Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދުވެލި މަޑުވާނަމަ، ކީއްކުރާ ކޯލިޝަނެއް؟

24 ފެބުރުއަރީ 2020 | ހޯމަ 13:59

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުން ކޯލިޝަނަކުން ސަރުކާރު ނުހިންގޭނެ

އަލީ ސަމާޚް
އަލީ ސަމާޚް | 24 ފެބުރުއަރީ 2020 | ހޯމަ 13:59
ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނި ވަޑައިގަންނަވާ ލީޑަރުން

ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނި ވަޑައިގަންނަވާ ލީޑަރުން

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޅ. ހިންނަވަރު ނޫރާނިއާގެ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ، ދިވެހި ރައްޔިތުންނަށް އުއްމީދު ތަކާކައި އެކުއެވެ. ރައްޔިތުން ބޭނުންވާ އިންސާފު ހޯދައިދީ ގައުމުގެ އަމާންކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ވައުދުތަކަކާއި އެކުއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ، ގައުމު އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް އަތުކުރި އޮޅާލައިގެން ތިބި ބަޔަކާއި އެކު ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަން ސަރުކާރުގައި ހިމެނޭ ހުރިހާ އެންމެންނަކީ ވެސް ރައީސް ޔާމީންގެ އާރާއި ބާރާއި އޮތް ދުވަސްވަރު އެތަކެއް އަނިޔާތަަކެއް ތަހައްމަލު ކުރަން ޖެހުނު ބައެކެވެ. އެކަން ހަނދާން ނެތޭހާ ގިނަ ދުވަހެއްވެސް ނުވެއެވެ. އެއް އަޒުމެއްގައި އެއް ޖޯޝެއްގައި އެންމެ އެކައްޗެއް ކިޔައިގެން ގެނައި ވެރިކަމަކީ ރައްޔިތުން ފެންބޮވައިގެންފައި ތިބި ވެރިކަމެކެވެ. ކޯލިޝަނެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ އެންމެ ފަސޭހަގޮތެއް ނޫން ކަމަށް ވިޔަސް އޭރު މަޖުބޫރުކުރިވީ ކޯލިޝަނެއް ހެދުމެވެ.

އެކަމަކު އެ ކޯލިޝަން ތެރޭގައި ރެނދުލައި ދެންމެ ދެންމެ ކޯލިޝަން ރޫޅިގެންދާހެން ހިވާން ފަށަން މާ ގިނަ ދުވަހެއް ނުނަގައެވެ. އެންމެ ފުރަތަމަ މޫނާ މޫނު ޖެހެން ފެށި ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ، ޖުމްހޫރީ ޕާޓީއާ އެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް އެ ދެ ޕާޓީގެ މެދުގައި ފެށުނު ކޯޅުން އަދިވެސް ހަމަދަނީ ކުރިޔަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ދަނީ ފޮނުވަމުންނެވެ. މި ދެ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދެ ޕާޓީއެވެ. އެކަމަކު ދެ ޕާޓީގެ އޮންނަނީ ކަނޑިއާ ކަނޑި ޖެހިފައެވެ.

ސަރުކާރަށް އަހަރެއްވެގެން ދިޔައިރުވެސް މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުންނަށް ބޭނުންވާ ހައްގު މިންވަރު ނުދެވިގެން އުޅެނީ ކޯލިޝަން ތެރެއިން ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެެވެ. އަދި ސަރުކާރުގެ ވުޒާރާތެރެއިން އެމްޑީޕީން ބޭނުންވާ ކަންތައްކުރަން ލަސްވާ ސަަބަބަކީވެސް ކޯލިޝަން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެެވެ. ދެން އޮތީ ވަޒީރުންގެ ވާހަކައެެކެވެ.

ދައްކަން މިއުޅެނީ ރައްޔިތުންނަށް ވައުދުތަކެއް ވެގެންއައި ސަރުކާރެއްގެ ވުޒާރާތައް ނުހިނގާ ވާހަކައެވެ. ހާއްސަކޮށް ބައެއް ވުޒާރާތައް ހިނގަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ރައްޔިތުން ވާހަކަ ދައްކައެވެ. އަމިއްލަ ވުޒާރާ ނުހިންގިގެން ޖެންޑަރ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް އަކީ އޭގެ މިސާލެކެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޓޭންޑަކީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމެވެ. އެމަނިކުފާނުގެ އެ ނިންމުމަކީވެސް ގޯސް ނިމުމެއްވެސް ނޫނެވެ. އެކަމަކު ކޯލިޝަންގެ ތެރޭގައި އެއް ޕާޓީއާ އަނެއް ޕާޓީއާ ދެމެދު މިހާވަރަށް ކޯޅޭނަމަ މި ކޯލިޝަން ދެމެހެއްޓިދާނެ ކަމާއި މެދު އުފެދޭ ސުވާލުތައް ގިނައެވެ.

ރައީސް ސޯލިހު ވެފައިވާ ވައުދުތައް ފުއްދަން ހުރި ހުރަހަކަށް ކޯލިޝަންވާނަމަ އެއިން އެގޭ އެއްޗަކީ އެކި ޕާޓީތައް ބޭނުންވަނީ އެ ޕާޓީން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށެވެ. އެ ހުރިހާ ގޮތަކީ އަދި ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ރައްޔިތުން ރެއާއި ދުވާލު ނިކުމެ އަޑު އުފުލައިގެން ގެނައި ވެރިކަމުގެ ފޮނި މީރުކަން ކޯލިޝަނެއްގެ ސަބަބުން ހިނގާދާނަމަ ސަރުކާރުން އެކަމާއި މެދު ވިސްނަން ޖެހޭއެވެ.

އަހަރަކަށްވުރެ ދިގުލައިގެން ދިޔައިރުވެސް ރައްޔިތުން ބޭނޫންވާ ގިނަ ކަންތައްތަކެއް ނުވެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ބޭނުންނަމަ ކޯލިޝަން އެއް ގަލަކަށް އަރަން އެބަޖެހެއެވެ. އެހެން ނޫންނަމަ ކޯލިޝަނެއް އޮތުމުގެ މާ ބޮޑު ބޭނުމެއްނެތެވެ. ކޯލިޝަންގެ ލީޑަރުންނެވެ. ތިބޭފުޅުން އެންމެން އެކުވެގެން ގެނައި ވެރިކަން ދެމެހެއްޓުމަކީ ހަމަތިބޭފުޅުންގެ ޒިންމާއެކެވެ. ފުރާވަރު ކުދިން ކޯޅޭހެން ނުކޯޅި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން އަވަސް ވެގަންނާށެވެ. އިމްތިހާނުކުރާނީ ހަމަ އެ ރައްޔިތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 އޯގަސްޓު 2024

ސަރުކާރުގެ ނުވަ މަސް: ދުވެލި މަޑު، އެތެރޭގެ ކޯޅުން ބޮޑު!

19 އޯގަސްޓު 2024
ސަރުކާރުގެ ނުވަ މަސް: ދުވެލި މަޑު، އެތެރޭގެ ކޯޅުން ބޮޑު!
23 ޖެނުއަރީ 2023

ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ބާރުވުމުގެ ކުރިން މި އަހަރު އިންތިހާއަށް މަޑުޖެހޭނެ!

23 ޖެނުއަރީ 2023
ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ބާރުވުމުގެ ކުރިން މި އަހަރު އިންތިހާއަށް މަޑުޖެހޭނެ!
19 ޖުލައި 2021

ކޯލިޝަނެއްގެ އަޅުވެތިކަމުގައި "ފިތިފައި" ހުންނެވިނަމަ....

19 ޖުލައި 2021
ކޯލިޝަނެއްގެ އަޅުވެތިކަމުގައި "ފިތިފައި" ހުންނެވިނަމަ....
24 ސެޕްޓެމްބަރު 2019

މަޖިލީހުގެ ދުވެލި ބާރު! އެކަމަކު ޕީޖީއާ ހިސާބުން އަރަނީ ކުޑަ ކޮއްޓެއް!؟

24 ސެޕްޓެމްބަރު 2019
މަޖިލީހުގެ ދުވެލި ބާރު! އެކަމަކު ޕީޖީއާ ހިސާބުން އަރަނީ ކުޑަ ކޮއްޓެއް!؟
19 ޖޫން 2019

ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

19 ޖޫން 2019
ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!
12 ޖޫން 2019

މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!

12 ޖޫން 2019
މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!
07 ޖެނުއަރީ 2019

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

07 ޖެނުއަރީ 2019
ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟
28 ޖޫން 2017

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް