Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮބަޓް މުގާބޭ

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

ޑަބްލިއުއެޗްއޯގެ ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔާފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 އޮކްޓޯބަރު 2017 | އަންގާރަ 17:53
ރައީސް މުގާބޭ

ރައީސް މުގާބޭ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ލީޑަރު ރޮބާޓް މުގާބޭ އެއްވެސް އިރެއްގައި ވެވަޑައިގަންނަވަން ބޭނުންފުޅުގެން އެކަމަށް ނުދަންނަވާ ކަމަށް އޭނާގެ ތަރޖަމާނު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މުގާބޭގެ ތަރުޖަމާނު ޖޯޖް ޗަަރަމްބާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން ދެއްވިއަސް، ގަބޫލުފުޅު ވެސް ނުކުރައްވާނެ ކަމަށެވެ. ރަސްމީގޮތުން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަމާ ހަވާލުވެވަޑައިގަތުމަށް މުގާބޭ އަށް ޑަބްލިއުއެޗްއޯ އިން ނުވެސް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޚުދުމުޚިުތާރު ލީޑަރު މުގާބޭ ހަމަޖެއްސެވުމަށް އެއިދާރާއިން ނިންމި ނިންމުން ބަދަލު ކުރުމުގެ މަސައްކަތް ފަަށައިފި ކަމަށް އާދީއްތަ ދުވަހު އެ އިދާރާއިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން ހިންގާ ގައިންގަޔަށް ނާރާ ބަލިތަކުގެ ކެމްޕެއިންގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމަށް ނިންމީ އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އެވެ. ޑރ. ޓެޑްރޯސްގެ މިނިންމެވުމަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމަށް ނިންމެވިކަން އިއުލާން ކުރައްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޑރ ޓެޑްރޮސް ވަނީ ޒިމްބާބްވޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޒިމްބާބްވޭ އަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ގައުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މުގާބޭގެ 37 އަހަރުވީ ދިގު ވެރިކަމުގެ ތެރޭގައި އެގައުމުގެ ސިއްހީ ޚިދުމަތްތެރިންނަށް ގަވާއިދުން މުސާރަ ނުދިނުމާއި، އެކަށިގެންވާ މިންވަރަށް ބޭހުގެ ބާވަތްތައް ނުލިބުން ފަދަ މައްސަލަތަކާ ގުޅިގެން ސިއްހީ ނިޒާމް ބަލިކަށިވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި ޔުނިވާސަލް ހެލްތު ސިސްޓަމް ނުވަތަ ތަފާތުކުރުމެއް ނެތި އެންމެންނަށް ދައުލަތުން އެއަށް ވުރެ މާ ފުރިހަމައަށް ބޭސްފަރުވާ ކޮށްދޭ ގައުމުތަށް އެބަހުރި ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

08 އޮކްޓޯބަރު 2017
މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ
05 އޮކްޓޯބަރު 2017

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް
21 އޯގަސްޓު 2017

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2017
ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
29 ޖުލައި 2017

ވެރިކަމުންވެސް ނުފައިބާނަން، މަރެއްވެސް ނުވާނަން: ރައީސް މުގާބޭ

29 ޖުލައި 2017
ވެރިކަމުންވެސް ނުފައިބާނަން، މަރެއްވެސް ނުވާނަން: ރައީސް މުގާބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު