Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޗެއާޕާސަން

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

ޕާޓީ ހިންގާނީ ރައީސްގެ ލަފަޔާ އިރުޝާދުގެ ދަށުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ފެބުރުއަރީ 2017 | ހޮނިހިރު 03:06
ހަސަން ލަތީފް: އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމަށް ވަނީ ހޮވިވަޑައިގެންފައި

ހަސަން ލަތީފް: އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމަށް ވަނީ ހޮވިވަޑައިގެންފައި

ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތްތައް ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ މީހަކަށް ވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވި ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމް ކަށަވަރު ކޮށްފައިވާ ހަސަން ލަތީފް ވިދާޅުވީ ޕާޓީ ހިންގާނީ ޕާޓީގެ ލީޑަޝިޕާއި ޤައުމީ މަޖިލީހުގެ އިތުރުން ޕާޓީގެ ރައީސްގެ މަޝްވަރާގެ މަތިން ކަމަށާއި އިދާރީ ކަންކަން ކުރެއްވުމުގެ އިތުރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އެމަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރާ މީހާއަށް ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ވަރަށް ސާފުކޮށް އޮވޭ އެމްޑީޕީގެ ޗެއާޕާސަންގެ މަސައްކަތް. އެމަސައްކަތް ކުރުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ޕާޓީގެ ލީޑަޝިޕާއި، ޤައުމީ މަޖިލީހާއި ޕާޓީގެ ކޮމެޓީތަކުގެ އިތުރުން ޕާޓީގެ ރައީސްގެ ލަފަޔާ އިރުޝާދުގެ ދަށުން. އަޅުގަނޑުގެ އެންމެ މުހިއްމު އަމާޒަކަށް ވާނީ ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުން. ޕާޓީ އިދާރީ ގޮތުން ހަރުދަނާކުރުމުގެ އިތުރުން ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ދެމިހުންނާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ކެންޕޭން ތެރޭގައި ވަރަށް ގިނަ ދަތުރު ކުރެވޭތޯ ބެއްލެވިން ކަމަށާއި ނަމަވެސް ދަތުރު ކުރެވުނީ 40 އަށް ރަށަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ރަށަށް ދިއުމުގެ މަސައްކަތް ކުރައްވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު