Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް

މަސީހާއި އެއްކޮޅަށް ވޯޓުދެއްވި މެމްބަރުންނަށް އެއްވެސް ހިތްބުރަ ކަމެއް ނެތް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 04:04
ދިްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ދިްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވި ޕީޕީއެމްގެ ބައެއް މެމްބަރުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައިވާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވިދާޅުވީ، މަސީހާއި އެއްކޮޅަށް ވޯޓުދެއްވި މެމްބަރުންނަށް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ. އަދި އެ ބެފުޅުންގެ މަޖުބޫރީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރި އިހުތިޖާޖާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ އިހުތިޖާޖްކުރީ ހަމައެކަނި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ހައްޤުގައި ނޫން ކަމަށެވެ. އަދި އިހުތިޖާޖްކުރީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ހައްޤުގައި ކަމަށް ފާރިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައެއް މެމްބަރުންނަށް އިހުތިޖާޖްކުރަންޖެހުނީ ހުރިހާ މެމްބަރުންނަށް އިހުތިޖާޖްނުކުރެވޭތީ ކަމަށެވެ.

"އެކިގޮތްގޮތުން އަޅުގަނޑަށް މެސެޖު އެބަލިބޭ، އެ ވޯޓުގައި، އެ ރޯލް ކޯލްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެކި އެކި މެމްބަރުންގެ ފަރާތްޕުޅުން ތިޔަ މަސައްކަތް ކުރިއަށްގެންދާށޭ. ބައެއް ބޭފުޅުން ވިދާޅުވޭ ތިމަންނަ މި ވަގުތު މި ހުރީ، މާލެއިން ބޭރުގައޭ. މާލެ އައިސަ ބައްދަލުކުރާނަމޭ. ބައްދަލުކޮށް ތިމަންނަ ވަރަށް އަވަހަށް ގޮތެއް ނިންމާނަމޭ. މިކަމުން މިހާރު ސަލާމަތްވާންޖެހިއްޖޭ. ސަލާމަތްވާން މަޖުބޫރުވެއްޖޭ. ތިމަންނަމެންލައްވާ މިއަދުކުރި ކަންތައްތަކުން ތިމަންނަމެން ލަދުގަނެފިއޭ." ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހަން ޖެހޭނީ އިލެކްޓްރިން ނިޒާމު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފި ނަމަ އެކަނި ކަމަށާއި އެފަދަ ހާލަތެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް ނެތްކަމަށައި، ރޯލް ކޯލް ވޯޓު ނަގާފައިވަނީ މަޖިލީހުގެ ގަވައިދާއި ހިލާފަށް ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދަޅުވި ގޮތުގައި މެޝިން ބޭނުންކޮށްގެން ވޯޓު ނެގިނަމަ، އެ ވޯޓު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކުރެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ވޯޓު ދޭން ބޭނުންވާ މެމްބަރުންތަކެއް ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި ވެސް ތިބުމުން ކަމަށާއި އެ މެމްބަރުން ބޭނުންވީ ނަތީޖާ އަންނަ ގޮތަކަށް ވޯޓުދިނުމަށް ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު