށް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން، ގަރްގާޝް ވަނީ ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޡާނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކުވެއިތު މެދުވެރިކޮށް ސައުދީއާއި އޫއޭއީއާއި، ބަޚްރެއިންގެ އިތުރުން މިޞްރުން ވަނީ ޤަތަރަށް 13 ކަމެއް ހުށަހަޅާފައެވެ. އެ ކަންތައްތަކަކީ:

  • އިރާނާއެކު ޤަތަރުން ބާއްވާ ސިޔާސީ ގުޅުން ހަނިކޮށް، ޤަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ޤަތަރުން ބޭރުކޮށް، އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުން
  • ގަތަރުގައި ތުރުކީން ބިނާކުރާ އަސްކަރީ ބޭސްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ތުރުކީ އާއި އޮންނަ ގުޅުން ކަނޑާލުން
  • މުސްލިމް ބްރަދަރހުޑް، އައިއެސް، އަލްގައިދާ، ޖަބްހަތު ފަތަހް އަލް ޝާމް (ކުރިން ނުސްރާ ފްރޮންޓް) އަދި ލުބްނާންގެ ހެޒްބުﷲ އާ ޤަތަރުން ބާއްވަމުންދާ ހުރިހާ ގުޅުމެއް ކަނޑާލުމާއިއެކު، ސައުދީ އަރަބިޔާ، ބަޚްރެއިން، ޔޫއޭއީ، އަދި މިސްރާއި އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓަށް އިތުރު ކުރާ ޖަމާއަތްތަކާ ވެސް ގުޅުން ކަނޑާލުން.
  • ޓެރަރިސްޓުންގެ ގޮތުގައާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ފަންޑުކުރުން ހުރިހާ މާނައެއްގައި ހުއްޓާލުން.
  • ސައުދީ، ޔޫއޭއީ، ބަޚްރެއިން އަދި މިޞްރުން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކާއި އެހެން ފަރާތްތައްވެސް އެ ގައުމުތަކާއި ހަވާލުކުރުމާއި، އެ މީހުންގެ މައުލޫމާތު ހިއްސާކޮށް، އެ މީހުންގެ މުދާ ހިފެހެއްޓުން.
  • އަލްޖަޒީރާ އާއި އަލްޖަޒީރާއާ ގުޅިފައިވާ ސްޓޭޝަންތައް ބަންދުކުރުން.
  • އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި އިސްތިގުލާލާ އަރައިގަންނަ ފަދަ ކަންކަން ކުރުން ހުއްޓާލުން. އެގޮތުން، ސައުދީ، ޔޫއޭއީ، ބަޚްރެއިން އަދި މިޞްރުން ބުނާ ވަކި ބަޔަކަށް، ޤަތަރުގެ ރަށްވެހިކަން ނުދިނުން.
  • ގަތަރުގެ ސަބަބުން ފުރާނަ ގެއްލިގެން ގޮސްފައިވާ ފަރާތްތަކަށާއި އެކި ފަރާތްތަކަށް މާލީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުން. ބަދަލުގެ އަދަދެއް ކަނޑައަޅާނީ ޤަތަރާ މަޝްވަރާކޮށްގެން.
  • ގަތަރުގެ އަސްކަރީ، ސިޔާސީ، އިޖުތިމާއީ އަދި އިގްތިޞާދީ ސިޔާސަތުތައް ގަލްފު އަދި އަރަބި އެހެން ގައުމުތަކުގެ ސިޔާސަތަށް އޮލަނބުކުރުން.
  • ސައުދީ، ޔޫއޭއީ، ބަޚްރެއިން އަދި މިޞްރުގެ އިދިކޮޅު ސިޔާސީ ފަރާތްކާ ޤަތަރުން ގުޅުން ނުބޭއްވުން. އަދި ޤަތަރުން ގުޅުން ބާއްވާ މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އަދި އެ ފަރާތްތަކަށް ފޯރުކޮށްދޭ އެހީގެ ތަފްޞީލު ސައުދީ، ޔޫއޭއީ، ބަޚްރެއިން އަދި މިޞްރަށް ފޯރުކޮށްދިނުން.
  • ޤަތަރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަންޑުކޮށްގެން ހިންގާ ނިއުސް ކުންފުނިތައް ބަންދުކުރުން. އެގޮތުން އަރަބި21، ރަސްދު، އަލް އަރާބީ އަލް ޖަދީދު، މެކަމެލީން، މިޑްލް އީސްޓް އައި ހިމެނޭ.
  • މި ޝަރުތުތަކަށް 10 ދުވަހުގެ ތެރޭގައި އެއްބަސްވުން. އެއްބަސް ނުވެއްޖެ ނަމަ ޝަރުތުތައް ބާޠިލްވާނެ.
  • ޝަރުތުތަކަށް އެއްބަސްވުމަށްފަހު، ޝަރުތުތަކަށް އަމަލުކުރޭތޯ ބެލުމަށް ފުރަތަމަ އަހަރުތެރޭގައި މަހަކު އެއްފަހަރު އޮޑިޓް ކުރުމާއި ދެ ވަނަ އަހަރު ހަތަރު ފަހަރު އޮޑިޓް ކުރުމާއި އެއަށްފަހު 10 އަހަރު ވަންދެން އަހަރަކު އެއްފަހަރު އޮޑިޓް ކުރުމަށް ޤަތަރުން އެއްބަސްވުން.

މި ޝަރުތުތަކާއި ގުޅިގެން، ގަލްފުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނަމުންދަނީ ޤަތަރަށް ކޮށްފައިވާ ޝަރުތުތަކަކީ، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުން ވާނެ ފަދަ ޝަރުތުތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު