Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

މެޗުގައި މޮރާޓާ ވަނީ ހެޓްރިކު ހަދާފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 6 އެޕްރީލު 2017 | ބުރާސްފަތި 15:47
ރެއާލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ރެއާލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މުހިންމު ގިނަ ކުޅުންތެރިންތަކެށް ނުހިމަނައި ކުޅުނު މެޗުން ރެއާލް މެޑްރިޑުން ލެގަނޭސްގެ މައްޗަށް ކުރިހޯދައި ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި.

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ލެގަނޭސްގެ މައްޗަށް ރެއާލުން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ރެއާލުން މެޗަށް ނިކުމެފައިވަނީ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނަ އެވެ. އެގޮތުން ރޮނާލްޑޯ އަދި ބޭލްގެ އިތުރުން ޓޯނީ ކްރޫސް އަދި ވެރާނޭއަށްވެސް ރޭގެ މެޗުން ފުރުސަތު ދީފައެށް ނުވެ އެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒިދާން ބުނެފައިވަނީ އެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ނުދިނީ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުމައްޓަކާ އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. ސްކޮޑުން ޖާގަ ނުލިބުނު ވެރާނޭ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅުގައި ރެއާލުން ވަނީ ލެގަނޭސްގެ މައްޗަށް ލީޑު ނަގާފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޖޭމްސް ރޮޑްރިގޭސް އެވެ. ލެގަނޭސްގެ ހާފުގެ މެދެއްހާ ހިސާބުން އަސެންސިއޯ 3 ކުޅުންތެރިން ކައިރިން ނައްޓާލުމައްފަހު އޭރިއާގެ ތެރެއިން ހުރަސްކޮއްލި ބޯޅަ ޖޭމްސް ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރުގެ އަތް ކައިރިންނެވެ.

އޭގެ ތިން މިނެޓު ފަހުން ރެއާލުން ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮއްފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގައި މޮޅު ކުޅުމެށް ދެއްކި އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ މި ލަނޑު ކާމިޔާބުކޮއްފައިވަނީ ލިބުނު ކޯނަރެށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި މޮރާޓާ ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކޮށް ރެއާލްގެ ލީޑު އިތުރަށް ފުޅާ ކޮއްދީފަ އެވެ. ޑިފެންސް ލައިން ފޫއަޅުވާލުމައްފަހު މޮރާޓާ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލުގެ މަތީ ކަނަށެވެ. ލެގަނޭސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުލުފުލުގައި ދެލަނޑު ކާމިޔާބުކޮށް ރެއާލްގެ ލީޑު ކޮޑަކޮއްފައެވެ. ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ބޭނުންހިފައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ގަބްރިއެލް ޕިރޭސް އެވެ. އޭގެ ދެމިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮއްދިނީ ލިބުނު ކޯނަރަކުން ލުކިއާނޯ ނަވާސް އެވެ.

ރެއާލުން ދެވަނަ ހާފު ފެށީ ކުޅުން އިތުރަށް ވަރުގަދަ ކޮއްދެންނެވެ. ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެށް ނުވަނީސް މޮރާޓާ ވަނީ ރެއާލްއަށް 4 ވަނަ ލަނޑު ކާމިޔާބުކޮއްދީ ހެޓްރިކު ހަދާފަ އެވެ. ރެއާލަށް ލިބުނު ހިލޭޖެހުމެށް ޖޭމްސް ރޮޑްރިގޭސް އޭރިއާގެ ތެރެއަށް ހުރަސް ކޮއްލުމުން މޮރާޓާ ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއެކު ރެއާލުން ވަނީ ލީގު ތާވަލުގެ އެއްވަނަ ދަމަހައްޓައިފަ އެވެ. ރެއާލުން އެއްވަނާގައި އޮތީ ކުޅުނު 29 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ބާސެލޯނާ އޮތީ ރެއާލައްވުރެ 1 މެޗު އިތުރަށް ކުޅެ 69 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އެތްލެޓިކޯ މެޑްރިޑު އޮތީ ކުޅުނު 30 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު