Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު-އިރާން

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން ދިއައީ ގަތަރުން އިރާނާއެކު އޮންނަ ގުޅުން ކަނޑާލަން ގޮވާލަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 އޯގަސްޓު 2017 | ހުކުރު 06:51
ގަތަރަކީ ދިރިއުޅުމުގެ ފެންވަރު މަތީ އަދި މުއްސަނދި ގައުމެއް

ގަތަރަކީ ދިރިއުޅުމުގެ ފެންވަރު މަތީ އަދި މުއްސަނދި ގައުމެއް

ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމާއި އަދި އެހެނިހެން ވެސް ބައެއް ގުޅުންތައް ކަނޑާލާފައިވާ ގައުމުތަކުގެ ނުރުހުމާ އެކު ގަތަރުން އިރާނާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ބުރާސްފަތި ދުވަހު ފުރިހަމައަށް އަލުން ގާއިމުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ގަތަރުގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލީ ޖޫން މަހުގެ ތެރޭގައެވެ. އަދި ގަތަރާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ، މިސްރު، ޔޫއޭއީ، އަދި ބަހްރައިން އިން ވަނީ ގަތަރާ އެކު އޮންނަ ގުޅުން، އެއްގަމު، ވައި، އަދި ކަނޑު މަގުން ވެސް ކަނޑާލާފައެވެ.

ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ބައެއް ގައުމުތަައް ކަމަށްވާ ސައުދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ފަހުން ބުނެފައި ވަނީ ގަތަރަށް އެގައުތަކުން ކޮށްފައިވާ ފިއްތުންތަކަށް، އިރާނާއެކު އޮންނަ ގުޅުން ކަނޑާލައިފި ނަމަ، ލުޔެއް ދޭނެ ކަމަށެވެ.

ބައެއް އަރަބި ގައުމުތަކުން ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލިޔަސް އިރާނުން ދަނީ އެކި ގޮތްގޮތުން ގަތަރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިރާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރަން، ގަތަރުގެ ގައުމީ އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އަށް ފުރުސަތު ދީފައެވެ. އަދި ތަފާތު އެހީގެ ތަކެތީގެ ސަޕްލައި ގަތަރަށް ފޮނުވާފައެވެ.

ގަތަރުން އިރާނާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުން ދޭހަވެގެން ދަނީ ސަރަހައްދީ އެކުވެރި ގައުމުތަކުން ކޮންމެ ފަދަ ފިއްތުންތަކެއް ކުރިމަތި ކުރިއަސް ގަަތަރުން ބޯނުލަނބާނެ ކަން ކަމަށް، މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު