Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޭޑަން ސަންޗޯ

"ސަންޗޯ ހުރީ އުފަލުން، އެހެން ޓީމަކަށް ބަދަލެއް ނުވާނެ"

3 މާރިޗު 2020 | އަންގާރަ 07:01

ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން އަންނަނީ ސަންޗޯ އަށް ފާރަލަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 3 މާރިޗު 2020 | އަންގާރަ 07:01
ޖޭޑަން ސަންޗޯ

ޖޭޑަން ސަންޗޯ

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ ޑޯޓްމަންޑާއިއެކު ހުރީ އުފަލުން ކަމަށާއި އޭނާ އެހެން ޓީމަކަށް ބަދަލު ނުވާނެ ކަމަށް ޑޯޓްމަންޑްގެ ޗީފް އެގްޒެކެޓިވް ހެންސް ޖޮވިކިން ވައްޓްޒްކާ ބުނެފިއެވެ.

19 އަހަރުގެ ސަންޗޯ ވަނީ މި ސީޒަނުގައި ޑޯޓްމަންޑަށް 14 ލަނޑު ޖަހައިދީ 14 ލަނޑު ޖަހައިދިނުމަށް އެހީވެދީފައެވެ.

ޑޯޓްމަންޑްގެ ޗީފް އެގްޒެކިޓިވް ޖޮވިކިން ބުނީ ސަންޗޯ ޑޯޓްމަންޑުގައި ހުރީ އުފަލުން ކަމަށާއި، އޭނާ ކްލަބު ދޫކޮށް އެހެން ކްލަބަކަށް ނުދާނެކަމަށެވެ. ނަމަވެސް ޓްރާންސްފަރ މަރކެޓްގައި ވާނެ ގޮތެއް އޭނާ އަށް ނޭނގޭ ކަމަށާއި ޓްރާންސްފަރ މަރކެޓްގައި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ. އެކަމަކު ޑޯޓްމަންޑާއި ސަންޗޯ އާއި އޭނާގެ އެޖެންޓާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށްވެސް ޖޮވިކިން ބުންޏެވެ.

ޖޮވިކިން އިތުރަށް ބުނީ އޭނާ ސިޓީގެ ޔޫތު ޓީމު ދޫކޮށް ޑޯޓްމަންޑާއި ގުޅުނީ ސިޓީގެ ސީނިއަރ ޓީމުން ބޮޑު ހުށަހެޅުމެއް ސަންޗޯ އަށް ހުށަހަޅައިފައިވަނިކޮށް ކަމަށާއި، އޭނާ ދެކޭ ގޮތުގައި ސަންޗޯ އަކީ ފައިސާއަށް ކްލަބު ބަދަލުކުރާނެ ކުޅުންތެރިއެއް ނޫން ކަމަށާއި، ސަންޗޯ ނިންމާނީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މީގެ އިތުރުން، ޖޮވިކިން ބުނީ ޑޯޓްމަންޑަކީ ފައިސާ ހުރި ތަނަވަސް ކްލަބެއް ކަމަށާއި ނަމަވެސް ޑޯޓްމަންޑުން ބޭނުން ވަނީ ޒުވާން ކުޅުންތެރިންތަކެއް ނެރެ ގިނަ ތަށިތަކެއް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި މިހާރު ޑޯޓްމަންޑުގައި އޮތް ސްކޮޑާއި މެދު ހިތްހަމަ ޖެހޭ ކަމަށްވެސް ޖޮވިކިން ބުންޏެވެ.

ސަންޗޯ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕްގައެވެ. އެގޮތުން އެ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި އިންގްލޭންޑް ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ސަންޗޯއެވެ. އޭރު ސިޓީގެ ޒުވާން ޓީމަށް ކުޅެމުން އައި ސަންޗޯ އަށް އެ މުބާރާތައް ފަހު ޔޫރަޕުގެ ގިނަ ކްލަބުތަކަކުން ފާރަލިއެވެ. އޭގެ ތެރޭގައި ސިޓީ ވެސް ހިމެނެއެވެ. ނަމަވެސް ލިބުނު ބޮޑެތި ހުށަހެޅުންތަކަށް ނޫނެކޭ ބުނެ ސަންޗޯ ބަދަލުވީ ޖަރުމަނުގެ ކްލަބު ޑޯޓްމަންޑާ އެވެ.

ޑޯޓްމަންޑާއެކު ސަންޗޯ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
12 އެޕްރީލު 2017

ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް

12 އެޕްރީލު 2017
ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
05 މާރިޗު 2017

ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

05 މާރިޗު 2017
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް