Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ޑަބްލިއުއެޗްއޯގެ އިލްތިމާސް: ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ، ޓެސްޓް، ޓެސްޓް، ޓެސްޓް!

16 މާރިޗު 2020 | ހޯމަ 19:18

ފާއިތުވި 2 ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 ހަލުވި މިނެއްގައި އެކި ޤައުމުތަކުގައި ފެތުރިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2020 | ހޯމަ 19:18
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ކޮވިޑް-19 ދެނެގަނެ, އެ ފަރާތްތައް އެކަހެރި ކުރުމާއި، ފަރުވާ ދިނުމުގައި އެންމެ އިސްކަމެއްގެ ގޮތުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންސިންގ މަދު ކުރުމަށްޓަކައި އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ބައެއް ސުކޫލުތަކާއި، އާންމުން އެއްވެ އުޅޭ ތަންތަން ބަންދު ކުރުމަށް އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ޓެޑްރޯސް ތައުރީފް ކުރައްވާފައިވެއެވެ.

ކަންއެހެންހުރިކަމުގައިވިޔަސް ކޮވިޑް-19 އަށް ޓެސްޓުކޮށް ދެނެގަތުމުގެ މަރުޙަލާގެ ކަންކަން އަދިވެސް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާކަން ޓެޑްރޯސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، "ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ" ކަމަށާއި، ހަމައެގޮތަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ބަލި ޖެހިފައިތިބި މީހުން ނޭނގި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޑަބްލިއުއެޗްއޯއިން 120 ޤައުމަށް 1.5 މިލިއަނަށްވުރެ ގިނަ ޓެސްޓު ކިޓްތައް ފޮނުވާފައިވާކަން ފާހަގަކުރައްވައި ޓެޑްރޯސް ވަނީ އެންމެ މުހިއްމު އިލްތިމާސެއްގެ ގޮތުން މި ވައިރަސްއަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަށް އެހީފޯރުކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން ހުކުރު ދުވަހު ހުޅުވި މި ފަންޑަށް މިހާތަނަށް އައިއިރު ލައްކައަކަށްވުރެ ގިނަ މީހުން އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، 19 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދިފައިވާކަން ޓެޑްރޯސް ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ މިހިނގާ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރުވެސް ޓެޑްރޯސް ވަނީ ބުރަ މަސައްކަތާއެކު މި ވައިރަސްއިން ސަލާމަތް ވެވިދާނެކަން ބައެއް ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ކުރީބައިގައި ބަލި ދެނެގަނެ، ޓެސްޓުކޮށް، ފަރުވާކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ވައިރަސްގެ ނުރައްކާ ކުޑަ ކުރެވޭނެ ގޮތެއްކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 އެޕްރީލު 2019

ބަދަލުހިފުމުގެ ހަމަލާއެއްގެ ބިރާއެކު ލަންކާގައި ހުކުރު ނަމާދު ޖަމާއަތް ނުހެދުމަށް އިލްތިމާސްކޮށްފި

26 އެޕްރީލު 2019
ބަދަލުހިފުމުގެ ހަމަލާއެއްގެ ބިރާއެކު ލަންކާގައި ހުކުރު ނަމާދު ޖަމާއަތް ނުހެދުމަށް އިލްތިމާސްކޮށްފި
28 މެއި 2018

މެކުނާ ހުރެ ބަންދުކުރި އޮމާނުގެ އެއާޕޯޓެއް ހުޅުވަނީ

28 މެއި 2018
މެކުނާ ހުރެ ބަންދުކުރި އޮމާނުގެ އެއާޕޯޓެއް ހުޅުވަނީ
03 މެއި 2018

ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި

03 މެއި 2018
ޓްވިޓަރ ޕާސްވޯރޑްތައް ފެންނަގޮތްވުމުން ޕާސްވޯރޑްތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފި
11 މާރިޗު 2018

ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި

11 މާރިޗު 2018
ޗައިނާގެ ރައީސް އަށް އުމުރު ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ފާސްކޮށްފި
16 ޖެނުއަރީ 2018

އުތުރު ކޮރެއާ އަށް ދަތުރުކުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިލްތިމާސްކޮށްފި

16 ޖެނުއަރީ 2018
އުތުރު ކޮރެއާ އަށް ދަތުރުކުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިލްތިމާސްކޮށްފި
14 ނޮވެމްބަރު 2017

ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް

14 ނޮވެމްބަރު 2017
ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް
24 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު
22 އޮކްޓޯބަރު 2017

ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި

22 އޮކްޓޯބަރު 2017
ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި
21 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި

21 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް