Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

ވަކިވަކިން ނުކުމެއްޖެ ނަމަ އެމްޑީޕީއަށް ފައިދާ ބޮޑު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 ޖެނުއަރީ 2019 | ހޯމަ 14:24
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން ބޭއްވި ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް ލިބުނީ 25 ގޮނޑިއެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޕާޓީއަށް ލިބުނީ 26 ގޮނޑިއެވެ. އެ ދެ އިންތިހާބަށް ވެސް އެމްޑީޕީން ނުކުތީ އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދައެވެ. މިފަހަރު ވެސް އެމްޑީޕީން ނުކުންނަނީ އެގޮތަށެވެ. ތަފާތަކީ އެމްޑީޕީއާ ވާދަ ކުރަން އޮތް ޕާޓީތައް ބަލިކަށިވުމެވެ. ބައިބައިވެފައި ވުމެވެ. އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް ދެކަފިވެފައި ވުމެވެ.

ސަރުކާރު ކޯލިޝަންގައި ތިބި ކުދި ޕާޓީތަކަކީ ވެސް ބޮޑު ޕާޓީއެއްގެ ހިޔަނީގައި ނޫނީ ކުރިއަށް ދެވޭނެ ޕާޓީތަކެއް ނޫނެވެ. ޖުމްހޫރީ ޕާޓީއަށް އެމްޑީޕީއާ ކުރިމަތިލައި ކާމިޔާބެއް ނުހޯދޭނެވެ. އަމުދުން އަދާލަތަށް ވެސް ވާނީ ހަމަ އެވަރެވެ. އިންތިހާބުގެ ނަތީޖާތަކުން ދައްކަނީ އެ މަންޒަރެވެ.

ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް 2009 ވަނަ އަހަރު މަޖިލީހުން ހަތް ގޮނޑި ލިބުނީ ޑީއާރްޕީއާ އެކު، ކޯލިޝަން ހަދައިގެން ނުކުތުމުންނެވެ. ނަމަވެސް ކޯލިޝަނަކާ ނުލައި، ޖޫމްހޫރީ ޕާޓީ (ޖޭޕީ) އިން އެ އިންތިހާބުގައި ވާދަކުރުމުން ލިބުނީ އެންމެ ގޮނޑިއެކެވެ. އެއީ މާމިމިގިލީ ދާއިރާގެ ގޮނޑި އެކަންޏެވެ. ނަމަވެސް 2014 ވަނަ އަހަރު ޖޭޕީއަށް 15 ގޮނޑި މަޖިލީހުން ލިބުނެވެ. އެ ގޮނޑިތައް ކާމިޔާބު ކުރެވުނީ ސަރުކާރުގައި އޭރު އޮތް، ޕީޕީއެމާ ކޯލިޝަން ހަދައިގެން ނުކުތުމުންނެވެ. ކިރިޔާ މެމްބަރުން ހަމަވާ އެމްޑީއޭއަށް 2014 ވަނަ އަހަރު ފަސް ގޮނޑި ލިބުނީ ވެސް ޕީޕީއެމާ ކޯލިޝަން ހަދައިގެން ނުކުތުމުންވެ.

އެ ނަތީޖާތަކުން ދައްކަނީ ކުދި ޕާޓީތަކަށް މަގު ދައްކަނީ ބޮޑެތި ޕާޓީތަކުން ކަމަށެވެ. ކުދި ޕާޓީތަކަކީ ބޮޑު ޕާޓީއެއްގެ ހިޔަނީގައި ނޫނީ ކުރިއަށް ދެވޭނެ ޕާޓީތަކެއް ނޫން ކަމުގައެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބަށް ނުކުންނައިރު، ބޮޑު ޕާޓީއަކަށް އިންތިހާބުގައި ވާދަ ކުރާނީ އެމްޑީޕީ އެކަންޏެވެ.

އެ ޕާޓީއާ ދެކޮޅަށް ނުކުންނަން އޮތް، ޕީޕީއެމްގެ ތެރެއިން އިތުރު ޕާޓީއެއްގެ "ކުރި" ވަނީ ފަޅާފައެވެ. އެހެންކަމުން ޕީޕީއެމް އޭގެ އަސްލު ސިފައިގައި އިންތިހާބަށް ނުކުތުމުގެ ފުރުސަތު ކުޑައެވެ. ޕީޕީއެމްގެ ތެރެއިން އާ ޕާޓީއެއް އުފެއްދިޔަސް، ބާކީ އޮތް ތިން މަސް ތެރޭގައި އިންތިހާބަށް އެ ޕާޓީ ފައްކާވުމަކީ ނާދިރު ކަމެކެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޖިލިސް އިންތިހާބާ މެދު ވަކި ގޮތެއް އެއްބަސްވެވިފައި ނެތުމުން، ކޮންމެ ޕާޓީއަކުން ވެސް ވާދަ ކުރާނީ އެކަންޏެވެ. ވަކިވަކިންނެވެ. ވަކިވަކިން ޕާޓީތައް ވާދަ ކުރުމަކީ ވެސް އެމްޑީޕީއަށް ލިބޭނެ މޮޅެކެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފައިދާ ބޮޑީ ވެސް އެގޮތެވެ. ސަބަބަކީ ޕާޓީއެއްގެ ގޮތުގައި އެންމެ ގިނަ ވޯޓު އެމްޑީޕީއަށް ލިބޭނެތީއެވެ. ކުދި ޕާޓީތަކަށް ލިބޭ ވޯޓު ބައިބައިވުމަކީ ގިނަ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުވުމުގެ ފުރުސަތު ތަނަވަސްވާނެ ކަމެކެވެ. ހާއްސަކޮށް، ވަކި ފިކުރެއްގެ ގޮތުގައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދު ގެއްލި، ބަކިކަށިވެފައި އޮތުމަކީ އެމްޑީޕީއަށް ކުރި އަރަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މަޖިލިސް އިންތިހާބުގައި މިފަހަރު އެމްޑީޕީއަށް ފައިދާ ބޮޑީ ގިނަ ޕާޓީތަކުން ވާދަ ކުރި ވަރަކަށެވެ. ކެންޑިޑޭޓުން އިތުރަށް ނުކުތް ވަރަކަށެވެ. ނަމަވެސް ކުދި ޕާޓީތަކުން، އެކައްޗެއް ކިޔައި، އެމްޑީޕީއާ ދެކޮޅަށް ކޯލިޝަންނެއްގެ ގޮތުގައި ތެދުވެއްޖެ ނަމަ، އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އެމްޑީޕީން ޖެހޭނީ އަލުން އަތުރާށެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
04 ސެޕްޓެމްބަރު 2017

ހިތް ކުދިކުދި ކޮށްލި އެންމެ ފޮޓޯއެއް

04 ސެޕްޓެމްބަރު 2017
ހިތް ކުދިކުދި ކޮށްލި އެންމެ ފޮޓޯއެއް
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު