Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ބޭނުމަކީ މާޒިޔާ ކޮޅަށް ފުރަތަމަ ގޯލުޖަހާ ޓީމަކަށް ނިއު ހެދުން: ޓަވަރޭޒް

ނިއު އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 އެޕްރީލު 2017 | ބުދަ 18:53
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ބެނާޑޯ ޓަވަރޭޒް

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ބެނާޑޯ ޓަވަރޭޒް

މިއަހަރުގެ ސީޒަނުގައި މާޒިޔާ ކޮޅަށް ލަނޑެއް ނުވަދެ އޮތުމަކީ އެޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެހެން ކަމުން އެޓީމުގެ ކޮޅަށް ލަނޑުޖަހާ ފުރަތަމަ ދިވެހި ޓީމުގެ ޝަރަފު ނިއު އިން ހޯދަން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނެފި އެވެ.

މާލޭ ލީގުގައި ބުރާސްފަތި ދުވަހު މާޒިޔާ އަދި ނިއު ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓަވަރޭޒް ބުނީ މާޒިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް މެޗު ކުޅޭނީ އެގާރަ ކުޅުންތެރިން އެގާރަ ކުޅުންތެރިންނާ ދެކޮޅަށް ކަމަށެވެ. އަދި ބޭނުން ވަނީ ރީތި މެޗެއް ކުޅެ މޮޅުވަން ކަމަށް ވެސް ޓަވަރޭޒް ބުންޏެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ޓަވަރޭޒް ބުނީ ލީގުގެ ކުޅުން މިހާ ހިސާބަށް އައި އިރު، މާޒިޔާ އަށް ލިބޭނެ ހިތްހަމަޖެހުމަކީ އެޓީމުގެ ކޮޅަށް ގޯލެއް ނުވަދެ އޮތް އޮތުން ކަމަށެވެ. އަދި މި މެޗަށް ނިއު އިން ނުކުންނާނީ އެގޮތަށް އޮތް އޮތުން ބަދަލުކޮށް މާޒިޔާ ކޮޅަށް ލަނޑުޖަހާ ފުރަތަމަ ދިވެހި ޓީމަކީ ނިއު އަށް ހެދުން ކަމަށެވެ.

ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއިރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މާލޭ ލީގުގެ އެއްވަނަ މަގާމުގައި އޮތް ނިއު އަށް 3 މެޗުން 9 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ލީގުގެ 4 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު