Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޯލިޝަނެއްގެ އަޅުވެތިކަމުގައި "ފިތިފައި" ހުންނެވިނަމަ....

19 ޖުލައި 2021 | ހޯމަ 07:17

ކޯލިޝަން ސަރުކާރާއެކު އެމްޑީޕީގެ އެޖެންޑާ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެއުޅޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2021 | ހޯމަ 07:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު- ރައީސް ޞާލިޙު ގެންދަވަނީ ސަރުކާރުގެ ހިންގެވުމަށް ގެންނަވަންޖެހޭ މުހިއްމު ބަދަލުތައް ގެންނަވަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު- ރައީސް ޞާލިޙު ގެންދަވަނީ ސަރުކާރުގެ ހިންގެވުމަށް ގެންނަވަންޖެހޭ މުހިއްމު ބަދަލުތައް ގެންނަވަމުން

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑުގެ ވާހަކައަކީ މިހާރު އެންމެ ދަންނަ ބޮޑު ސިއްރެކެވެ. ބައެއް ފަހަރު މި ކޯޅުންގަނޑު ގޮސް ނިމެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު ހިންގުމުގައި ސަރުކާރުން ފެއިލްވެފައިވާކަމަށް ބުނެ ދެކެވޭ ވާހަކައަށެވެ. ބައެއް ފަހަރު ސިޔާސީ ގޮތުން ފިކުރު ތަފާތުކަމުގެ ވާހަކައަށެވެ. ބައެއް ފަހަރު ހަރުކަށި ފިކުރު އެމްޑީޕީގެ އެތެރޭގައި މޫލައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް "ތާށިވެފައިވާ" ކަމުގެ ވާހަކައަށެވެ. މިހާރު އަނެއްކާވެސް މި ކޯޅުން ގޮސް ގުޅެން ފަށާފައިވަނީ ކޯލިޝަނެއްގެ ނުފޫޒާއި އަޅުވެތިކަމުގެ ދަށުގައި ސަރުކާރު ފިތިފައިވާ ވާހަކައާއެވެ.

މި ވާހަކަ ފެންމަތިވެގެން ދިޔައީ ކޯލިޝަން ސަރުކާރާއެކު އެމްޑީޕީގެ އެޖެންޑާ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ދޭހަވާ ބީދައިން ރައީސް ނަޝީދާއި، އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި ހިސާބުންނެވެ. ބައެއް މެމްބަރުން ވަނީ ކޯލިޝަނެއްގެ ނުފޫޒާއި އަޅުވެތިކަމުގެ ދަށުގައި ރައީސް ޞާލިޙު ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެފަދަ ޝުއޫރުތަކެއް ސޯޝަލް މީޑިއާއާއި އެކި ޕްލެޓްފޯމުތަކުގައި ވެސް ގެންދަނީ ހިއްސާ ކުރަމުންނެވެ. ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތްތައް ނުކުރެއްވޭނެ ކަމަށާއި، އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އިއްތިޙާދު ހައްދަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ދާދި ފަހުން ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.  

އެހެންނަމަވެސް، ރައީސް ޞާލިޙު ކޯލިޝަނެއްގެ އަޅުވެތިކަމުގައި ހުންނެވިނަމަ ނުކުރައްވާނެ ފަދަ އެތައް ކަމެއް ކުރައްވާފައިވާ މަންޒަރު ފެންނަން އޮތްކަން އެއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ރައީސް ޞާލިޙުގެ ސަރުކާރުގައި ކޯލިޝަން އެކުލަވާލުމަށް އެއްބަސްވުމެއް ހަދައި، އެއްބަސްވުމާ އެއްގޮތަށް ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމަށް އަދާލަތު ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ޖުމްހޫރީ ޕާޓީއަށް ވަކި ވަރަކަށް ސްލޮޓްތައް ދިނެވެ. އަދި އެ ސްލޮޓުތަކަށް ބަލައި، ވަޒީރުންގެ އިތުރުން ސިޔާސީ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރެވިގެން ދިޔައެވެ. ނަމަވެސް ސަރުކާރު ހިންގުމަށްޓަކައި ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނައުމުގައި ވެސް ރައީސް ޞާލިޙު ގެންދެވީ ޖެހިލުންވުމެއް ނެތި، ނިންމުންތައް ނިންމަވަމުންނެވެ. ޚުދު މަޖިލީހުން އެކަމުގައި ނިންމެވި ކޮންމެ ނިންމުމަކަށް ރައީސް ޞާލިޙު ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ފާސްކުރިއިރު، އެއާ ގުޅިގެން ކެބިނެޓަށް ގެންނަން ޖެހޭ މުހިއްމު ބަދަލުތައް ރައީސް ޞާލިޙު ގެންނެވިއެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއެކު ސިއްހަތާ ބެހޭ ވަޒީރު އަބްދު ﷲ އަމީން އިސްތިއުފާ ދެއްވީ ވެސް މި ސަރުކާރުން އެ ތުހުމަތުތައް ތަހުގީގު ކުރަމުން ދަނިކޮށެވެ. ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ވަޒީރަކު އިސްތިއުފާ ދެއްވުމުން އެ ސްލޮޓު ދެން ދެއްވިތަން ފެނިގެން ދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށެވެ. ހެލްތް މިނިސްޓަރު ކަމުގެ މަޤާމަށް އަހުމަދު ނަސީމް އައްޔަނު ކުރެއްވުމާއެކު، ޖޭޕީން އެކަމާ ދެކޮޅަށް ނުކުމެ ސަރުކާރަށް ކުރުދޮށިން ދިން މަންޒަރެއް ނުފެނެއެވެ. އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުރި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުން ވަކިކުރުމުގެ މަސައްކަތް ވެސް ފެށިއެވެ. އެ ހިސާބުން އަމިއްލައަށް އޭނާ ވެސް އިސްތިއުފާ ދެއްވިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު ޢާޠިފާ, އެ މަގާމުން އިސްތިޢުފާ ދެއްވުމާއެކު، އެ ސްލޮޓު ދެއްވީ އެމްއާރްއެމްގެ ވަޒީރަކަށް ނޫނެވެ. އެހިސާބުން މިނިސްޓްރީ އުވާލައި, މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވީއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު މަގާމުން ވަކިކުރެއްވީ ރައީސް ސާލިޙު އަމިއްލަފުޅަށެވެ. އެ ނިންމުން ނިންމެވި ސަބަބާއި، އެމަނިކުފާނު ކަމެއް ނިންމަވާނީ ޤައުމަށް އެންމެ ލާބަހުރި ގޮތަށްކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ފެނިގެން ދިޔައީ ރައީސްގެ މި ނިންމެވުންތަކަށް ކޯލިޝަންގެ ލީޑަރުން ވެސް އިހުތިރާމު ކުރެއްވި މަންޒަރެވެ. އެއްވެސް ވަޒީރަކު ރައީސްގެ ނިންމެވުމަކާ ގުޅިގެން ސަރުކާރާ ދެކޮޅުވެ، ސަރުކާރަށް އެއްޗެހި ގޮވާ މަންޒަރު ފެނިފައެއް ނުވެއެވެ. އެންމެ ފަހުން ވެސް ކޯލިޝަންގެ ބައެއް ލީޑަރުން ވަނީ ކުރިއަށް ވަޑައިގަންނަވާނީ ކޯލިޝަން ސަރުކާރާއެކުކަން ފާހަގަކުރައްވާފައެވެ.

ކޮންމެއަކަސް، ރައީސް ޞާލިޙުގެ ވެރިކަމުގައި ނިންމަވާފައިވާ ނިންމެވުންތަކަށް ބަލާއިރު، އެމަނިކުފާނުގެ މައްޗަށް ކޯލިޝަންގެ ނުފޫޒެއް އޮތޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ކޯލިޝަން "ރުއްސުމަށްޓަކައި" އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެފައިވާ ވައުދުތަކާއި، ގެންގުޅުއްވި ސިޔާސަތުތައް މުގުރާލައްވާ މަންޒަރު ނުފެންނާތީއެވެ. ވީމާ އެމްޑީޕީގެ އެތެރޭގައި އަޅާފައި މިވާ ރެނދަކީ ކޯލިޝަނެއްގެ ނުފޫޒުގައި ރައީސް ޞާލިޙު ހުންނަވައިގެން އަޅާފައިވާ ރެނދެއް ކަމަށް ބުނުމަކީ ތަންކޮޅެއް ޤަބޫލުކުރަން އުނދަގޫ ވާހަކައެވެ. މި ރެނދުގެ ފަހަތުގައިވާ ހަޤީޤީ ސިއްރަކީ ކޮބައިބާއެވެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޯލިޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 ސެޕްޓެމްބަރު 2023

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް