Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ޑަބްލިއުއެޗްއޯގެ ތައުރީފު ރޮނާލްޑޯ، މެސީ އަދި ޕޮގްބާއަށް

އަދަނަމް ވަނީ މީގެ ކުރިން ރޮނާލްޑޯ، މެސީ އަދި ޕޮގްބާގެ އިތުރުން ކުޅިވަރު އާއިލާއާއި ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 މާރިޗު 2020 | ހޯމަ 13:50
ރޮނާލްޑޯ، މެސީ އަދި ޕޮގްބާ

ރޮނާލްޑޯ، މެސީ އަދި ޕޮގްބާ

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ އަޑިއަޅައިލާފައިވާ މިދަނޑިވަޅު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ފްރާންސްގެ ޕައުލް ޕޮގްބާ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުން އެކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯގެ) ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނަމް ތައުރީފުކޮށްފިއެވެ.

އަދަނަމް ވަނީ މީގެ ކުރިން ރޮނާލްޑޯ، މެސީ އަދި ޕޮގްބާގެ އިތުރުން ކުޅިވަރު އާއިލާއާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އަދަނަމް ވަނީ ކުޅިވަރު ކުޅުންތެރިން އެ ކުޅުންތެރިންގެ ސަޕޯޓަރުން ކޮވިޑް-19 އިން ހޭލުންތެރި ކުރުމަށް އެދިފައެވެ.

އަދަނަމްގެ މި އެދުމަށް ރޮނާލްޑޯ، މެސީ އަދި ޕޮގްބާވަނީ ބޯލަނބައި އެ ކުޅުންތެރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކޮށްފައެވެ.

ރޮނާލްޑޯ އޭނާގެ ޓުވިޓާގައި ބުނީ މިއީ ދަތި ހާލަތެއް ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން އެކުވެ މަސައްކަތް ކުރަން ޖެހޭކަމަށެވެ. މިއަދު މިވާހަކަ ދައްކަނީ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ނަމަވެސް، ދަރިޔެއް، ބައްޕައެއް، އަދި އިންސާނެއްގެ ހައިސިއްޔަތުން މިވާހަކަ ދައްކަން މިއަދު މަޖުބޫރު ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ މިވަގުތު އެންމެންނަށް ވެސް ރަނގަޅުވާނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދޭ އިރުޝާދާއި އެއްގޮތައް އަމަލުކޮށްގެން ކަމަށެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އިންސާނުންގެ ފުރާނައަކީ އެހެން ހުރިހާ އެއްޗަކަށްވުރެ އަގު ބޮޑު އެއްޗެއް ކަމަށާއި، ކޮރޯނާވައިރަސް (ކޮވިޑް-19) ގައި ފުރާނަ ދޫކޮށްދިޔަ ހުރިހާ އެންމެންއަށް ތައުޒިޔާ ކިޔާ ކަމަށެވެ. އަދި ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަރައިގަތުމަށް އެންމެން އެކުވެ މަސައްކަތްކުރުމަށް ރޮނާލްޑޯ ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން މެސީ އަދި ޕޮގްބާވެސް ވަނީ ސޯޝަލް މީޑިއާގައި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އަމަލުކުރުމަށާއި، މި ދުވަސްވަރު ސިއްހަތައް އިތުރަށް ސަމާލުވުމަށް ގޮވާލައިފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 174،134 އަށް އަރައިފައެވެ. އަދި މި ބަލީގައި 6،684 މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު