Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޯމަސް ތަބާނޭ

އަނބިމީހާ މަރާލުމުގެ ތުހުމަތުކުރެވޭ ލެސޯތޯގެ ބޮޑުވަޒީރު ކޯޓަކަށް ހާޒިރުވެވަޑައިނުގެން!

22 ފެބުރުއަރީ 2020 | ހޮނިހިރު 08:16

ބޮޑުވަޒީރު ތަބާނޭގެ މައްޗަށް ކުރެވެނީ ކުރީގެ އަަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލިކަމުގެ ތުހުމަތު

އަމަން ހަލީމް
އަމަން ހަލީމް | 22 ފެބުރުއަރީ 2020 | ހޮނިހިރު 08:16
ލެސޯތޯގެ ބޮޑުވަޒީރު ތޯމަސް ތަބާނޭ

ލެސޯތޯގެ ބޮޑުވަޒީރު ތޯމަސް ތަބާނޭ

ލެސޯތޯގެ ބޮޑުވަޒީރު ތޯމަސް ތަބާނޭގެ މައްޗަށް ކުރެވޭ ޤަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންފިއެވެ.

އުމުރުން 80 އަހަރުގެ ތަބާނޭގެ މައްޗަށް އުފުލާފައިވަނީ، އޭނާގެ އަނބިމީހާ މަރާލުމުގެ ކުށުގެ ދަޢުވާއެވެ. ކޯޓަށް ހާޒިރުވެވަޑައިނުގެން ސަބަބު އޮޅުންފިލުވައިދެމުން އޭނާގެ ޕްރައިވެޓް ސެކްރެޓަރީ ބުނީ، ތަބާނޭ ހުންނެވީ ދެކުނު އެފްރިކާގައި ކަމަށެވެ. ތަބާނޭ ދެކުނު އެފްރިކާއަށް ވަޑައިގެންނެވީ ޑޮކްޓަރަށް ދެއްކެވުމަށެވެ.

ތަބާނޭގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ތަފުޞީލަށް ބަލާލާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ 2017 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އަންހެނުން ލިޕޮލޭލޫ ތަބާނޭއަށް ބަޑިން ޙަމަލާދީ މަރާލި ކަމަށެވެ. ލިޕޮލޭލޫ މަރާލާފައިވަނީ ކާރުކޮޅު ތެރޭގައި އިންނަވަނިކޮށެވެ. ބޮޑުވަޒީރު ތަބާނޭގެ އިތުރުން، އޭނާގެ މިހާރުގެ އަންހެނުން ކަމުގައިވާ މައިސަޔާ ތަބާނޭގެ މައްޗަށް ވަނީ ލިޕޮލޭލޫ މަރާލަން އަމުރުކުރިކަމުގެ ދަޢުވާ އުފުލާފައެވެ.

ތަބާނޭ ހާޒިރުނުވީ ނަމަވެސް، އޭނާއަށް ހާޒިރުވެވޭ އެހެން ތާރީޚެއް ކަނޑައެޅުމަށް ފަހު، އަލުން ކޯޓު އަޑުއެހުމެއް ތާވަލުކުރާނެ ކަމަށް ލެސޯތޯގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕަސޭކާ މޮކޭޓޭއާ ޙަވާލާދީ އަލްޖަޒީރާގައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލެސޯތޯގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ ތަބާނޭ ވަނީ އަންނަ ޖުލައި މަހުގެ ތެރޭގައި މަޤާމުން އިސްތިޢުފާދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ދަޢުވާތަކަށް ޖަވާބުދާރިވެވަޑައިގަތުމަށް ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަޤީންކަން ތަބާނޭ ވަނީ މީގެ ކުރިން ދެއްވާފައެވެ. އަދި އޭރުގެ އަންހެނުން މަރާލުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ތަބާނޭ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް