Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އިޤްތިޞާދު

ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ބާރުވުމުގެ ކުރިން މި އަހަރު އިންތިހާއަށް މަޑުޖެހޭނެ!

ދުނިޔޭގެ އިޤްތިޞާދު ހެޔޮ ފާލަކަށް އެޅުމުގެ ކުރިން، މި ހިނގާ 2023 ވަނަ އަހަރަކީ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން އޭގެ އެންމެ އިންތިހާއަށް ދަށްވެގެންދާނެ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2023 | ހޯމަ 06:07
ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތަކުން، އެ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ، ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުންތައް ނިންމާލީ ޖެނުއަރީ 20 ވަނަ ދުވަހު

ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތަކުން، އެ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ، ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުންތައް ނިންމާލީ ޖެނުއަރީ 20 ވަނަ ދުވަހު

ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމަ އެ ގޮތުގައި ކުރިއަށް ގޮސް، އިންޓްރަސްޓް ރޭޓްތައް އުފުލެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އިޤްތިޞާދު، ކޮންމެވެސް ވަރަކަށް ހެޔޮ ފާލަކަށް އެޅިދާނެ ކަމުގެ އިޝާރާތެއް، ބައިނަލްއަޤްވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ކުރީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ތަޤުރީރު ކުރައްވަމުން، އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދު ހެޔޮ ފާލަކަށް އެޅުމުގެ ކުރިން، މި ހިނގާ 2023 ވަނަ އަހަރަކީ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން އޭގެ އެންމެ އިންތިހާއަށް ދަށްވެގެންދާނެ އަހަރެއް ކަމަށެވެ.

ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 2022 ވަނަ އަހަރު ހުރީ 3.2 ޕަސެންޓްގައި ކަމަށް ވީ ނަމަވެސް، އައިއެމްއެފްގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި އަހަރު، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 2.7 ޕަސެންޓަށް މަޑުޖެހިގެންދާނެއެވެ.

މައިގަނޑު 3 ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި ވާ ކަން ފާހަގަ ކުރައްވަމުން ޖޯޖީވާ ވިދާޅުވީ އެއީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން ދިއުމާއި، އިންޓްރަސްޓް ރޭޓްގެ އަގުތައް އުފުލުން ކަމަށެވެ. މި ޢަދަދުތައް އުފުލިފައި ވަނީ ކައިރި މާޒީގައި ފާއިތުވެ މިދިޔަ އަހަރުތަކުގައި އުފުލިފައި ނުވާހާ މަތީ މިންވަރަކަށް ކަމަށްވެސް ޖޯޖީވާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޑާވޯސް ފޯރަމްގައި ވާހަކަދައްކަވަމުން ސައުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދު ވިދާޅުވީ، ތެލުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓިފައި އޮތް އޮތުމަކީ، ތެޔޮ އުފައްދާ މިންވަރުގެ އަމާޒުތައް ކަނޑައެޅުމުގައި އޯޕެކް ޕްލަސްގެ ޤައުމުތަކާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު އުފެދުނު ދެބަސްވުންތަކުގައި، ސައުދީއިން ޚިޔާރު ކުރީ ރަނގަޅު ރާސްތާއެއްކަން އަންގައިދޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުންދާ ސައުދީގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ތެލުގެ ބާޒާރާއި ބައިނަލްއަޤުވާމީ އިޤްތިޞާދީ މައިދާނުގައި ހަމަޖެހުން ޤާއިމު ކުރުމުގެ ޒިންމާ، އެ ޤައުމުގެ ކޮނޑުގައި އެޅިފައި ވާ ކަމަށާ، ކުރިމަތިލާން ޖެހޭ މައްސަލަތަކުގައި އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ސާފު ހަކަތައިގެ މުސްތަޤުބަލަށް ސައުދީއިންވެސް އެއްބާރުލުން ދޭ ކަމަށާ، ނަމަވެސް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ހަކަތައިގެ މަސްދަރުތައް ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތަކުން، އެ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ، ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުންތައް ނިންމާލީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު