Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 10،000 ށް ވުރެ މަތިވެ ޔޫރަޕް ނުތަނަވަސްކަމެއްގެ ތެރޭގައި

11 މާރިޗު 2020 | ބުދަ 06:53

އިޓަލީގައި މިވައިރަސް 10,149 މީހުންނަށް ވަނީ ޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މާރިޗު 2020 | ބުދަ 06:53
އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭތީ ވަނީ ލޮކްޑައުންކޮށްފައި

އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭތީ ވަނީ ލޮކްޑައުންކޮށްފައި

އިޓަލީގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 10،000 ށް ވުރެ މައްޗަށް އަރައިފި އެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިޓަލީގައި މިވައިރަސް 10,149 މީހުންނަށް ވަނީ ޖެހިފަ އެވެ. އެއާއެކު އިޓަލީ ވެގެންގޮސްފައިމިވަނީ ޗައިނާއަށް ފަހު އެންމެ ގިނަ މީހުން މިވައިރަސް އަށް ޕޮޒިޓިވްވި ގައުމަށެވެ. އިޓަލީގައި އިއްޔެ އެކަނިވެސް މިވައިރަސް ޖެހިގެން 168 މީހުން ވަނީ މަރުވެފަ އެވެ.

މިހާތަނަށް އެގައުމުން މިވައިރަސް ޖެހިގެން 631 މީހުން ވަނީ މަރުވެފައެވެ. އިޓަލީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ މުޅި ގައުމު ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އާއްމު ތަންތަނުގައި މީހުން އެއްވެ އުޅުން މަނާ ކުރުމާއި މުޅި ގައުމުގައި ހުރިހާ ކުޅިވަރު އިވެންޓުތައް މެދުކަނޑާލުމާއި އަންނަ މަހުގެ ތިނެކާ ޖެހެންދެން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދު ކުރުން ހިމެނެ އެވެ. އަދި އެގައުމަށް ކުރާ ދަތުރުތަކާއި ގައުމުން ބޭރަށް ކުރާ ދަތުރުތަކުގެ އިތުރުން ގައުމުގެ އެތެރޭގެ ދަތުރުފަތުރު ވެސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

އިޓަލީގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ގައުމުގެ އުތުރުގައި އޮންނަ ލޮމްބާޑީ ރީޖަންގަ އެވެ. އެގޮތުން މުޅި ގައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން 74 ޕަސެންޓު މީހުން މަރުވެފައި ވަނީ އެސަރަހައްދުގަ އެވެ. ނަމަވެސް އެ ވައިރަސް ވަނީ މިހާރު މުޅި ގައުމަށް ފެތުރިފަ އެވެ. އަދި އިޓަލީގެ އުތުރާ ބަލާއިރު ތަރައްގީވެފައިވާ މިންވަރު ކުޑަ ސަރަހައްދުތަކަށް ވައިރަސް ފެތުރިއްޖެ ނަމަ، އެ ސަރަހައްދުތަކުގެ ސިއްހީ ނިޒާމު އަޑިއަޅާލާމަރުވާ މީހުންގެ އަދަދު މިހާރަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ބުނެއެވެ.

އަނެއްކޮޅުން އިޓަލީގައި މިވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ޔޫރަޕަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ޔޫރަޕްގައިވާ ކޮރޯނާވައިރަސް ފެތުރޭ މައި ތަނަކީ އިޓަލީކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިންވެސްވަނީ ބުނެފަ އެވެ. އެމެރިކާއާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިޓަލީން މީހުން އެގައުމުތަކަށް އައުން މަނާކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ވެސް އިޓަލީއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް