Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް މުގާބޭ

ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖައްސާފައިވަނީ މިދިޔަ ބުދަ ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2017 | އާދީއްތަ 17:07
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ: ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ނުވަނީސް އޭނާ ވަނީ އެމަގާމުން ވަކިކޮށްފަ

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ: ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ނުވަނީސް އޭނާ ވަނީ އެމަގާމުން ވަކިކޮށްފަ

ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބެސެޑަރގެ މަގާމަށް ޒިމްބާބްވޭގެ ޚުދުމުޚްތާރު ރައީސް ރޮބަޓް މުގާބޭ ހަމަޖެއްސުމަށްފަހު، ފާޑުކިޔުންތަކާއި ގުޅިގެން އެމަގާމުން ވަކިކޮށްފި އެވެ.

ނަން-ކޮމިއުނިކަބަލް (ގައިން ގަޔަށް ނާރާ) ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވިކަން އިޢުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އުރުގުއާއީގައި ބޭއްވި ޑަބްލިއުއެޗްއޯގެ ބައްދަލުވުމެއްގައެވެ.

މުގާބޭވެސް ބައިވެރިވަޑައިގެންނެވި ނަން-ކޮމިއުނިކަބަލް ޑިޒީޒަސް (އެންސީޑީ) އާއިގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި އެކަން އިޢުލާން ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އެވެ.

މުގާބޭ އެމަގާމަށް ހަމަޖެއްސުމާއި ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެނިންމުން އަނބުރާ ގެންދަވާ ގުޑްވިލް އެމްބެސެޑަރގެ މަގާމް މުގާބޭގެ އަތްޕުޅުން އަތުލައްވާފައިވަނީ އެމަގާމަށް ހަމަޖެއްސެވިތާ 4 ދުވަސް ވެސް ނުވަނީހެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ. ޓެޑްރޮސް ޓްވިޓަރ މެދުވެރިކޮށް އާދީއްތަ ދުވަހު އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ، އެންސީޑީގެ އެފްރިކާ ބައްރުގެ ގުޑްވިލް އެމްބެސެޑަރަކަށް ރޮބަޓް މުގާބޭ ހަމަޖެއްސެވުމާއިގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެނިންމެވުމާއިމެދު އަލުން ވިސްނާވަޑައިގެންފައިވާ ކަމަށެވެ.

އެބަޔާނުގައި ވަނީ، ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމާއި ގުޅިގެން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ކަނުލައި އަޑުއައްސަވައި، އެފަރާތްތަކުގެ ޝަކުވާތައް ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޒިމްބާބްވޭގެ ސަރުކާރާއިވެސް މަޝްވަރާކޮށްފައިވާ ކަމަށާއި، މުގާބޭ އެމަގާމުން ވަކިކުރަން ނިންމާފައިވަނީ ޑަބްލިއުއެޗްއޯ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް ބެލުމަށްފަހުގައި ކަމަށެވެ.

އުމުރުފުޅުން 93 އަހަރުގެ ރޮބަޓް މުގާބޭ، ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ، އެޖަމިއްޔާގެ އެހެން މެމްބަރު ގައުމުތަކާއި، އެހީދޭ ފަރާތްތަކަށް ސިހުން ލިބިގެންދިޔަ ނިންމެވުމެކެވެ.

ޑަބްލިއުއެޗްއޯގެ ނިންމުމަށް ޒިމްބާބްވޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފެށިގެން، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ހަމަޔަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ޒިންމާބްވޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ވަކީލަކު ވަނީ، މުގާބޭގެ އަމިއްލަފުޅު ގައުމުގެ ޞިއްހީ ނިޒާމް ހަލާކުކޮށްފައިވާ ގުޑްވިލް އެމްބެސެޑަރަކު ހުރުމާއިމެދު ދެކެނީ ކިހިނެއްތޯ ޑަބްލިއުއެޗްއޯ އާއި ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން، ޒިމްބާބްވޭގެ ބައެއް އާއްމުން ވަނީ، މުގާބޭގެ އާލާސްކަންފުޅަށް ޒިމްބާބްވޭގެ ސިއްހީ ނިޒާމްގެ ބޭނުން ނުކުރައްވާ، ސިއްހީ ފަރުވާ ހޯއްދެއްވުމަށް ޤައުމުން ބޭރަށް ވަޑައިގެންނެވުމަކީ، ޒިމްބާބްވޭގެ ސިއްހީ ނިޒާމުގެ ދުޅަހެޔޮކަން ހުރި މިންވަރު ވަޒަންކޮށްދޭ ކަމެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.

ނޫފެ އިތުރުން ޒިމްބާބްވޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށް ކަމުން، މުގާބޭ ސިއްހީ ފަރުވާ އަށް ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށް ބުނެ ބައެއް އާއްމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯގެ މިނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، މިއީ ހައިރާންކަމާއި މާޔޫސްކަން ގެނުވި ނިންމުމެއް ކަމަށް ވިދާޅުވެ، އެނިންމުމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ މަސައްކަތްތަކަށް ހިޔަނި އެޅޭނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެ އިތުރުން ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑެއޫ ވަނީ، އޭނާ އަށް ހީފުޅުކުރެއްވުނީ އެއީ "އޭޕްރީލް ފޫލް" ޖޯކެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ، ޑަބްލިއުއެޗްއޯގެ ނިންމުމާއި، އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް އިހްތިރާމް ކުރުމަށް އދ. އިން ގެންގުޅޭ ފިކުރާއި ސާފުކޮށް ފުށުއަރާ ކަމަށް ބުނެފައެވެ.

ޒިމްބާބްވޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި ގުޅޭ ގޮތުން އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން އަބަދުވެސް މުގާބޭގެ ސަރުކާރަށް ފާޑުކިޔައެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމުގެ ނިންމެވުމަށް ފާޑު ކިޔާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ތެރޭގައި ވެލްކަމް ޓްރަސްޓް، އެންސީޑީ އެލަޔަންސް، ޔޫއެން ވޮޗް، ވޯލްޑް ހާރޓް ފެޑެރޭޝަން އަދި އެކްޝަން އަގައިންސްޓް ސްމޯކިންގ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު