Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެޕް ގާޑިއޯލާ

ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް

މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 އެޕްރީލު 2018 | އަންގާރަ 16:47
ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން

ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން

ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން ހުއްޓުވުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރާއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި ދެ ޓީމު ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލްއެވެ. މި މެޗުގައި ސިޓީ ކޮޅަށް ލިވަޕޫލްގެ ކުރިޔަށް ކުޅެމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ ސަދިއޯ މާނޭ އަދި މުހައްމަދު ސަލާހުގެ އިތުރުން ރޮބާޓޯ ފިރްމީނޯ ވެސް ލަނޑު ޖެހިއެވެ. މި ކުޅުންތެރިން ތެރެއިން ވެސް ސަލާހު ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް 37 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގެ ފޯވާޑް ލައިނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސަލާހު ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށާއި ހަމައެކަނި ސަމާލުކަން ދޭންޖެހެނީ އޭނާއަށް ނޫން ކަމަށެވެ. އޭނާ ބުނީ ފިރްމީނޯ އަދި މާނޭގެ އިތުރުން ސަލާހު ހުއްޓުވުމަކީ ނުވާނެ ކަމެއް ކަމަށާއި އެ ތިން ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ތިން ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ލިވަޕޫލް ކުޅޭ ގޮތަކީ ދެނެގަންނަން ވަރަށް އުނދަގޫ ގޮތެއް ކަމަށާއި އެ ޓީމަކީ ވަރަށް އަވަސް ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ.

މި މެޗާއި ކުރިމަތިލާނީ ލިވަޕޫލްއަކީ ތަފާތު ޓީމެއްކަން ދަނެގެން ކަމަށާއި މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވުމާއެކު މި ހިސާބުގައި އެއްވެސް ޓީމެއް ފަސޭހަ ނުވާނެ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. އޭނާ ބުނީ ލިވަޕޫލްއަށް އޭނާގެ ޓީމު ހުއްޓުވިއްޖެނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި އޭރުން ދެން އަންނަ ސީޒަނުގައި މިއަށްވުރެ ބޮޑަށް ތައްޔާރުވެގެން އެނބުރި އަންނާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ އޭނާއަކީ ނަތީޖާއަށް ވިސްނާ މީހެއް ނޫން ކަމަށާ ވިސްނަނީ ޓީމުގެ ފަރާތުން ފެންނަ ކުޅުމަށް ކަމަށެވެ. އޭނާ ބުނީ ނަތީޖާ ނެރެވޭނީ އަބަދުވެސް ރީތި ކުޅުމެއް ދައްކައިގެން ކަމަށާއި އެހެން ކަމުން ނަތީޖާއާ މެދު ވިސްނުމަކީ އޭނާ ދުވަހަކު ވެސް ކުރި ކަމެއް ނޫން ކަމަށެވެ. ގާޑިއޯލާ ބުނީ ލަނޑު ޖެހުމަކީ މުހިންމު ކަމެއް ކަމަށާއި އޭނާގެ ޓީމަކީ އަބަދު ވެސް ލަނޑު ޖެހުމަށް މަސައްކަތްކުރާ ޓީމެއް ކަމަށެވެ. އޭނާ ބުނީ މެޗު އެއްވަރުވެއްޖެނަމަ އެއީ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އަދި އެކަން ބަލައިގަންނަން ވެސް ދަތިވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ތަށި ސިޓީއިން ޔަގީންކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ސިޓީ ނުކުންނާނީ ބުދަ ދުވަހުގެ ރެޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

16 ޖެނުއަރީ 2018
ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެންޑައިކް ދައްކާލައިފި

ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެންޑައިކް ދައްކާލައިފި

01 ޖެނުއަރީ 2018
ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް

ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް

26 ނޮވެމްބަރު 2017
ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

23 އޮކްޓޯބަރު 2017
ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު