Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

ދައުލަތް ހިންގުމުގެ ދެ ބާރު ރައްޔިތުންގެ ވޯޓުން ވަނީ ދީފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 ޖޫން 2019 | ބުދަ 20:50
ހޯރަފުށީ އެއަރޕޯޓު އަޅަން ބިން ހިއްކަނީ: އަމަލީ މަސައްކަތް ފެށިފައިވާ މަދު މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް

ހޯރަފުށީ އެއަރޕޯޓު އަޅަން ބިން ހިއްކަނީ: އަމަލީ މަސައްކަތް ފެށިފައިވާ މަދު މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވުޖޫދަށް އައިސް މިއަދަށް 274 ދުވަސްވެފައިވާ އިރު، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ސަރުކާރުގެ ދުވެލި މަޑު ވާހަކައެވެ. އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން ދިޔައީ ސަރުކާރުގެ އުމްރާނީ މަޝްރޫއެއް ނުފެށޭ ވާހަކައެވެ. ކަންކަމުގައި ގޮތް ނިންމުމުގައި "ސްލޯ" ވާހަކައެވެ. ނަތީޖާ ނެރުމުގައި މި ސަރުކާރުގެ ދުވެލި މަޑު ވާހަކައެވެ.

ސަރުކާރުން މިކަމަށް ދިން ރައްދުގައި ބުނީ، ސަރުކާރުގެ ދުވެލި މަޑުކަމަށް ގަބޫލުނުކުރާ ކަމަށެވެ. މި ސަރުކާރަކީ ނަމެއްގައި ކަމެއް ކުރާނެ ސަރުކާރެއް ނޫންކަމަށާއި، ތަރައްގީ ގެންނާނީ ދުރާލާ ރާވައިގެން އަގު ކުރެވިގެން ހިންގާ ގައުމީ ތަރައްގީގެ ޕްލޭނެއްގެ ދަށުން ކަމަށް ބުނެ އެ ތުހުމަތުތަކުން ބަރީއަވެގަތެވެ. ރައްޔިތުން ފެންބޮވައިގަނެފައި ތިބި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންވީ ވައުދު ފުއްދާ ދޭނެ ކަމަށް ބުނަމުން ރައްޔިތުން އަރިހުން އެދުނީ ކެތްތެރިވުމަށެވެ. އުއްމީދުތައް ހަގީގަތަކަށް ވާނެ ކަމާއި މެދު ޝައްކު ނުކުރައްވާށެ ބުނެ ރައްޔިތުންނަށް ދިން މެސެޖާ އެކު ރައްޔިތުންނަށް ކުރަން ޖެހުނީ އިތުރު އިންތިޒާރެކެވެ.

މި އިންތިޒާރަށް ނިމުމެއް ގެންނަން ސަރުކާރަކަށް ދެން ހުރަހެއް އޮތްކަމަށް ނުބެލެވެއެވެ. ސަބަބަކީ މި ފަހުން ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ފަހު ސަރުކާރުން ދެއްކި ވާހަކަތަކެވެ. ސަރުކާރުން އެ ފޯރަމުގެ ބައިވެރިންނާ ހަމަޔަށް ދިޔައީ "ޖަޒީރާ ރާއްޖޭ" ގެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭން 70 މަޝްރޫއެއް ހިފައިގެންނެވެ. އެހެން ފޯރަމްތަކާ ޙިލާފަށް މި ފަހަރު ސަރުކާރުން ޕްރޮޕޯޒަލްތައް ހުށައެޅީ، އެ މަޝްރޫއުތަކަށް ހަރަދުވާނެ ފައިސާއާއި، އެކަމުން ހައްލު ކުރަން ބޭނުންވާ ކަންކަމާއި، އެ މަޝްރޫއުތައް ނިމުމުން ރައްޔިތުންނަށް ކުރާނެ ފައިދާ ވެސް ޕްރޮޕޯޒަލް ތަކުގައި ހިމަނައިގެންނެވެ.

ގާތްގަނޑަކަށް 35 ގައުމަކާއި 27 ޖަމިއްޔާއެއްގެ 170 މަންދޫބުން ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯރަމްގެ ޗެއަރ، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރައީސް ސޯލިހު ވެވަޑައިގެންނެވި "ޖަޒީރާ ރާއްޖެ" ދިވެހިންނަށް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. އެތައް ބިލިއަން ރުފިޔާއެއް މަޝްރޫއުތައް ހިންގުމަށް ފޯރަމްގެ ބައިވެރިންނާ އެކު މަޝްވަރާކުރެވި އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގެ އުފާވެރި ހަބަރެވެ. ވަރަށް އަވަހަށް ގިނަ އުމްރާނީ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ބުނުމުން ރައްޔިތުން ތިބީ ވަރަށް ގާތުން ބަލާށެވެ.

ހަމައެކަނި ސަރުކާރުން ދައްކާ ވާހަކައަކަށް ގޮތް ނުނިންމާ، އެ ފޯރަމްގައި ބައިވެރިވީ މަންދޫބުން ކުރެން ވެސް ފޯރަމާ މެދު ދެކޭ ގޮތް އަހާލާ ސުވާލުކޮށްލާ ހެދީމެވެ. ލިބުނު ޖަވާބުތަކުން ހިތަށް ވެރިވީ ފިނިކަމެކެވެ. އެންމެންގެ ވެސް ތައުރީފު ސަރުކާރަށާ، ސަރުކާރުގެ ބަދަހި ސިޔާސަތުތަކަށެވެ. ދުރުވިސްނުމާ ހަރުދަނާ ހިންގުމުގެ ނިޒާމަކަށް ޖަހާފައިވާ މިސްރާބު ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައިގަނެ، ސަރުކާރުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭން ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ފޯރަމުގައި އެކަނިވެސް ހަ ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު، އޭގެ ތެރޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ހިންގަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ. ފާހަގަކޮށްލެވޭ ދެތިން މަޝްރޫއަކަށް ބަލާއިރު، އިންޑިއާ ސަރުކާރުން ވަނީ އައްޑޫގެ މަގުތައް ހެދުމަށް 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ އެހީއެއް، އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ހަމަޖައްސާފައެވެ. ސައުދީ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކަށާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދީފައެވެ. އޭގެ އިތުރުން ވެސް ކުރިން ދޭން ނިންމާ، ފަހުން ދިމާވި މައްސަލަތަކަކާއި ގުޅިގެން ނުދީ ހުރި އެތައް އެހީއެއް ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން މަންދޫބުން އަރުވާފައިވާ ކަމަށް ވެސް ސަރުކާރުން މައުލޫމާތު ދީފައިވައެވެ.

ހަމަ ޔަގީނުންވެސް، ދެނެއް ސަރުކާރަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ވެރިކަން ރައްޔިތުން ހޯދައިދީފިއެވެ. އެއަށް ފަހު ރައީސް ސޯލިހު އެދިވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ފިކުރަށް މަޖިލީހުގެ މެޖޯރިޓީ ވެސް ދީފިއެވެ. މިހާރު ވެވަޑައިގެންނެވި ވައުދުތައް ފުއްދަން ބޭނުންވާ ފައިސާ ވެސް އެއޮތީ ހަމަޖެހިފައެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އިހުލާސްތެރިކަމާއި އެކު ސަރުކާރަށް މި ގޮވާލަނީ، ލަސް ނުވެ ސަރުކާރުގެ ދުވެލި ބާރުކޮށް، ދެވަނަ ގިޔަރަށް ޖަހާ ރައްޔިތުން ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީ ގެނެސްދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު