Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!

ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނެސް، ރައްޔިތުން ވަނީ ހިނިތުންކޮށްލާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 ޖޫން 2019 | ބުދަ 10:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކަރަންޓުގެ އަގު އެއް ހަމަކުރުމުން ފެށިގެން، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، ހެނދުނުގެ ނާސްތާ ޕްރޮގްރާމާއި، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމާއި، ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތު އިތުރުކުރުމުން ފެށިގެންގޮސް، ސަރުކާރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވަނީ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީ، ރައްޔިތުން ހިނިތުންކޮށްލުވާފަ އެވެ. ކޮރަޕްޝަނާއި، ވައްކަމުގެ ތުހުމަތުކުރޭ މިންވަރު އިންތިހާއަށް ދަށަށް ދިޔައިރު، ބިރުދެއްކުމާއި، ބިރުވެރިކަމުގެ މާހައުލުން ނިކުމެ، ރައްޔިތުންނަށް ހަމަނޭވާލުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފަ އެވެ.

ކޮންމެ މީހަކަށް ވެސް، އެ މީހަކު ބޭނުން ހިޔާލެއް ފާޅުކުރުމުގެ ފުރުސަތު ލިބިދީފައިި އޮތް، މުޖުތަމައުގެ ތެރޭގައި އޮތް ބިރުވެރިކަމުގެ މާހައުލު، ހިތްހަމަޖެހުމުގެ ވެއްޓެއް ސަރުކާރުން ވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދީފަ އެވެ. ހަމަ އެގޮތަށް ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ގިނަ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް ވެސް ފެށުމަށް އެ ވަނީ ތައްޔާރުވެފަ އެވެ.

ނަމަވެސް ސުވާލަކީ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރައްޔިތުން އުއްމީދުކުރާ ފަދަ ހަލުވި މިނެއްގައި ސަރުކާރަށް ނަތީޖާތަކެއް ނެރެދެވިފައިވޭތޯ އެވެ. ސަރުކާރުގެ ދުވެލި ލަސްކަމަށް ބުނެ އަމާޒުވާ ފާޑުކިޔުމުގެ އޮތީ ކިހާވަރެއްގެ ހަޤީޤަތެއްތޯ އެވެ.

ބޯހިޔާވެހިކަމުގެ މައްސަލައަކީ ސަރުކާރުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނުނު ކަމެކެވެ. އެކަމެއް ހައްލެއް ހޯދައިދެއްވާނެ ކަމަށް ސަރުކާރުންް އައީ ކެނޑިނޭޅި ވައުދުތައްވަމުންނެވެ. ބޯހިޔާވެހިކަމުގެ ބޮޑު މަޝްރޫއެއް މިއަދު އިފްތިތާހްކުރެވޭނެއޭ ބުނެ މޮޅެތި ސުރުހީތައް ވެސް ހަދާފައި ވެއެވެ. ނަމަވެސް ސަރުކާރަށް ހަތް މަސް ދުވަސްވެގެން ދިޔައިރު، ބޯހިޔާވެހިކަމުގެ އެންމެ މަޝްރޫއެއް ވެސް ފަށައިގަނެވިފައެއް ނުވެ އެވެ. އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނުވެ އެވެ.

ބޯހިިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް "ފަހި ދިރިއުޅުން ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދެވިއިރު، އެ ކުންފުންޏަކީ ކިހިނެއް، ކޮންގޮތަކުން ހިނގާ ކުންފުންޏެއް ކަން ވެސް އިނގޭ ރައްޔިތަކު ނެތޭ ބުނެވިދާނެ އެވެ. ކުންފުނީގެެ ދަށުން ހިންގަނީ ކޮން ޕްރޮޖެކްޓެއް ކަމެއް ވެސް އެނގޭ ރައްޔިތަކު ނެތެވެ.

ދެން އޮތީ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ވާހަކަ އެވެ. ތެދެކެެވެ. ބައެއް ރަށްރަށުގެ ބިން ހުއްކުމާއި، ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އިއުލާންކުރެވި، ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައި ވެއެވެ. ބައެއް ރަށްރަށުގެ ދަނޑުތައް މަރާމާތުކުރުމާއި، ޓާފް ދަނޑުތައް އެޅުމުގެ އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިިކޮށްފަ އެވެ. އެއާޕޯޓެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސަރުކަރުން ބުނެފައިވެއެވެ. ނަމަވެސް ރައްޔިތުން އެދޭ އެންމެ ހަލުވި ދުވެލީގައި އެ މަސައްކަތް ވެސް ކުރިއަށް ނުދެއޭ ބުނެވިދާނެ އެވެ.

ރައްޔިތުން އެދެނީ ހަލުވި ސްޕީޑެއްގައި މަސައްކަތްތައް ކުރެވި، ހަލުވި ބަދަލުތަކެއް ފެންނަށެވެ. މަގުތައް ހެދުމާއި، ރަށުގެ ބޭރު ތޮށިލުމާއި، ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ބެލި ނަމަވެސް ކަން އޮތީ ހަމަ ދާދި އެއްގޮތަކަށެވެ.

ބޮޑެތި ބިޔަ މަޝްރޫއުތަކަށް ބެލި ނަމަވެސް، ފެންނަން އޮތީ ނިމުނު ސަރުކާރުން ފެށި މަސައްކަތް އެކަންޏެވެ. އިތުރު އެއްޗެއް ފެންނާކަށް ނެތެވެ.

ސަރުކާރަށް ފުރަތަމަ ހަތް މަސް ވެގެންދިޔައިރު، މަސްވެރިންނާއި، ދަނޑުވެރިންގެ ކަންބޮޑވުންތައް އޮތީ ހަމަ އެގޮތަށެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭއިރު، މަސްވެރިން އަދިވެސް ތިބީ ކިރާނެ މަސްކޮޅަށް ހަމަ އަގު ލިބޭނެ ދުވަހެއް އިންތިޒާރުގަ އެވެ. މާލެ ފަޅުން މަސް ދޯންޏަކަށް ޖާގައެއް ވެސް ލިބެނީ ހަމަ ކުރީ ސަރުކާރެކޭ އެއް ހަމައިންނެވެ. އެކަމުގައި މަސްވެރިންނަށް ފަސޭހަތަކެއް ހޯދައިދެވިފައެއް ނުވެ އެވެ. ދަނޑުވެރިންނަށް ބެލި ނަމަވެސް، އެވެރިން ޝަކުވާތައް ވެސް މަދެއް ނޫނެވެ. ވައުދުވި ގިނަ ބަދަލުތައް ނުފެނި ލަސްވަމުން ދިއުމަކީ މިއަދު ވެސް އެވެރިންގެ ޝަކުވާ އެވެ.

މި ސަރުކާރާ މެދު ރައްޔިތުން ކުރާ އުއްމީދުތައް އެހާމެ ފޮނިވެފައި، ބޮޑެވެ. ނަމަވެސް ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް އެކަށީގެންވާ ނަތީޖާތަކެއް ސަރުކާރަށް ނުދެއްކިއްޖެ ނަމަ، ރައްޔިތުން ކުރި އުއްމީދުތައް ފެނަށް ދިޔައީ އެވެ. މިއަދު ރައްޔިތުން ސަރުކާރަށް ވަނީ ކޮންމެ ކަމެއް ވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ދޮރެއް ހުޅުވަދީފަ އެވެ. މިއަދު ސަރުކާރަށް ދެއްކޭނެ އިތުރު ބަހަނާއެއް ވެސް ނޯންނާނެގޮތަށެވެ. އެހެންކަމުން ސިއްސައިގެންދާވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތަކެއް އަވަހަށް ގެނެސް ރައްޔިތުން ހެއްވާލަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު