Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

މިއީ ފުޓްބޯޅަ ކުޅުންތެރިއެއް މި ވައިރަހަށް ޕޮޒިޓިވްވި ދެވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 މާރިޗު 2020 | ބުރާސްފަތި 14:57
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން މަނޯލޯ ގަބިއަޑިނީ މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މިއީ މި ވައިރަސް ޕޮޒިޓިވްވި ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ވަނީ ނިންމާފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެވެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.

އިޓަލީގައި މިހާތަނަށް ކޮރޯނާވައިރަހުގެ 12،000 އަށް ވުރެގިނަ ކޭސް ފެނިފައިވާއިރު ވައިރަހުގެ ސަބަބުން 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2019

ޕީއެސްޖީގެ ފޯވާޑް ކަވާނީ އެތްލެޓިކޯއަށް ބަދަލުވަނީ!

23 ޑިސެމްބަރު 2019
ޕީއެސްޖީގެ ފޯވާޑް ކަވާނީ އެތްލެޓިކޯއަށް ބަދަލުވަނީ!
09 އޯގަސްޓު 2019

ޔޫރަޕްގެ އެންމެ މޮޅު ފޯވާޑްގެ މަގާމަށް ރޮނާލްޑޯ އަދި މެސީ ވާދަކުރަނީ

09 އޯގަސްޓު 2019
ޔޫރަޕްގެ އެންމެ މޮޅު ފޯވާޑްގެ މަގާމަށް ރޮނާލްޑޯ އަދި މެސީ ވާދަކުރަނީ
07 އޯގަސްޓު 2019

ޔުނައިޓެޑް އަދި އެޓްލެޓިކޯއަށް ކުޅުނު އުރުގުއޭގެ ފޯވާޑް ފޯލާން ކުޅުން ހުއްޓާލައިފި

07 އޯގަސްޓު 2019
ޔުނައިޓެޑް އަދި އެޓްލެޓިކޯއަށް ކުޅުނު އުރުގުއޭގެ ފޯވާޑް ފޯލާން ކުޅުން ހުއްޓާލައިފި
07 މެއި 2019

އީގަލްސްއަށް ކުޅުނު މިސްރުގެ ފޯވާޑް ފޯކައިދޫ އަށް

07 މެއި 2019
އީގަލްސްއަށް ކުޅުނު މިސްރުގެ ފޯވާޑް ފޯކައިދޫ އަށް
03 އެޕްރީލު 2018

ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް

03 އެޕްރީލު 2018
ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު