Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭ ތާރު މަގު

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

ބޮޑެތި ވެހިކަލްތައް ބާރަށް ދުއްވުމުން ކުނޑިތައް ބުރައިގެންދޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 02:02
މާލޭގައި ތާރު އަޅާފައި ވަނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުގެ ވަކި ހިސާބެއްގައި

މާލޭގައި ތާރު އަޅާފައި ވަނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުގެ ވަކި ހިސާބެއްގައި

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މައި މަގުގެ ގޮތުގައި ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރު އެޅަން ފެށީ މިދިޔަ އަހަރެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު، މާފަންނު ޓްރެކް ދަނޑުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަޔަށް މިހާރު ވަނީ ތަރު އަޅާފައެވެ.

މާލޭ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ހަދާ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމިފައިވާއިރު، އަދިވެސް އެ މަސައްކަތް ކުރިޔަށްދާއިރު، ރައްޔަތުންނަށް އަންނަނީ އުނދަގޫތަކެއް ވެސް ކުރިމަތިވަމުންނެވެ.

މާލޭގެ މަގުތަކަށް ހަވީރު އަދި ރޭގަނޑު ގަޑީގައި ގިނަ އެކި އުމުރުފުރާތަކުގެ މީހުން ފިނި ބުރުޖެހުމަށް ނިކުމެއެވެ. އެގޮތުން ސައިކަލުގައި ފިނި ބުރު ޖެހުމަށް ނިކުންނަ މީހުން ވަރަށް ގިނައެވެ. އެމީހުން މާލެ ވަށާ ފިނި ބުރު ޖަހާއިރު، ތާރުމަގަށް ވެސް ދެއެވެ. އެގޮތުން ތާރު މަގުގެ އިންޑަސްޓްރިއަލް ވިލެޖާ ދިމާލަށް ގޮސް ގިނަ މީހުން އެއްކައިރިއެއްގައި މަޑުކޮށްގެން ވާހަކައިގައި ވެސް ތިބެއެވެ. އެގޮތަށް ތިބޭއިރު އެމީހުންނަށް އުނދަގޫތަކެއް ވެސް ކުރިމަތިވެއެވެ.

އެމީހުންނަށް އުނދަގޫވަނީ ތާރަ މަގު ރަނގަޅަށް ނުބަލަހައްޓާތީއެވެ. ބޮޑު ވެހިކަލެއް އެ މަގުން ދުއްވާފައިދަންޏާ ދެން އެތާ މަޑުކޮށްގެން ތިބޭ މީހުން އެއްކޮށް ހިރަފުހުން ފުރުވާލައެވެ. ބައެއް ފަހަރު ބޮޑު ވެހިކަލެއް ފަހަތުގައި ހުންނަ ނަމަ އެ ވެހިކަލްތަކުން ބުރައިގެންދާ ކުނޑިތައް ލޮލަށް އެޅެއެވެ. އެގޮތުން ފަހަތުގައި ހުންނަ މީހާއަށް ނުރައްކާތެރިކަމެއް ހިނގުމަކީ ވެސް ދުރުކަމެއް ނޫނެވެ. މިކަމަށް ސަމާލުވާން ޖެހެއެވެ. މަގުތައް ސާފުކުރަންޖެހެއެވެ. މިއީ ހައުސިން މިނިސްޓްރީގެ ޒިންމާއެކެވެ.

މީގެ އިތުރުން ތާރު މަގުގައި ދުއްވާ ބޮޑެތި ވެހިކަލްތައް ދުއްވަނީ ވަރަށް ބާރަށެވެ. އެއްވެސް ސްޕީޑް ލިމިޓެއް ނޯންނަ ކަހަލައެވެ. ހާއްސަކޮށް ބިޔަ ބަރު އުޅަނދު ފަހަރު ދުންޖަހާފައި ސައިކަލްތައް އޯވާޓޭކްކޮށްފައި ދާއިރު ގިނަ ފަހަރު ސަލާމަތްވަނީ ކިރިއާއެވެ. ތާރު އަޅާފައިވާ މަގަކަށް ވުމުން ސްޕީޑް ބްރޭކަރެއް ނުހުރެއެވެ.

މީގެއިތުރުން ތާރު މަގުގައި ޓްރެފިކް ރަނގަޅަށް ބަލަންޖެހެއެވެ. ބައެއް ފަހަރު އެ މަގުގައި ސައިކަލްތައް ވެސް ދުއްވަނީ ވަރަށް ބާރަށެވެ. ރޭސްތައް ޖަހާ މީހުންގެ ޖާގައަކީ ވެސް މިހާރު އެއީއެވެ. އެގޮތުން ނުރައްކާތެރި ބައެއް އެކްސިޑެންޓްތައް ވެސް މަދުން ނަމަވެސް ދަނީ ހިނގަމުންނެވެ.

ތާރު މަގާ ބެހޭގޮތުން ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، މާލޭގެ މަގުތައް ސަރުކާރުން ހަދަމުން އަންނަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، ވަގުތީ ފައިދާއަކަށް ކުއްލިއަކަށް ކޮށްލާ ކަންކަމުން ދެމެހެއްޓެނިވި ނަތީޖާއެއް ނުލިބޭކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ބޭކާރު ގޮތުގައި މަގުތައް ހެދުމަށް ވެސް ރައްޔަތުންގެ ފައިސާ ސަރުކާރުން ބޭކާރު ކުރަމުން އަންނަ ކަމަށާއި، އެއްފަހަރު ހަދާ ތަނެއް ދެތިން ފަހަރު އަލުން ހަދަންޖެހޭ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖު ރައްޔަތުންނަށް ފަސޭހައަކަށް ހަދާއިރު އެތަން ހަދާ ނިމުނު އިރު ރައްޔަތުންނަށް އަންނަނީ ނުސީދާކޮށް ނަމަވެސް އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. މި އުނދަގޫތައް ރައްޔަތުންނަށް ކުރިމަތިނުވާގޮތް ހެދުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ތާރު އަޅައިގެން ހަދާފައިވާ ލިންކް ރޯޑުގައި ހިނގަމުންދާ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކަށް މިހާރު ވެސް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އިންޑަސްޓްރިއަލް ވިލެޖު ކައިރިން ހަދާފައިވާ މަގު އެހާލަތަށް ދިއުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. ދުއްވާ އުޅަނދުފަހަރުގެ ދުވެލި މަޑުކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހެވެ. ތާޅު އެޅި މަގަށް ފައިބާ ވެލިފަދަ ތަކެތި ނަގައި ސާފުކޮށް މަގު ބެލެހެއްޓޭނެ ގޮތްތަކެއް ހަމަޖައްސަން އެބަޖެހެއެވެ. އެހެން ނޫންނަމަ މުސްތަގުބަލުގައި މިއީ ވެސް ނުރައްކާތެރި މަގަކަށް ވެގެން ހިނގައިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

މާލޭގެ މަގުތަކުގައި މާރާމާރީ އާންމުވެފައި، ޒިންމާ ނަގާނީ ކޮން ބައެއް؟

11 އޮކްޓޯބަރު 2018
މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

މާލޭގެ މަގުތަކުގައި ބިރުވެރިކަން ބޮޑުވެފައި!

04 ސެޕްޓެމްބަރު 2018
ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން

ފުލުހުންގެ ހަމައެއް އިންސާފެއް ނެތް ވަރު އަނެއްކާ ވެސް މާލޭ މަގުމަތިން

01 އޯގަސްޓު 2018
ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

ރަމަޟާން މަހަށް މާލޭގެ މަގުތައް ކުނިވެއްޖެ

17 މެއި 2018
ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

ރައީސް ޔާމީންގެ އެކުވެރި، ހުދުމުތާރު، ކޮރަޕްޓް ވެރީންގެ ވެރިކަންތައް ނިމުމަކަށް! ރައީސް ޔާމީންގެ ވެރިކަން ނިމޭނީ ކޮންގޮތަކަށް؟

11 މެއި 2018

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު