Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: ޗައިނާގެ އެންމެ މުއްސަނދި މީހާ، ޖެކް މާގެ އެހީ ރާއްޖެއަށް!

21 މާރިޗު 2020 | ހޮނިހިރު 07:15

އޭޝިއާގެ ގިނަ ގައުމުތަކަށް އެހީވުމަށް ވަނީ ނިންމަވާފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 21 މާރިޗު 2020 | ހޮނިހިރު 07:15
ޗައިނާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖެކް މާ

ޗައިނާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖެކް މާ

ޗައިނާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، އަދި އަލީބާބާ ގްރޫޕްގެ ފައުންޑަރ ޖެކް މާ، ރާއްޖެއާއި އޭޝިއާގެ ގިނަ ގައުމުތަކަށް ކޮވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ އެމެޖެންސީ ކިޓް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކަށް ޗައިނާއިން އެހީތެރިވަމުން އަންނައިރު، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި 20 ވަނައިގައިވާ އަދި ޗައިނާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖެކް މާ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ، މިކަމާއި ގުޅިގެން އޭޝިއާގެ ގައުމުތަކަށް އެހީވުމަށް ނިންމާފައިވާކަަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އަފްޢާނިސްތާން، ބަންގްލަދޭޝް. ކެމްބޯޑިއާ، ލާއޮސް، މޮންގޯލިއާ ، މިޔަންމާރ, ނޭޕާލް, ޕާކީސްތާން، ސްރީލަންކާ އަދި ރާއްޖެ ހިމެނޭގޮތަށް 1.8 މިލިއަން މާސްކާއި 210،000 ޓެސްޓް ކިޓާއި 36،000 ޕްރޮޓެކްޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި އަދި ތާމޯމީޓަރ ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ޖެކް މާ ވަނީ ވިދާޅުވެފައެވެ.

ޖެކް މާ ވަނީ ގިނަ ގައުމުތަކަށް އެމެޖެންސީ ކިޓްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅުނުކަމުގައިވިޔަސް އެތަކެތި ވީހާވެސް އަވަސް މުއްދަތެއްގައި ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައެވެ. ޖެކް މާގެ މި އެހީގެ އިތުރުން، ޗައިނާގެ އެންމެ ވަރުގަދަ އެއް ކޮންސްޓްރަކްޝަން ކުންފުނި، ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ޑިވޮލޮޕްމެންޓް (ބީޔޫސީޖީ) އިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 50 އިލޮކްޓޮރޯނިކް ފޭސްމާސްކް ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރިޔަށްދާ ކަމަށް ޗައިނާގެ ސަފީރު ޒަންގް ލީ ޒޮންގް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ހާލަތާ ގުޅިގެން، ރާއްޖޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެކު ގާތުން މުއާމަލާތް ކުރެވެމުންދާ ކަމުގެ ޔަގީންކަން ސަފީރު ވަނީ އަރުއްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް