Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން މެކުނު

މެކުނާ ހުރެ ބަންދުކުރި އޮމާނުގެ އެއާޕޯޓެއް ހުޅުވަނީ

އެެއާޕޯޓް ދެދުވަހެއްގެ ތެރޭގައި ހުޅުވަނީ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 28 މެއި 2018 | ހޯމަ 12:42
އޮމާނުގެ ދެ ވަނައަށް އެންމެ ބޮޑު އެއާޕޯޓް، ސަލާލަހް

އޮމާނުގެ ދެ ވަނައަށް އެންމެ ބޮޑު އެއާޕޯޓް، ސަލާލަހް

ތޫފާން މެކުނުގެ ސަބަބުން ވަގުތީ ގޮތުން ބަންދުކުރި އޮމާނުގެ ސަލާލަހް އިންޓަނޭޝަނަލް އެއާޕޯޓް ދެ ދުވަހެއްގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ގައުމުގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރަސްމީކޮށް އެއްވެސް އިދާރާއަކުން ބަހެއް ބުނި ކަމުގައި ނުވިޔަސް އޮމާނުގެ ވައިގެ އިދާރާގެ އޮފިޝަލުން ވިދާޅުވީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން، މެކުނު، އޮމާނަށް އެރުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ބަންދުކުރި އެއާޕޯޓް ދެ ދުވަސް ތެރޭގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޮމާނުގެ ދެ ވަނައަށް އެންމެ ބޮޑު އެއާޕޯޓް، ސަލާލަހް، ހުކުރު ދުވަހު ބަންދުކުރަން ޖެހުނީ މެކުނު ތޫފާނުގެ ސަބަބުން ލިބެމުން ދިޔަ ގެއްލުންތަކުގެ ސަބަބުން ދިމާވި ބޮޑެތި ގޮންޖެހުންތަކާ ހެދިއެވެ.

ތޫފާންގެ ސަބަބުން އޮމާނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ދެ މީހުން މަރުވެ، ތިން މީހުން ގެއްލިފައިވާ ކަމަށް އޮމާންގެ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

އޮމާނުން ގެއްލުނު ތިން މީހުންނަކީ އޭޝިއާ އަށް ނިސްބަތްވާ ތިން މީހުން ކަމަށް އޮމާންގެ ރަސްމީ ނިއުސް އޭޖެންސީ އޯ.އެން.އޭ އިން ވަނީ ބުނެފައެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

އެހެން ނަމަވެސް މިހާރު ތޫފާނުގެ ބާރު ވަނީ ދަށްވެފައެވެ. އަދި ތޫފާން މެކުނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އޮމާންގެ ދޮފަރަށް، އިއުލާނުކުރި ކުއްލިނުރައްކަލުގެ ހާލަތު ވެސް ވަނީ އުވާލާފައެވެ.

ފުލުހުން ލަފާދީފައި ވަނީ، މެކުނުގެ އަސަރު ކުޑަވި ނަމަވެސް އާއްމުން އަދި ބޭރަށް ނުކުމެ ނޫޅުމަށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2020

ޑަބްލިއުއެޗްއޯގެ އިލްތިމާސް: ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ، ޓެސްޓް، ޓެސްޓް، ޓެސްޓް!

16 މާރިޗު 2020
ޑަބްލިއުއެޗްއޯގެ އިލްތިމާސް: ކަނުބަނދެގެން ހުރެ އަލިފާންގަނޑެއް ނުނިއްވޭނެ، ޓެސްޓް، ޓެސްޓް، ޓެސްޓް!
12 ޖެނުއަރީ 2020

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ލިބޭ ފަހުރެއް

12 ޖެނުއަރީ 2020
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ލިބޭ ފަހުރެއް
25 އޯގަސްޓު 2019

ކުރީގެ ބައިވެރިޔާގެ އެކައުންޓް އެސްޓްރޮނޯޓަކު ހެކް ކޮށްލީ ޖައްވުގައި ހުރެގެން!

25 އޯގަސްޓު 2019
ކުރީގެ ބައިވެރިޔާގެ އެކައުންޓް އެސްޓްރޮނޯޓަކު ހެކް ކޮށްލީ ޖައްވުގައި ހުރެގެން!
18 އޯގަސްޓު 2019

ލަންކާގެ ދެ އެއާޕޯޓެއް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަނީ

18 އޯގަސްޓު 2019
ލަންކާގެ ދެ އެއާޕޯޓެއް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަނީ
14 އޯގަސްޓު 2019

މުޒާހަރާތަކާއި ގުޅިގެން ބަންދުކުރި ހޮންގކޮންގގެ އެއަރޕޯޓު އަލުން ހުޅުވައިފި

14 އޯގަސްޓު 2019
މުޒާހަރާތަކާއި ގުޅިގެން ބަންދުކުރި ހޮންގކޮންގގެ އެއަރޕޯޓު އަލުން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު