Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ-އެމެރިކާ

އުތުރު ކޮރެއާ އަށް ދަތުރުކުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިލްތިމާސްކޮށްފި

އުތުރު ކޮރެއާ އަށް ދަތުރު ކުރާ އެމެރިކާގެ ރައްޔިތުންނަށް އައު ޓްރެވެލް އެޑްވައިޒަރީ ނެރެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2018 | އަންގާރަ 07:14
އުތުރު ކޮރެއާގައި ޗުއްޓީ ހޭދަކުރަނިކޮށް ހައްޔަރުކުރި އެމެރިކާގެ ދަރިވަރު އޯޓޯ ވާމްބިއާ އުތުރު ކޮރެއާ ސިފައިންގެ ހައްޔަރުގައި

އުތުރު ކޮރެއާގައި ޗުއްޓީ ހޭދަކުރަނިކޮށް ހައްޔަރުކުރި އެމެރިކާގެ ދަރިވަރު އޯޓޯ ވާމްބިއާ އުތުރު ކޮރެއާ ސިފައިންގެ ހައްޔަރުގައި

އުތުރު ކޮރެއާ އަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުންގެ ވަޞިއްޔަތެއް އޮތްނަމަ އެކަން ފުރިހަމަކޮށް، ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށްފަހުގައި ނޫނީ ދަތުރު ނުފެށުމަށް އެމެރިކާ އިން އިލްތިމާސްކޮށްފި އެވެ.

އެމެރިކާގެ ޚާރިޖިއްޔާ ވުޒާރާއިން މިމަހުގެ 10 ވަނަ ދުވަހު ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީ ވަނީ، އުތުރު ކޮރެއާ އަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުން ދަތުރަށް ފުރުމުގެ ކުރިން ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށާއި، އެމީހުންނަށް ބަލަދުއަރާ އަނބިން ނުވަތަ ފިރިން އަދި ދަރިންނާއި ގެންގުޅޭ ޖަނަވާރުތަކުގެ ބަލަދުވެރިކަން ހަވާލުވާނެ މީހެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާ އަށް ދަތުރު ކުރުމަށް ބޭނުންވާ އެމެރިކާގެ ރައްޔިތުންނަށް ޙާއްސަކޮށް އެމެރިކާގެ ޚާރިޖިއްޔާ އިން މިދިޔަ އަހަރު ހަދާފައިވާ ގަވާއިދުތަކުގެ އިތުރުން، އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން އުތުރު ކޮރެއާ އަށް ދަތުރުކުރުމަށް ބޭނުންވާ އެމެރިކާގެ ރައްޔިތުންނަށް ދޫކުރާ ހާއްސަ ހުއްދަ ހޯދުމުގައި ބަލާ މިންގަނޑު ހަރުކަށި ކޮށްފައިވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އުތުރު ކޮރެއާ އާ ގުޅޭ އައު ޓްރެވެލް އެޑްވައިޒަރީގައިވާ ގޮތުން، އުތުރު ކޮރެއާ އަށް ދަތުރު ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ލިބިއްޖެނަމަ، ދަތުރުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތު ތަކުގެ ތެރޭގައި އެންމެ ފަހުގެ ވަޞިއްޔަތް ކުރުމާއި، އިންޝުއަރެންސް ފަދަ ކަންކަމުގައި މަންފާކުރާނެ ބަޔަކު ކަނޑައަޅައި ޕަވަރ އޮފް އެޓަރނީ ދޭނެ ފަރާތެއް ކަނޑައެޅުމާއި، ދަރިންނާއި ބަލަދުވެރިން އަދި ކުއްތާ ފަދަ ގޭގައި ގެންގުޅޭ ޖަނަވާރުތަކާއި ހަވާލުވާނެ ފަރާތެއް ކަނޑައެޅުމާއި ގުޅޭ ގޮތުން އާއިލާގެ މެމްބަރުންނާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށާއި، ގެދޮރާއި މުދާ އަދި ފަސޭހައިން ފައިސާ އަށް ބަދަލުނުކުރެވޭ މުދަލާއިމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާ އަށް ދަތުރު ކުރުމަށް ހަރުކަށި ގަވާއިދުތަކެއް ހަދާފައިވަނީ، ޗުއްޓީ ހޭދަކުރުމަށް އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގަށް ދަތުރުކުރި އެމެރިކާގެ 22 އަހަރުގެ ދަރިވަރެއް ކަމަށްވާ އޯޓޯ ވާމްބިއާ އުތުރު ކޮރެއާ އިން ހައްޔަރުކޮށް، 15 އަހަރުގެ ބުރަ މަސައްކަތަށް ހުކުމް ކުރުމަށްފަހު ދޫކޮށްލުމާއެކު މަރުވި ހާދިސާ އަށްފަހުއެވެ. އޭނާ މަރުވެފައިވަނީ މިދިޔަ ހޫނު މޫސުމުގައި އެނބުރި ގައުމަށް ދިޔަތާ ދުވަސްކޮޅެއްގެ ތެރޭގައި ގޮތް ނޭނގޭ ކޯމާ އަކަށް ދިޔުމަށްފަހު އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ އިންޒާރުގައި، އުތުރު ކޮރެއާގައި އެމެރިކާގެ އެމްބަސީ އެއް ނެތުމާއެކު އެގައުމަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ނެތުމާއެކު، ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެގެން ތިބުމަށް ދަތުރުވެރިންނަށް އިލްތިމާސް ކޮށްފައިވެއެވެ.

ވާމްބިއާގެ މަރުގެ ސަބަބަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ "ގޮތެއްފޮތެއްނެތް"، އަނިޔާވެރި ވެރިކަން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތެއްގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ކަނޑައަޅާފައެވެ.

މީގެ އިތުރުން އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ (ލެވެލް 4) ގެ ގައުމުތަކުގެ ލިސްޓުގައި އުތުރު ކޮރެއާ ހިމަނާފައެވެ. އެލިސްޓުގައި އުތުރު ކޮރެއާގެ އިތުރުން ދެން ހިމެނެނީ އިރާގާއި އިރާން، އަފްޣާނިސްތާން، ސީރިއާ، މާލީ، ޔަމަން އަދި ލީބިއާގެ އިތުރުން ސޯމާލިއާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުތުރު ކޮރެއާ އަށް ދަތުރު ކުރުމަށް ބޭނުންވާ އެމެރިކާގެ ރައްޔިތުންނަށް އެމެރިކާ ޕާސްޕޯޓުގައި އެގައުމަށް އެތެރެވުން އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ މަނާކޮށްފައެވެ. އަދި އެގައުމަށް ދަތުރު ކުރުމަށް ބޭނުންވާ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެމެރިކާގެ ޚާރިޖިއްޔާ އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އުތުރު ކޮރެއާގެ އެއް ދަތުރަށް ހާއްސަ ޕާސްޕޯޓެއް ދޫކުރާނެ ކަމަށާއި، އެހެންނަމަވެސް އެ ހުއްދަ ލިބޭނީ ވަރަށް މަދު ހާލަތެއްގައި ކަމަށް ޚާރިޖިއްޔާ އިން މިދިޔަ އަހަރު ނެރެފައިވާ އަމުރުގައިވެއެވެ. އެއަމުރާއި ޚިލާފަށް އެމެރިކާ ސަރުކާރުގެ ހާއްސަ ހުއްދައެއް ނެތި، އެގައުމުގެ ޕާސްޕޯޓުގައި އުތުރު ކޮރެއާ އަށް ދަތުރުކުރާ ފަރާތްތަކާއި ދެކޮޅަށް ޕާސްޕޯޓް ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައި ޕާސްޕޯޓް ކެންސަލްކޮށް، ކަމާއި ގުޅޭ ގާނޫނުތަކުގެ ދަށުން ދައުވާ ކުރާނެ ކަމަށް އެއަމުރުގައިވެއެވެ.

އުތުރު ކޮރެއާ އަށް ދަތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ހުއްދަ ދޫކުރާނީ ގައުމީ މަސްލަހަތާއި ގުޅޭ ކަންކަމުގައި ކަމަށް ކަނޑައަޅައި، އެއަމުރުގައި އެ ހުއްދަ ދިނުމުގައި ބަލާނެ 4 ކަމެއް ހިމަނާފައިވެއެވެ. އެއީ، ނޫސްވެރިޔަކަށް ނުވަތަ ރިޕޯޓަރަކަށް ވުމާއި، ދަތުރުގެ މަގްސަދަކީ އުތުރު ކޮރެއާ އާ ގުޅޭ މައުލޫމާތު ހޯދައި އެމައުލޫމާތު އާއްމު ކުރުމަށް ކުރާ ދަތުރަކަށް ވުން ނުވަތަ، ދަތުރުކުރާ ފަރާތަކީ ރެޑް ކްރޮސްގެ މިޝަން އެއްގައި ކޮރެއާ އަށް ދަތުރު ކުރުމަށް ބޭނުންވާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް ނުވަތަ އެމެރިކަން ރެޑް ކްރޮސްގެ މެމްބަރަކަށްވުން، ނުވަތަ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ ދަތުރެއް ކަމުގައި ސާބިތު ކޮށްދިނުމުގެ އިތުރުން އެދަތުރަކީ އެމެރިކާގެ ގައުމީ މަސްލަހަތު ހިމެނޭ ދަތުރަކަށް ވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު