Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

"އީރާނަކީ އެއް ނަންބަރު ދުޝްމަން"

ރާއްޖެ އެމްވީ | 8 ޖޫން 2017 | ބުރާސްފަތި 16:25
ގަތަރު

ގަތަރު

އީރާނާ އެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލުމަކީ ގަތަރަށް މަޖުބޫރު ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ބަހުރެއިންގެ ޚާރިޖީ ވަޒީރު އަނެއްކާވެސް ވާހަކަފުޅު ދައްކަވައިފިއެވެ.

ގަތާރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބަހުރެއިން ގެ ޚާރިޖީ ވަޒީރު ޝޭޚް ޚާލިދު ބިން އަހްމަދު އަލް ޚަލީފާ ސައުދީ އަރަބިއްޔާގެ އަޝާގް އަލް އަސްވަތު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ގަތަރުން އީރާނާ ދުރަށް ދާން ޖެހޭ ކަމަށާއި އަދި "ޓެރަރިސްޓް" ގްރޫޕް ތަކަށް ވާގި ވެރިވުން ގަތަރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ބަހުރެއިންގެ ޚާރިޖީ ވަޒީރުގެ މި އިންޓަވިއުގައި އީރާނު ސިފަ ކުރައްވާފއިވަނީ "އެއް ނަންބަރު ދުޝްމަން" ގެ ގޮތުގައެވެ.

އީރާނަށް އަމާޒު ކުރައްވާ ބަހުރޭންގެ ޚާރިޖީ ވަޒީރު ސިފަކުރެއްވި ގޮތުގައި އެ ސަރަހައްދު ބައިބައިކޮށް ނުބައި ރޭވުން ރާވާ "ގައުމަކާ" ގުޅިގެން ގަތަރަށް މޮޅު ގޮތެއް ނުލިބޭނެ ކަމަށާއި ގަތަރު ގުޅިގެން އުޅެންޖެހޭނީ "ތިމަންނާމެންނާ" ކަމަށެވެ.

ބަހުރެއިންގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އީރާނަކީ ގަލްފް ސަރަހައްދުގެ ގައުމުތައް ބައިބައޮކޮށް އެ ގައުމުތަކުގެ މައްޗަށް ގަދަވެ ގަންނަން މަސައްކަތް ކުރާ ގައުމެއް ކަމަށް ވިދާޅުވިއެވެ.

ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، ބަހްރޭން އާއި ލީބިޔާ އާއި ދިވެހި ރާއްޖެ، މޮރިޝަސް، މޮރިޓާނިއާ އަދި ސެނެގަލް އެވެ.

ޖޯޑްން އާއި ޖިބޫތީން ވަނީ އެ ދެ ގައުމުން ގަތަރާއި އެކު އޮންނަ ގުޅުން ހީނަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު