Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިއެގޯ ފޯލާން

ޔުނައިޓެޑް އަދި އެޓްލެޓިކޯއަށް ކުޅުނު އުރުގުއޭގެ ފޯވާޑް ފޯލާން ކުޅުން ހުއްޓާލައިފި

ކުޅުން ހުއްޓާލަން ޖެހުމުން ފޯލާން ހުރީ ދެރަވެފައި

ލީވާން އަލީ
ލީވާން އަލީ | 7 އޯގަސްޓު 2019 | ބުދަ 11:45
ޑިއެގޯ ފޯލާން

ޑިއެގޯ ފޯލާން

މެންޗެސްޓާ ޔުނައިޓެޑް އަދި އެޓްލެޓިކޯ މެޑްރިޑަށް ކުޅުނު އުރުގުއޭގެ ފޯވާޑް ޑިއެގޯ ފޯލާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 40 އަހަރުގައި ކުޅުން ހުއްޓާލުމަށް ފަހު ފޯލާން ބުނީ، ކުޅުން ހުއްޓާލުމަކީ އޭނާއަށް ފަސޭހަވި ކަމެއް ނޫން ކަމަށާއި، މިއީ ކެރިޔަރުގައި އެންމެ ދެކެން ބޭނުންވާ ވަގުތު ކަމަށެވެ.

ނަމަވެސް މިވަގުތު އަންނާނެކަން ކުރިން ވެސް އެނގޭ ކަމަށް ފާހަގަ ކުރަމުން ފޯލާން ބުނީ، އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ހުރި ކަމަށެވެ.

ފޯލާން ކުޅުން ހުއްޓާލުމާއެކު، ފުޓުބޯޅަ ގިނަ ކުޅުންތެރިން އަދި ސަޕޯޓަރުން އަންނަނީ އޭނާ ފުޓުބޯޅައަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރަމުންނެވެ.

އާޖެންޓީނާ ލީގުން ފުޓުބޯޅަ ކެރިޔަރު ފެށި ފޯލާން ވަނީ ޔުނައިޓެޑް، ވިޔަރެއާލް، އެޓްލެޓިކޯ އަދި އިންޓަ މިލާނަށް ވެސް ކުޅެފައެވެ. އަދި އޭނާ ވަނީ އޭޝިއާގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ މުމްބާއި ސިޓީ އެފްސީވެސް ހިމެނެއެވެ.

ފޯލާން އެންމެ ފަހުން ކުޅެމުން އައީ ހޮންކޮންގ ޓީމެއް ކަމަށްވާ ކިޗީއަށެވެ. އޭނާ ވަނީ ކިޗީއާއެކު ހޮންކޮންގ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކޮށްފައިވާ ފޯލާން ވަނީ އެޓްލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަކަޕްވެސް ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން އުރުގުއޭ ގައުމީ ޓީމަށް ކުޅުނު 112 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައިވާ ފޯލާން ވަނީ 2011 ވަނަ އަހަރު އެޓީމާއެކު ކޮޕަ އެމެރިކާ ވެސް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު