Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ސަރުކާރުގެ ނުވަ މަސް: ދުވެލި މަޑު، އެތެރޭގެ ކޯޅުން ބޮޑު!

19 އޯގަސްޓު 2024 | ހޯމަ 09:02

ހަފްތާ ބަންދުގައި އަރިސް ވަޒީރު ބޭފުޅުން ގޮވައިގެން އާ ރަށަށް ވަޑައިގެން ކުޅިވަރު ކުޅުއްވައި އުޅުއްވި ނަމަވެސް، ރައްޔިތުން ތިބީ ނިކަން މާޔޫސްވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2024 | ހޯމަ 09:02
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ފޮނި ހުވަފެންތަކާއި، އެތަކެއް ކުލަތަކެއް ދައްކަމުން އައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނުވަ މަސް ދުވަސް ވެއްޖެ އެވެ. ތަރައްޤީގެ އައު ޒަމާނަކާއި، ދިވެހި ރައްޔިތުންނަށް ހެޔޮ ބަދަލެއްގެ މަންޒަރު ދައްކަވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޢިއްޒުގެ ސަރުކާރަށް، މިފާއިތުވެ ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ދެތިން، ހަތަރު ކަމެއް ނުކުރެވޭ ވާހަކައެއް ނޫނެވެ.

ސަރުކާރަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު، ތަރައްޤީގެ މަޝްރޫޢުތައް ހުރީ މަޑު ޖެހިފަ އެވެ. ނިކަން ބާރު ލައްވާފައި ފެއްޓެވި "ރަސް މާލޭ" މަޝްރޫއުގެ ވާހަކަ ދައްކާލާނެ މީހަކު މިހާރަކު ނެތެވެ. އެ މަޝްރޫއު ވެސް ނިންމަން ބުނި ތާރީޚަށް ނުނިމޭނެ ކަމަށް، ރައީސް މުޢިއްޒުގެ ވަޒީރުން ވިދާޅުވި އެވެ. އެ މަޝްރޫއަކީ، ކަންކަން ކުރަންވީ ގޮތުގެ އާޖުފާޖު އިނގޭ ކަމަށް ވިދާޅުވެ، "ފޮންޏެއް ކަނޑާލަމުން" ރައީސް މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަޝްރޫއެކެވެ.

މާލޭ ސަރަހައްދުން ބޭރަށް ޖެހިލައި، އަތޮޅު ތެރޭގެ ރަށް ރަށަށް ނަޒަރު ހިންގާލިޔަސް ފެންނަނީ މި މަންޒަރެކެވެ. ސަރުކާރުގައި ދުވެއްޔެއް ނެތެވެ. އުންމީދެއް ނެތެވެ. އާދައިގެ ގޮތަކަށް ދަންނަވާނަމަ، ރިޔާ ކެނޑިފައި އޮތް ބޮއްކުރަލެކޭ މި ސަރުކާރެކޭ އެއްވެސް ތަފާތެއް ނެތެވެ. ދާނެ ދިމާލަކަށް ދަނީ އެވެ. ބޮޑު ކަނޑެއްގައި ދުއްވާއިރު، ކޮންމެ ވެސް ދިމާލަކަށް ދާނެތާ އެވެ.

ރަށް ރަށުގައި ކުރީގެ ސަރުކާރުން ފަށާއިފައިވާ މަޝްރޫއުތައް، މި ސަރުކާރާ އެކު މަޑު ޖެހިއްޖެ އެވެ. މިހާރު އެއިން މަޝްރޫއެއްގެ ވާހަކަ ދައްކާލާނެ ބޭފުޅަކު ނުވި އެވެ. އެންމެ ފަހުން އެ ބޭފުޅުން އެ މަޝްރޫއުތަކުގެ ވާހަކަ ދެއްކެވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ. އެ ދުވަސް ވަރު ރައީސް މުޢިއްޒު ރަށް ރަށަަށް ވަޑައިގެން އުޅުއްވި ގޮތުން އަޅުގަނޑުގެ ހިތަށް އެރި އެވެ. މިދެން ހުރިހާ ކަމެއް ހަމަވީ އެވެ. ރަށް ރަށުގައި ފުރިހަމަ ނުވެ ހުރި ކަންކަން، ނިކަން ބާރު މިނުގައި ނިމިދާނެ އެވެ.

އެހެން ނަމަވެސް، މަޖިލިސް އިންތިޚާބު ނިމި ހަތަރު މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އެ ރަށް ރަށުގައި ހުރި އެކްސްކަވޭޓަރު ގަނޑު ދުއްވާލާނެހާ ހިތްވަރު ވެސް ސަރުކާރުގައި ނެތެވެ. ރައްޔިތުންނަށް ދެއްކެވި ފޮނި ހުވަފެންތަކުގައި ޖެހިގެން އެ ރައްޔިތުން ތިއްބެވިއިރު، ރައީސް މުޢިއްޒު އެކަންކަން މަތިން ހަނދާނެއް ނެތެވެ. ހަފްތާ ބަންދުގައި އަރިސް ވަޒީރު ބޭފުޅުން ގޮވައިގެން އާ ރަށަށް ވަޑައިގެން ކުޅިވަރު ކުޅުއްވައި އުޅުއްވި ނަމަވެސް، ރައްޔިތުން ތިބީ ނިކަން މާޔޫސްވެފަ އެވެ. މަގު މައްޗަށް ނިކުމެލިޔަސް، ސަރުކާރެއް އޮންނަހެން ވެސް ހީ ނުވެ އެވެ. ޤައުމުގައި ރައީސަކު ހުންނެވިކަން ވެސް އިނގެނީ، ވަރުވަރު ލައްވާފައި މޮޓޯ ކޭޑު ދެކޮޅަށް ދުއްވާލާ މަންޒަރު ފެނިއްޖެ ނަމަ އެވެ.

ސަރުކާރަށް ނުވަ މަސް ދުވަސްވީއިރު، ފެންނަން އޮތީ އެތެރޭގެ ކޯޅުމުގެ ބޮޑު މަންޒަރެވެ. ސަރުކާރުގެ އެތެރޭގައި ޖެހެމުން އަންނަ މައްސަލަ ތަކެވެ. މަޖިލިސް މެމްބަރުންނަށް އިތުބާރު ނުކުރެވި، އެ މެމްބަރުން ލައްވައި ހުވާ ކުރުވާ ހިސާބަކަށް ކަންކަން ގޮސްފައިވާ ކަމުގެ ވާހަަކަ އަންނަނީ ވެސް، އެ މެމްބަރުންގެ ފަރާތުންނެވެ. ސަރުކާރުގެ އެތެރޭގެ ކޯޅުން ބޮޑުވެ، ރައީސް މުޢިއްޒުގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި މީގެ ކުރިން ހުންނެވި ބޭފުޅާ މަގާމުން ވަކި ކޮށްފަ އެވެ. އޭގެ ކުރިން ރައީސަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި އެވެ.

ރަށު ތެރޭގައި މީހުން ކިޔާ ގޮތުން، މަޖިލިސް މެމްބަރުން މަތަ ކުރަން ވެސް އުނދަގޫ ވެއްޖެ އެވެ. ސަރުކާރުގެ ތެރޭގައި ޖެހެމުން އަންނަ މައްސަލަތުގައި މެމްބަރުން ވެސް ތިބީ އެކި މެމްބަރުން އެކި ފަޅި ފަޅީގަ އެވެ. މެމްބަރުން މަތަ ކުރަން ރައީސް މުޢިއްޒު މެމްބަރުންނަށް ބައި ލައްކަ ރުފިޔާ ދެއްވާ ވާހަކަ އިން ފެށިގެން ދިޔައިރު، މިހާރު އެ ފައިސާ ވެސް ދެއްވަނީ ބައެއް މެމްބަރުންނަށް ކަމަށްވެ އެވެ.

ކޮންމެ ގޮތެއްވީ ނަމަވެސް، ސަރުކާރަށް ނުވަ މަސް ވެއްޖެ އެވެ. ޙާސިލު ކުރެވުނު ކަމެއް، ނުވަތަ ހޯދުނު ކާމިޔާބެއް ވެސް ނެތެވެ. ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނައިބު ވަޒީރުންނާއި، ވަރު ވަރުން ލައްވާފައި ތިބި އެހެން ސިޔާސީ ބޭބޭފުޅުން ކިތަންމެ މޮޅު ބަނދިވަރެއް އަމުނައި ޓުވީޓު ކުރެއްވި ނަމަވެސް، ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެއްޖެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 ޖޫން 2017

އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!

22 ޖޫން 2017
އަދީބު ބޭރަށް ނުފޮނުވަން ތިޔައުޅުއްވަނީ "ވެއްޓިދާނެތީ" ބިރުން!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
20 މާރިޗު 2017

ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟

20 މާރިޗު 2017
ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް