Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް: ކޮންޓޭ

ޓޮޓެންހަމް އަދި ޗެލްސީ ކުޅޭ މެޗުގައި ކޭންއަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 މާރިޗު 2018 | ހުކުރު 12:08
ހެރީ ކޭން

ހެރީ ކޭން

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު ޗެލްސީ ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. 1990 ވަނަ އަހަރުގެ ފަހުން ޗެލްސީގެ ދަނޑުގައި ޓޮޓެންހަމް މޮޅުވެފައިނުވާއިރު މި މެޗުގައި ކޭންއަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފިދަފައެވެ. ނެދަލޭންޑްސްއާ ދެކޮޅަށް އިނގިރޭސިވިލާތް ކުޅުނު މެޗު ވެސް ކޭންއަށް ގެއްލުނު އިރު ޗެލްސީއާ ދެކޮޅަށް އޭނާއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ބުނީ ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ މިވަގުތު ދުނިޔޭގައި ވެސް ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށެވެ. ކޮންޓޭ ބުނީ ސީޒަނަކު 30 ލަނޑަށްވުރެ ގިނައިން ޖަހާ ކުޅުންތެރިޔަކު މެޗުގައި ނުކުޅޭނަމަ އެކަން ދައްކާނެ ކަމަށެވެ.

ކޮންޓޭ ބުނީ ޓޮޓެންހަމްއަކީ މުހިންމު ޓީމެއް ކަމަށާއި އެ ޓީމުގައި ވަރަށް ގިނަ މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅޭ ކަމަށާއި ކޭން ނެތްނަމަވެސް އެ ޓީމު ލަނޑު ޖަހާކަން ފަހުން ކުޅެފައިވާ މެޗުތަކުން ފެންނަން އެބަހުރި ކަމަށެވެ. ހަމައެހެންމެ އާދިއްތަ ދުވަހުގެ މެޗަކީ ޗެލްސީއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އެ މެޗު ކާމިޔާބުކުރަން ޖެހޭ ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

ޗެލްސީގެ ކީޕަރު ތީބައު ކޯޓުވާ އަދި ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަންއަށް މި މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. ކޮންޓޭ މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ އާދިއްތަ ދުވަހުގެ މެޗަށް ނެރޭނެ ކުޅުންތެރިން އަދި ނިންމާފައިނުވާ ކަމަށާއި މި ދެ ކުޅުންތެރިންނަށް ނުކުޅެވުމަކީ ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ކޭންއަށް ތައުރީފުކޮށް ކޮންޓޭ ވާހަކަ ދައްކާފައިވާއިރު ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ރަން ބޫޓު ގެންދިޔައީ ކޭންއެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް 24 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު