Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް މުގާބޭ

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި

ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭގެ ދިގު ވެރިކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 11:45
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރު ކުރައްވަނިކޮށް، މުގާބޭ ނިދިކުރައްވާފައި

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރު ކުރައްވަނިކޮށް، މުގާބޭ ނިދިކުރައްވާފައި

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޚުދުމުޚުތާރު ލީޑަރު ރޮބަޓް މުގާބޭ ހަމަޖައްސައިފިއެވެ.

ވާރލްޑް ހެލްތު އޯގަނައިޒޭޝަންގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖައްސާފައިވަނީ، ނަން-ކޮމިއުނިކަބަލް (ގައިންގަޔަށް ނާރާ) ބަލިތަކާއި ދެކޮޅަށް ހިންގާ ކެމްޕެއިނަށެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔޭސަސް ވަނީ ޒިމްބާބްވޭގެ ޞިއްޙީ ނިޒާމަށް ތައުރީފް ކުރައްވާފައެވެ. އިތިއޯޕިއާއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޓެޑްރޮސް އަކީ ޑަބްލިއުއެޗްއޯގެ އެފްރިކާ ބައްރަށް އުފަން ފުރަތަމަ އިސް ވެރިޔާއެވެ.

އެބޭފުޅާ އެމަގާމަށް އިންތިޚާބުވެފައިވަނީ، އެމަގާމުގައި ކުރިން ހުންނެވި މާގަރެޓް ޗަން، 10 އަހަރަށްފަހު މިދިޔަ ޖޫން މަހު އެމަގާމުން ވަކިވުމާއި ގުޅިގެންނެވެ. ޑަބްލިއުއެޗްއޯގެ އިސް ވެރިޔާގެ މަގާމަށް ޑރ. ޓެޑްރޯސް އިންތިޚާބުވީ އެޖަމިއްޔާ ސިޔާސީ ނުފޫޒުން މިނިވަން ކުރުމުގެ މެންޑޭޓާއި އެކުގައެވެ.

އެހެންނަމަވެސް މުގާބޭގެ 37 އަހަރުވީ ދިގު ވެރިކަމުގެ ތެރޭގައި އެޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ޤަވާއިދުން މުސާރަ ނުދިނުމާއި، އެކަށިގެންވާ މިންވަރަށް ބޭހުގެ ބާވަތްތައް ނުލިބުން ފަދަ މައްސަލަތަކާއި ގުޅިގެން ޞިއްޙީ ނިޒާމް ބަލިކަށިވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އުމުރުފުޅުން 93 އަހަރުގެ ރޮބަޓް މުގާބޭ، ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ، އެޖަމިއްޔާގެ އެހެން މެމްބަރު ގައުމުތަކާއި، އެހީދޭ ފަރާތްތަކަށް ސިހުން ލިބިގެންދިޔަ ނިންމެވުމެކެވެ.

އާއްމު ގޮތެއްގައި މިފަދަ ޖަމިއްޔާތަކުން ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ ދުނިޔެއަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދުމާއި، އެފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ރަމްޒީ މަސައްކަތްތަކެއް ކުރައްވާ ބައެކެވެ. އެހެންނަމަވެސް، ސިއްޙީ ހިދުމަތުގެ ނިޒާމް ރޫޅިފައިވުމާއި، އިންސާނީ ޙައްޤުތަކުގެ ހާލަތާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޒިންމާމްބޭގެ ޚުދުމުޚުތާރު ރައީސް ރޮބަޓް މުގާބޭއަށް މިމަގާމް ދިނުމަކީ، ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މުގާބޭ ބައިވެރިވާނީ ނަން-ކޮމިއުނިކަބަލް (ގައިންގަޔަށް ނާރާ) ބަލިތަކާއި ގުޅޭ ކެމްޕެއިން ތަކުގައެވެ. ނަން-ކޮމިއުނިކަބަލް ބަލިތަކަކީ، ދިގު މުއްދަތަކަށް ދެމިގެންދާ އަދި، ބަލި ހާލަތަށް ގިނަ ދުވަހުން ބަދަލު އަންނަ، ގައިންގަޔަށް ނާރާ ބަލިތަކެވެ. އެފަދަ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުންފަދަ ހިތުގެ ބަލިތަކާއި، ކެންސަރު، އަދި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކެވެ.

ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ނަން-ކޮމިއުނިކަބަލް ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ 63 އިންސައްތަ އަކީ އެފަދަ ބަލިތަކާއި ގުޅިގެން ދުނިޔެ ދޫކުރާ މީހުންނެވެ. މިފަދަ ބަލިތަކާއި ގުޅިގެން ކޮންމެ އަހަރަކު 36 މިލިއަނަށްވުރެ ގިނަ މީހުން މަރުވާއިރު، އޭގެ ތެރެއިން 80 އިންސައްތަ އަކީ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ފަގީރު ގައުމުތަކުން މަރުވާ މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި

24 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވައިފި

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވައިފި

21 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް މުގާބޭ މަގާމުން ދުރުކުރުމުގެ ސެޝަންތައް ފަށައިފި

ޒިމްބާބްވޭގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް މުގާބޭ މަގާމުން ދުރުކުރުމުގެ ސެޝަންތައް ފަށައިފި

21 ނޮވެމްބަރު 2017
އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް

އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް

18 ނޮވެމްބަރު 2017
ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި

ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި

16 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު