Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-އެމެރިކާ

ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެއްޖެ: ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް ވަނީ ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ބިލެެއް ތަސްދީގު ކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 16:18
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ރަޝިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން މިހާތަނަށް ގޯސްވެފައި ނުވާހާ މިންވަރަށް ގޯސްވެފައިވާ ކަމަށާއި އަދި ގުޅުން ގޯސްވެފައި ވަނީ ވަރަށް ނުރައްކާތެރި މިންވަރަކަށް ކަމަށް އެމެރިކާގެ ރައީށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ޓްވިޓާގައި މިހެން ވިދާޅުވިއިރު ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އިން ފާސްކުރި ބިލު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަސްދީގު ކުަރައްވާފައެވެ. ރައީސް ޓްރަމްޕް ބިލު ތަސްދީގު ކުރެއްވިއަސް އެމަނިކުފާނު ވަނި ބިލާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންފައެވެ. ބިލުގައި ސޮެއިކުރެއްވި އިރު ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް މީޑިއާ ގައި ރިޕޯޓުކޮށްފައި ވަނީ، ކޮންގްރެސް އިން ހެއްދެވީ ގޯހެއް ކަމަށާއި، ރައީސެއްގެ ހައިސިއްޔަތުން ބޭރު ގައުމުތަކާ މާ ރަނގަޅު ޑީލްތަކެއް އެމަނިކުފާނަށްވެސް ހެއްދެވޭނެ ކަމަށެވެ.

ރަޝިއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނެއް އެމެރިކާ އިން ވުޖޫދަށް ގެނައުމުން ރަޝިއާ އިން ވަނީ ހިތްހަމަނުޖެހިފައެވެ. އެމެރިކާ އިން ރަޝިއާ އަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ. ރަޝިއާގެ ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އެމެރިކާ އިން ރަޝިއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެމެރިކާގެ އާ ސަރުކާރާ އެކީ އޮތް ގުޅުން ރަނގަޅު ކުރުމަށް އޮތް އުންމީދު ފަނޑުވީ ކަމަށެވެ. އިތުރަށް މެޑްވެޑޭވް ވިދާޅުވީ ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރެއްވުމަަކީ އެމަނިކުފާނުގެ ނާގާބިލުކަން އަންގައިދޭ ކަމެއް ކަމަށާއި އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ރައީސް ޓްރަމްޕް ފަޟީހަތް ކޮށްފައިވާ ކަަމަށެވެ.

ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން، ރައީސް ޓްރަމްޕް ރަޝިއާއާ ދެކޮޅަަށް އަޅާ ނުވަތަ އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ބޭނުން ނަމަ ދެން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަންށެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. ރަޝިއާއާ ދެކޮޅަށް ކުރެވޭ އެންމެހާ ތުހުމަތުތައް އެގައުމުން ދޮގުކުރެއެވެ.

އަންގާރަ ދުވަހު، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ އޭނާ އާއި އަދި ރައީސް ޓްރަމްޕް ވެސް ބިލާ މެދު "އެހާ ހިތްހަމަ ނުޖެހޭ" ކަމަަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލާ ގުޅިގެން، ގާނޫނަކަށް ނުވެސް ވަނީސް ރަޝިއާ އިން ވަނީ ރައްދު ދޭން ފަށާފައެވެ. އެގޮތުން ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން ވަނީ އަންގަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު