ކޮވިޑް-19: މެލޭޝިޔާއިން ސިންގަޕޫރާ ދެމެދު އޮންނަ ބޯޑަރު ބަންދުކޮށްފި
19 މާރިޗު 2020 | ބުރާސްފަތި 03:16ބޯޑަރު ބަންދުކުރީ 14 ދުވަހަށް


މެލޭޝިޔާ އާއި ސިންގަޕޫރު ގުޅޭ ބޯޑަރު
ކޮވިޑް-19 އިން ރައްކާތެރިވުމަށް މެލޭޝިޔާއިން އެ ގައުމާއި ސިންގަޕޫރާ ދެމެދު އޮންނަ ބޯޑަރު ބަންދުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެލޭޝިޔާއާ ސިންގަޕޫރު ދެމެދު އޮންނަ ބޯޑަރު ބަންދުކުރީ 14 ދުވަހަށެވެ.
މެލޭޝިޔާގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 31 އާ ހަމައަށް ބޭރުގެ ގައުމުތަކުން އެގައުމަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. އަދި މެލޭޝިޔާގެ ރައްޔިތުން ގައުމުން ބޭރަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ.
މެލޭޝިޔާއާ ސިންގަޕޫރު ދެމެދު އޮންނަ ބޯޑަރު ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ދެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ސިންގަޕޫރަކީ މެލޭޝިޔާގެ މަސައްކަތްތެރިންނާއި ކާނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ވާތީއެވެ. އަދި ނިންމުމާއެކު ދެގައުމަށް ވެސް ދަތި އުނދަގޫތައް ކުރިމަތިވާނެވާނެ ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް ސިންގަޕޫރުގައި އެ ގައުމަށް ބޭނުންވާ ވަރަށް ކާނާ ރައްކާކުރެވިފައިވާ ކަމަށާއި، ދަތިތައް ކުރިމަތިނުވާނެ ކަމަށް އެ ގައުމުގެ ޓްރޭޑް މިނިސްޓްރީން ވަނީ ހާމަކޮށްފަ ކޮށްފައެވެ.
މުޅި ދުނިޔޭގައި މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.







