Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިޔަންމާގެ އަސްކަރިއްޔާއަށް އިންތިހާއަށް ފާޑުކިޔުން އޮތަސް އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ އާއި ދެމެދު ބާއްވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ

29 ސެޕްޓެމްބަރު 2017 | ހުކުރު 11:09

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 29 ސެޕްޓެމްބަރު 2017 | ހުކުރު 11:09
އަސްކަރިއްޔާގެ އަމަލުތަކާ ހެދި އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށްދާން ޖެހިފައި

އަސްކަރިއްޔާގެ އަމަލުތަކާ ހެދި އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ ގައުމު ދޫކޮށްދާން ޖެހިފައި

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެގައުމުގެ އަސްކަރިއްޔާއަށް ބައިނަލްއަގްވާމީ ގޮތުން އިންތިހާއަށް ފާޑުކިޔުން އަމާޒުވިނަމަވެސް، އޮސްޓްެރޭލިޔާ އާއި މިޔަންމާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ 300،000 ޑޮލަރުގެ އަގުހުރި އަސްކަރީ ޓްެރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޮސްޓްރޭލިޔާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް ގެ ތަރުޖަމާނަކު މީޑިއާއަށް ވިދާޅުވީ އޮސްޓްރޭލިޔާ އިން މިޔަންމާގެ އަސްކަރިއްޔާ އާ އެކު މަސައްކަތް ކުރަމުން ދަނީ އެގައުމުގެ އަސްކަރިއްޔާގެ ޕްރޮފިޝަނަލިޒަމް ޕްރޮމޯޓް ކުރުމަށާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވުމަށް އެހީވުމަށް ކަމަށެވެ. މިކަންކަން ކުރުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އާއިއެކު ގުޅުން އޮންނަށް ޖެހޭނެ ކަމަށްވެސް އޮސްޓްރޭލިޔާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ބުނެއެވެ. އެފަރާތުން އިތުރަށް ބުނީ މިޔަންމާގެ އަސްކަރިއްޔާ އާ އެކު ގުޅުން އޮތަސް ކުރިއަށް ހުރި އަސްކަރީ ހަރަކާތްތަކާއި އަދި މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތައް އަބަދުވެސް ރިވިއު ކުރަމުން ދާނެ ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭގޮތުން އދ އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ
07 ޖޫން 2017

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ
24 މެއި 2017

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް